21:53

ޏ. އަތޮޅު ފުވައްމުލައް ސިޓީން އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:12

އައްޑޫ ސިޓީން އިތުުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:24

މިވަގުތު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރަނގަޅުވި ބަޔަކު ކަޅު ފަންގަސް ޖެހިގެން އިންޑިއާއިން މަރުވެއްޖެ

17:39

ކޮވިޑް-19 ބަލީގައި ރާއްޖޭގެ ވަކީލެއް ކަމަށްވާ އަލްއުސްތާޒް އަހުމަދު ޒަނީން އާދަމް އަވަހާރަ ވެއްޖެ

15:35

އެފްއޭއެމް ހައުސްގައި ސިފައިން ހަދަމުންދާ ފްލޫ ކްލިނިކްގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްެޖެ.

15:32

ކާފިއު އިއުލާންކޮށްފައި ވަނިކޮށް އއ. އުކުޅަހުގައި ބޯޅަކުޅެން ދިޔަ ބަޔަކު ޖޫރިމަނާކޮށްގެން ދައުލަތަށް 115،000 ރުފިޔާ ހޯދައިފި

13:12

ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ.

11:46

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މުސްލިމަކަށް އެ ގައުމުގެ ހިންދޫ ދީނުގެ ޑޮކްޓަރަކު ޝަހާދަތްލައި ދިނުމުން މީޑިއާގެ ސަމާލުކަން ލިބިއްޖެ.

09:41

ފުލުހުން ހައްޔަރުކުރި ދެމީހަކު ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފި.

09:40

ސަރުކާރުގެ ކޮވިޑް ވައްކަން، ވައްކަން، ވައްކަން!



ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭގައި ކާފިއުގެ ވަގުތު އިތުރުކޮށް، މިސްކިއްތައް ބަންދުކޮށް، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ހޮޓާތަކުން ކެއުމުގެ ހިދުމަތް ދިނުން މެދުކަނޑާލިތާ ދިހަ ދުވަސް ފުރިހަމަ ވީއެވެ. ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށްވަމުންނެއް ނުދެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އިންތިހާއަށް އިތުރުވުމުން އެޗްޕީއޭ އަށް ލަފާދޭ ޑޮކްޓަރުން ވެސް ވަނީ މާލެ އެއްކޮށް ފުރަބަންދު ކުރުމަށް އަނެއްކާވެސް ލަފާދީފައެވެ. މާލެ ފުރަބަންދު ކުރުމަށް ނިންމުގެ ގާނޫނީ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އޮތް ނަމަވެސް އެކަމަނާގެ ނިންމުމަށް ސަރުކާރުން، ހާއްސަކޮށް ރައީސް ސޯލިހް ގެންދަވަނީ ބާރު ފޯރުވަމުންނެވެ.

މާލެ ފުރަބަންދު ކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ވަނީ ރައީސް ސޯލިހްގެ އަތްޕުޅަށް ނަންގަވާފައެވެ.

ކޮވިޑަށް ރާއްޖެ އިން ފައްސިވަމުންދާ މީހުންގެ އަދަދާއި ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ އަދަދަށް ބަލާއިރު ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަމީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހެއެވެ. މިހާރު ހުރި އެނދުގެ އަދަދަށް ބަލާއިރު އަދި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދަށް ބަލާއިރު ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވަހަކު ގޯސްވަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަތީފު

    އޮފީސްތައް އެއްކޮށް ބަންދު ނުކުރާނަމަ މިކަމެއް ހައްލެއް ނުވާނެ.

    10
    1
    • ރާއްޖޭގަި676

      އާން އޮފީހައް ދާން ޖެހޭ ކޮވިޑް އޭ ކިޔާފަވެސް 4 ގަޑިއިރައް

  2. ޚިޔާލު 3

    7 ދުވަހަށް ލޮކުޑައުން ކޮށްފައި ވާގޮތެއްބަލާފަ ލުއިތަށްދޭންވީ ބޭރުން އަންނަ މީހުން ސަރުކާރުގެ ބެލުމުގެ ދަށުން ކަރަންޓީނު ކުރަންވީ މިހެން ކޮންޓްރޯލު ކުރެވިއްޖެ ނަމަ އިގްތިސާދު ދަށްވިއަސް ލިއިތަށް ދޭންވާނީ ސިއްހީ މާހިރުންގެ ލަފަޔާއެކު.4 ވަނަ ކޮވިޑު ރާޅުއެރީ އިމެއްނެތި ދެވުނު ދޫ ތަކުހެ ސަބަބުން ކަން އެގޭ ސާބިތު ވެކްސިނެއް ސާބިތު ފަރުވާއެއްނެތް މިކަމުގައި އަދި ހޯދިފައެއް މި ސަބަބާހުރެ ލޮކްޑައުންގެ ބައުންޑަރީއެއް އަބަދުވެސް އޮންނަށްޖެހޭނެ.

  3. ދިގައިދީ

    ކަތުނޭ ! މިއީ ޕޮލިޓިކަލް ޑްރާމާއެއް،ބޮމަކީވެސް މިކަމުން މީހުންގެ ވިސްނުން ޑައިވާޓްކުރަން ކުޅުނު އެޕިސޯޑެއް،ކެތްކުރައްވާ ބުޅާ ގޯނިންބޭރުވާނެ....ވީޑިއޯތަކާ އޯޑިއޯތަކާއި އެކު

    1
    1
  4. ދިގައިދީ

    ހެލްތް މިނިސްޓަރުކަމުން ނަސީމް ބޭބެ ވަކިކޮށް ދިވެހި މެޑިކަލް ދާއިރާގެ ތަޖުރިބާހުރި ޒުވާން ބޭފުޅަކާއި މިމަސްއޫލިއްޔަތު ހަވާލުކުރަންވީ

  5. ނުވޭސް

    ޢެއްވެސްފިޔަވަޅެއް އަޅާފައެއްނެތް އެމީހަ ކު އުޅެނީ އެމީހަ ކު އުޅެނީ އެމީހަ ކު ބޭނުން ގޮތަ ކަށް ، އިމާމު މީހާ މިސް ކިތުގައި ޖަމާއަތް ނުހެދިޔަސް މިސްކިއްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުވެސް ކުރޭ ރެސްޓޯރަްންޓް ތަ ކުގައި އެތެރޭގައި މީހުންވައްދައިގެން ކާންވެސް ދޭ ފިހާރަތަކުން ބަރާބަރަށް ކާފިއު ގަޑިގައި ފިހާރަތެރެއަށް ވަދެގެން ހިދުމަތް ލިބޭ ، މީނޫސްވެރިންނޯ ، މިމީ ހުން ލިޔެފާނެ ކޮންމެ އެއްޗެއްވެސް،