ފުލުހުންގެ ބަންދުގައި ތިބި ދެމީހަކު ބަންދުން ދޫކޮށްލުމަށް ފަހު ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކޮވިޑަށް ފައްސިވެފައިވާ ދެމީހަކު ބަންދުން ދޫކޮށްލުމަށްފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑަށް ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމަށެވެ.

އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއީ ކޮން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެމީހުން ފިލީ ކިހިނެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އާއްމު ގޮތެއްގައި ކޮވިޑް ފެސިލިޓީއަށް ގެންދަނީ ސިއްހީ ހާލަތު ދަށް މީހުންނެވެ. ނުވަތަ ހައިރިސްކް މީހުންނެވެ. ފުލުހުންގެ ބަންދުން ދޫކޮށްލި ދެމީހުން ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ އެމީހުންގެ ސިއްހީ ހާލު ދެރަކަމުންކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ.

ކޮވިޑް ފުރަތަމަ މާލެ އިން ފެނުނު ދުވަސްވަރު ބައެއް ބިދޭސީން ކޮވިޑަށް ފައްސިވެފައި ވަނިކޮށް ފިލައިގެން އެފަދަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައި ވެއެވެ. ނަމަވެސް އޭގެތެރެއިން ބައެއް މީހުން ބަލި ރަނގަޅުވާހާ ދުވަސް ވީއިރުވެސް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބާބުލްއަވާލީ މަލިކު

    ސަޅި

    12
    2
    • ޓިން

      ފިލީ ފުލުހުމް ދޫކޮށްލާފަ،އެޗްޕީއޭގެ ބެލުމުގެ ދަށުން ގެންދަނިކޮށް..
      ޚަބަރުގައި ވަނީ..
      )ފުލުހުން ދެންމެ ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކޮވިޑަށް ފައްސިވެފައިވާ ދެމީހަކު ބަންދުން ދޫކޮށްލުމަށްފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑަށް ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމަށެވެ)

  2. ތެދު ބަސް

    މިރާއްޖެއަށްވުރެ ކަންނެތް ފަރުވާކުޑަ ފުލުސް ފޯސްއެއް އޮތް އެއްވެސް ޤައުމެއް މިދުނިޔެއަކު ނޯންނާނެ އެވެ.

    15
    2
  3. ނުންނު

    ފިލީތަ ފިލުވީތަ

    11
    3
  4. ސާބަސް

    ދެން އިންޑިޔާ ޕޮލިހުން ގެނޭ މިތަނައް… ކަންނެއް ބައެއް ސަހާދެއް މި ބުނޫ

    7
    3
  5. މޫސަ

    ތިވާނީ ސިޔާސީ މީހަަކަށް ފިލުވާލީ. ލޮލް

    6
    3
  6. އަސްލަމް

    ކޮން ރަށެއްގެ ހިގި ކަމެށް؟

  7. Anonymous

    މީހުން ފިލާވާހަކަ ދެއްކުން އެއީ ރާއްޖޭގަ އާންމު ވާހަކައެއް ލާރިީގެ ނުވަތަ ރުފިޔާ ގެ ބޭނުމުގައި ހިންގާކަމެއް ސިފައިން ނާއި ފުލުހުން ގެ ގާބިލް ކަންނެތީކީނޫން (ރިސްވަތު މިކިޔޔާ އެއް އެއްޗެއް ގެ ބާރު ގަދައީ