ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތަކީ ހުތުރު އަދި ދޮގު ތުހުމަތެއްކަމަށް ވިދާޅުވެ އީސަގެ ދިފާއުގައި އޭނާގެ ދަރިފުޅު މުހައްމަދު ޖިދާދު އަހުމަދު ނިކުމެއްޖެއެވެ.
ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއާ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ބުނެފައިވެއެވެ. ދެ މީހުންގެ ދެމެދު ހިނގައިދިޔަ ހުރިހާ ކަމެއްވެސް ގާތުން ދެކުނު މީހެއްގެ ހައިސިއްޔަތުން އީސަގެ ދޮށީ ދަރިފުޅު ޖިދާދް ވިދާޅުވީ، މައްސަލަ އަކީ ބަލަމުން އަންނަ މައްސަލައަކަށްވާތީވެ ކަންހިނގައި ދިޔަގޮތުގެ ތަފްސީލަށް ދާން ބޭނުންނުވާ ކަމަށެވެ.
"އެހެނަސް ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށްވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަގީންކޮށްދެން" މައްސަލައާ ގުޅޭ ގޮތުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ޖިދާދު ވިދާޅުވިއެވެ.
އީސައާ އަސްރާގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު ބެލްކަނިން ވައްޓާލަން އީސަ މަސައްކަތްކުރިކަމުގެ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. އެކަން ދޮގުކޮށް ޖިދާދު ވިދާޅުވީ، އީސަގެ ފަރާތުން އެއްވެސް ދަރިއަކަށް މީގެ ކުރިން އަނިޔާއެއް ލިބިފައިނުވާއިރު އޭނާގެ ކޮއްކޮ ލޫތްއަށް އަނިޔާއެއް ދޭން މަސައްކަތްކޮށްފާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ކޮއްކޮއަށް އަނިޔާއެއްދޭން ބައްޕަ އުޅެފާނެ ކަމަށް ދިރިހުރިހާ ހިނދަކު ގަބޫލެއް ނުކުރެވޭނެ. އަދި ކުރަންޖެހޭ ސަބަބެއްވެސް މެދުވެރިވެފައި ނެތް. 14 އަހަރު އަޅުގަނޑުގެ މަންމައާ ކައިވެނިކޮށްގެން ދިރިއުޅުނުއިރު ދުވަހަކުވެސް މަންމައަށް އަނިޔާއެއް ދޭ ތަނެއް ފެނިފައެއް ނުވޭ. އަދި ދުވަހަކު ބައްޕަ ފަރާތުން އަނިޔާއެއް ލިބިފައި ނުވާކަމަށް މަންމަ ޔަގީންކޮށްދޭ" ޖިދާދް ވިދާޅުވިއެވެ.
މި މައްސަލާގައި އީސައަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން ޖިދާދް ވަނީ ގިނަ ސުވާލުތަކެއްވެސް އުފައްދާފައެވެ. އީސަ އަކީ އެހާ އަނިޔާވެރި ބައްޕައެއް ނަމަ ކައިވެނި ރޫޅުމަށްފަހުވެސް އަސްރާ، އެއްގޭގައި ދިރިއުޅޭނެތޯ އާއި އީސަގެ ފަރާތުން އަނިޔާ ލިބިފައިވާނަމަ އަސްރާގެ އާއިލާ މީހުން ކައިރީ ނުބުނެ ހުރެދާނެކަމަށް ގަބޫލުކުރާނެތޯ ޖިދާދް ސުވާލު އުފެއްދިއެވެ.
"ނުވަތަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަނާޅާ ހުރެދާނެ ކަމަށް ތި ބޭފުޅުން ގަބޫލުފުޅު ކުރައްވަނީ ތޯއެވެ؟" ޖިދާދް ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު އީސަ އެއްޗެކޭ ވިދާޅުވެފައިނުވަނީ ހަގު ދަރިފުޅުގެ ހައްގުގައި ކަމަށާއި، ކުއްޖާގެ މަންމަގެ އިއްޒަތާއި އަބުރަ އަރައިގަންނަން ބޭނުން ނުވާތީ ކަމަށް ޖިދާދް ވިދާޅުވިއެވެ. "އެއީ ބައްޕައަކަށް އަދާ ކުރެވޭނެ އެންމެ މަތީ ހައްގު އެކަމަށްޓަކައި ދަރިއެއްގެ ހައިސިއްޔަތުން ބައްޕައާ ދޭތެރޭ ފަހުރުވެރިވޭ... ލޫތުއަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑަށްވެސް ލިބޭނެ ގެއްލުމެއް. ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށްވެސް ލިބޭނެ އުފަލެއް" ޖިދާދް ވިދާޅުވިއެވެ.
ހަމަ ލޮލުން ނުފެންނަ އަދި ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި އަޕްލޯޑު ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. ޕޯސްޓު ނިންމާލަމުން ޖިދާދް ވިދާޅުވީ، އޭނާގެ މަގްސަދަކީ ބަޔަކު ބަދުނާމު ކުރުމެއް ނޫން ކަމަށެވެ.
ހަމަ ތިޔަ ބައްޕަ ދެން ކީއްވެޔޯ އިންޑިޔާ ގައި ކިޔަވަން ހުއްޓާ މަންމަ ރާއްޖޭއަށް ފޮނުވާލީ.
މަންމަގެ ލޯބިން ކަލެއަށް ހޯދަދޭން ދޯ.
ޙަޤީޤަތް އެނގޭ މީހުން ކައިރީ ވާހަކަ ނުދައްކާ.
މީނަ ހާދަ މަތި އޮމާނޭ ދޯ؟؟؟
އަސްރާގެ ދޮން ދަރިއެއް.، ނު ކުރާނަން ގަބޫލެއް. ގަބޫލެއް ނު ކުރާނަމޭ. ނު ކުރެވެޔޭ ގަބޫލެއް. ނުވެސް ކުރެވެޔޭ ގަބޫލު. ދޮންދަރި ދޮންމަންމަޔާއި ދޭތެރެ ނެރޭ ބަޔާން ބޮއި ކަޓް ކޮއްފީމެވެ.. ތި ކުރީ ހީނ ހީނ ހަލާ ކު ވާވަރު ކަމެކެވެ. ޝު ކުރިއްޔާ.. ބޯގޯސް އެންމެނަށް
ރޯޔަލް
ކަލޯ ކަލެޔައް ކިހިނެތް ބައްޕައެއްގެ ހަގީގަތް އެނގޭނީ މަޖިލީހުގަ ނޫޅޭނެ ރަނގަޅު މީހެއް ކުރިންވެސް އަދި މިހާރުވެސް.
ލަޑަޔާ ވާނީ ލަޑަޔައް.
ވ ރަނގަޅު ވަހަ ކަ އެއް. ދެމަފިރިން އެ ކަ ކު އަނެ ކަ ކު ބަދުނާމު ކުރާނަމަ މިދިވެހިރާއްޖޭގެ ނަން ހަޑިމުޑުދާރު ގޮތަ ކައް މޮޑެވިދާނެ.
އެއިރު ބައްޕަގެ ނަމެއް ނެތްކަންނޭނގޭ އެއްވެސް ފައިސާގެ ލިސްޓެއްގައިވެސް.
މިހާރު އެލިސްޓްގައިވެސް އެބައޮތް.
މިހާރު ބޮނީ ފެންކަމެއް ކޯކްކަމެއްވެސް ނޭނގޭ.
މިހާރު ސިނގިރެޓްގެ ބަދަލިގައި ބޮނީ ބިޑި ނޫންކަމެއްވެސް ނޭނގޭ.
ތިވާނީ ހަމަ ބައްޕަ ކަހަލަ ދެވަނަ އެއްޗަކަށް.
ބައްޕަ ހުދުކާފޫރު ކޮޅަކަށް ހަދާލީދޯ އަހަރެމެން ކަލެޔަށްވުރެ މާކުރިން ތިޔަ އީސަ ދަންނަމޭ ކަލޭ އުފަންނުވަނީސް ...
އަށްހެނަ ކު ދޭ ބަޔާން މާބާރުގަދަ ވާނެ
ދެން 14 އަހަރު މަންމައާއިއެކު ލޯބިން އުޅެފަ މަންމަ ވަރިކޮށްލީ ކީއްވެގެންކަން ކުޑަކޮށްވެސް ތިލަކޮށްލިނަމަ ވަރަށް ފުރިހަމަވީސް.
ޖިދާދު ތިހަދަނީ ރޯ ބުހުތާނު ދޮގު ބައްޕަގެ ފޮޓޯއިންވެސް ނުލަފާކަން އެބަހާމަވޭ. 😛😛😛😛😛
" "ނުވަތަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަނާޅާ ހުރެދާނެ ކަމަށް ތި ބޭފުޅުން ގަބޫލުފުޅު ކުރައްވަނީ ތޯއެވެ؟" ޖިދާދް ވިދާޅުވިއެވެ. " ހެށަހެޅީމަ ވާގޮތް ޖިދާދް އަށް އެބަ ފެނެއެއްނު. ކެއްނުވީމަ ދޯ އާއިލާ ކައިރީގަ ބުނާނީ؟ އެވަރުން ވެސް އަސްރާ އެއް ނޫން ދޯ މައްސަލަ ހުށަހެޅީ؟ ނޫސްތަކުން ބުނާގޮތުންނަމަ. އެވަރުން ވެސް ޖިދާދް ގެ ދޮންމަންމަ ކެއްކޮށްގެން ހުރީ ދޯ؟ލޫތު ބެލްކަނިން ވައްޓާލަން ބުނި ކަން ސާބިތު ވެޖެއްޔާ އެއީ ބޮޑު ކުށެއް.އަދި އަސްރާ އަށް އަނިޔާ ލިބިފައިވާކަން ސާބިތު ކޮށް ދެވިއްޖެނަމަ އެއީ ވެސް ކުށެއް؟ ތަހުޤީޤް ނިމުނީމަ ދޯ ތި ބައްޕަގެ އިނަސެންޓް ކަން އެނގޭނީ؟
ޖިދާދުގެ ވާހަކަ ލޮޖިކަލީ ގަބޫލު ކުރެވޭ.
ގަބޫލް ކުރެވޭ...ވަރި ކޮށްފާނެ ދޯ ހަމަ ހިތްހަމަ ނުޖެހޭތީ ވެސް
މަސްތުވެފެހުރިކަމައްވެސްކިޔާ! ވީމާއެއީ ދައުލަތުން ބަލަހައްޓަންޖެހޭ ބަލިކުއްޖެއް! މީނައާއެކު މަސްތުވުމުގަ
ބައިވެރިވިމީހަކުވެސް ފަޅާއަރާނެ! ތިހަމަނުވާކަމަކަށްވީ! މަސްއަލައޮބުނީ!
އަސްރާއަކީވެސް ތިކަމުގައި ފަޅާއަރާނެ މީހެއް އެހެންވީމަ😂
ނައިބުރައީސްގެ ކޮއްކޯފުޅު
ވަރިކުރިމީހާއާއި އެއްގެއެއްގައި
ދިރިއުޅެފާނެ ކަމަކަށް ގަބޫލެެއްނުކުރެވޭ!
Hurihaa anhenunakee fithunaveri baeh noon, ekamaku anhenunge therein baeh meehunakee varah fithunaveri baeh, adhi ehemme emeehunah thabaavaa firihenunthakeves ulhey. Eesage dharifulhuge vaahaka komme budhi huri insaanehge visnumun vazankolias gabool kureveyne.
ކޮންމެ މީހަކުވެސް ކަމެއް ކުރާނީ އަލަށް. ކަލޭގެ ބައްޕަވެސް އަނިޔާ ކުރީ އަލަށް ކަމަށް ވެދާނެ ދޯ. އެހެން ނޫނަސް ބަފައި އުޅޭ ގޮތް އެބަ އެނގޭ ދޯ. ރަންޑިއެއް ހެން އިނދެ ވަރި ކުރަމުން ދުވަނީ. ކުރިން ހައްގޭ ފަޅޮލޭ ކިޔައިގެން ޖަމިއްޔާއެއްގަ އުޅެފަ ލާރި ގަނޑެއް ލިބުނީމަ ބޮލަށް ފައިން އެރީ
ކޮން ދޮގެއް ހަދާކަށް ، ކަލޭ ބައްޕަޔަކީ ރަނގަޅު މީހެއް ނޫން
ކަލޭ ހަމަ ލޮލަށް ފެނިގެންތަ ތިޔަ މޮޅަތި ޕޯސްޓްތައް ތިކުރަނީ؟؟ ބައްޕަ ދުވަހަކުވެސް ނުކުރާކަމެއްވެސް ކޮށްފާނެދޯ. ވަރިކުރުމަށް ފަހުވެސް އެއްގެއްގައިގައި އެކަހެރި ވެވޭގޮތަށް އުޅުމަކީ ގާނޫނީ ކުށެއް. އެކުށަށް އަދަބުވެސް ލިބެންޖެހޭ. ބައްޕަ މާ އިނަސެންޓް މީހަކަށް ހަދައިގެން ކޮންމެހެން މޮޅަތި ވާހަކަ ދައްކާނެ ކަމެއްނެތް
ކަމެއް ކުރީމާ އެ އޮތީ ބުނެފައެއް ނު ! މައްސަލަ ޖެހުނީމާ އެ އޮތީ ހުށަހަޅާފައެއް ނު !
ތިޔަ ދަރިފުޅު ބައްޕަ ކަހަލަ މީހަކަށް ނުވެއްޖެއްޔާ ގައުމަށް ވަރަށް ފައިދާ ކުރާނެ.
ދުވަސް އޮންލައިންގަ ޖަހާފައިން މީނަގެ ފޮޓޯގެ
ބެ ކްގުރައުންޑްގަ ވައިން،ވައިޓް ވައިން ޕޯސްޓާ ފެނޭ، އެފަދަ ތަ ކެތި ވިއް ކާ ތަނެއްގަ ނަގާފަ ހުރި ފޮޓޮއަ ކާ ވައްތަރީ.މިހާރު އެ ފޮޓޯގެ ބެ ކް ފުސް ކޮއްފަ އިނީ.