ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަންޑު ކުރި ބަޔަކު މިހާތަނަށް ވެސް ހޯދިފައި ނުވާތީ އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެރޭ ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލްގައި އާއި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި ބައެކެވެ. އެކަމަކު މި ހަމަލާ އަށްފަންޑު ކުރި ބަޔަކު ނޭނގެއެވެ. ނަމަވެސް މި ތަހުގީގު ކުރިއަށް ދަނީ ބައިނަލްއަގުވާމީ އެހީތެރިކަމާ ވެސް އެކުގައެވެ.

ޓްވީޓާގައި މީހަކު ކުރި ޓްވީޓެއްގައި ވަނީ އެ ފެންވަރުގެ ބޮމެއް ހަދާނެ ބަޔަކު ވެސް ވާނެއެވެ. އެ ބޮން ހެދުމެއް ޚަރަދުތަކެއް ދާނެތީ އެ ކަމަށް ޚަރަދު ކުރި ބަޔަކު ވެސް ވާނެއެވެ. މީގެ ކުރިން، ތަހުގީގީ އިދާރާތަކުން ވެސް ހަރުކަށި ފިކުރުގެ ވިއުގަތައް ހިނގާ ގޮތުގެ މައުލޫމާތަށް ބިނާކޮށް، އެ ވިއުގަގެ އިތުރު ބަޔަކު ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

"ފަންޑު ކުރީ ކާކު؟" ނުވަތަ "ކާކުހޭ ފަންޑު ކުރީ؟" ނުވަތަ "ފަންޑު ކުރި ބަޔަކު ހޯދާށޭ" ނުވަތަ "ކާކުހޭ އަޑީގަ ހުރީ؟" ޓްވީޓާގައި ނަޝީދުގެ ސަޕޯޓަރުން ގެންދަނީ މުޅިން ވެސް މިފަދަ ޝިއާރުތަކާއި ސުވާލުތަކާއެކު ޓްވީޓް ކުރަމުންނެވެ. ކެނޑިނޭޅި ގޮވަމުން ދަނީ ތަހުގީގުގެ ދުވެލި އަވަސްކޮށް ފަންޑު ކުރި ބަޔަކު ހޯދުމަށެވެ.

މި ހަމަލާއަށް ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް ފަންޑު ކުރި ބަޔަކު ނުހޯދި ލަސްވަމުންދާ އިރު އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތީ، މީގެ ކުރީގައި ހިނގާފައިވާ މިފަދަ އަމަލުތަކުގައި ވެސް އެހާ ހަމައަށް މިހާތަނަށް ވެސް ތަހުގީގު ގެންދެވިފައި ނުވާތީއެވެ. އެ މައްސަލަތަކުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށާއި ތަހުގީގުގެ ދުވެލި އަވަސް ކުރަން ވެސް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. އަލިބެ

  ޔޫރަޕްގަ ތޯއްޗެވާނީ

 2. އޭކު ސަވާލް

  އަގުދެއްކި 500،000 ވެކްސިން ނުލިބިގެން އެކަމާމެދު ކަންބޮޑުވާ އެއްވެސް މީހަކުވެސް، މެންބަރަކުވެސް، މިނިސްޓަރަކު ވެސް ނުވަތަ ރައީސަކުވެސް ހަމަ ނެތީ ހެއްޔެވެ؟؟؟

  22
  • ސުއާން

   އެއި ޕަކަޅާކޮއްލި ލާރިގަނޑެއްވީމާ މައްސަލައެއް ނުޖައްސާނެ ނުން އެކަކްވެސް. އެމްއެމް ޕީއާރުސީ ލިސްޓުގަވެސް އެތިބަހާ މީހުންބަލާބަލް.

  • އަހްމަދު

   އަހަންނައްހީވަނީ ޚަރަދުކުރިބައެއްވެސް އެންމެބޮޑައް އެނގޭނީ އެލެކްސް އަށްހެން ބަލަންތިބެމާހިނގާ

 3. ސައިންޓިސްޓް

  ދީނީ ހަރުކަށި ފިކުރޭ ކިޔާފަ ހައްޔަރު ކުރާ ކޮންމެ މީހެއްގެ ކަހަލަ ގޮތަކަށް މަސތުވާ ތަކެއްޗާ، ވައްކަންކުރުމާ އެކި ކަހަލަ ކުށުގެ ރެކޯޑު އޮންނަނީ ކީއްވެ ކަމާ މެދު އެއްވެސް މީހަކަު ވިސްނިންތަ؟ ދީނީ ގޮތުން ހައްދު ފަހަނަ އަޅާ ގޮސްފަ ހުރި ބައެއް ނަމަ އެހާ ފާފަ ގިނަ ވާނެބާ؟

  20
  1
 4. ސަނީ

  ގިނަފަހަރައް ތިކަހަލަ އަނިޔާ ދެނީ ހަމަ އެންމެ ގާތް މީހުން.. ވީމާ ހުޝިޔާރުވެ ހުންނާތި ނަޝީދު.

  10
  1
 5. މަބޭ

  1 ޑޮކްޓަރ އަފްރާސީމް އައް.ފަންޑުކުރީ ކޮންބަޔެއްތޯ
  2 8 ފެބްރުވަރީގަ މުޅިރާއްޖޭގް ހުޅުޖަހާ ޓެރަރިޒަމްގެ އަމަލުތައް ހިންގި މިދެކަންތަކައް ފަންޑްކުރީ ކޮންބަޔެއްތޯވެސް ބަލަންޖެހޭ

  22
  1
 6. .....

  އެކަންކަމުގެ ޒިންމާ ނަގަން ޖެހޭ އެކަކު ނަޝީދަކީވެސް....ގާނޫނުުތަކާއި ގަވާއިދުތައް މިތާ ހެދިފަ ހުރީ ކުށްކޮށްފަ ބޯދަނމާގަނެވޭނެހެން....އެހެން އެވަނ ީ ގާނޫނާއި ގަވާއިދުތައް ހެދީ ކުށްކުރާ މީހުން ކަމަށްވާތީ...އެމީހުން ކުށް ކޮށްފަ ކުށުން ބަރީއަ ވޭވޭނެގޮތް ހޯދުމަށް ގާނޫނުތަކާ ކުޅެނީ...އެމީހުން ކުށްކުރާނެ ޖާގަ ހޯދުމަށް ގާނޫނުތަކާ ކުޅެނީ...އެމީހުން ނުރުހޭ މީހަކަށްވީމަ އަނިޔާއެއް ދިނުމަށް ގާނޫނުތަކާ ކުޅެނީ...

  13
  1
 7. ކޮވިޑް

  ޤައުމުގައި ރައީސްކަން ކުރި އަދި މިހާރު ޤާނޫނު ހަދާ މަޖިލީސްގެ ރައީސް އަރިހުގަ ސްކާރޓް އެއް ލައިގެން މިހިރީ އަޙުލާޤީ ފެންވަރު ހުރި ވަރު؟ މިމީހުން މިމީހުންގެ ތެރެއިން ނަޝީދު ގެ އަގު ވައްޓާލަން އުޅޭ ކަހަލަ. ދެން ކޮމެންޓް ކުރި މީހާ ގެންގޮސް ހައްޔަރު ކުރޭ ފިތުނަ އުފައްދާ ވާހަކަ ދެއްކިއްޔޭ ކިޔާފަ. ސަދޫމް ސިޓީ ހަމަ މީ.

  13
 8. ރައްޔިތުން

  ރާއްޖޭގެ އެތައް ބަޔަކު މަރުވަމުން ދާއިރު، ބަލިވަމުން ދާއިރު، އެ އެންމެންނާ ހެދި ކަންބޮޑުވަނީ ކިތައް 'ވެރިން' ތަ؟؟

  15
 9. ސަކީލު

  ތިއީ ވިލަރެސް ކުރެވި ފަރުމާކުރެވިގެން އަންނި ޖައްސާހާ ގޭމް. އީވާން ނަސީމްގެ ހަށިގަނޑުގެ ފޮޓޯތައް ދައްކާގެން ނެދުންގޭ ސަރަހައްދުން ހުޅުރޯކޮށްގެން މުޅި މާލޭގައި އަލިފާން ޖެހިގޮތަށް އަންނިގެ ހަށިގަނޑު ދަަށްކާ ފިލްމު ކުޅެގެން ދެން މިރާއްޖެއަކު ސަކަރާތެއް ނުގަނެވޭނެ. އޭރު އެސަކަރާތްތައް ޖަހަން ގެންގުޅުނު މީހުންގެ އަތުން މިވެރިކަން ޖަހައިގަންނަން އުޅެނީ ހަމަ އެއްފިލްމެއް ކުޅެގެންކަން އެމީހުންނަށް ވެސް ދެން ގެޓްވާނެދޯ؟ ފަންޑޭ އަނެކައްޗެކޭ ކިޔާ ބަޣާވާތަކަށް ތައްޔާރުނުވެ 5 އަހަރު ހަމަވީމާ ވޯޓްލާން ކެއްކޮށްގެން ތިބެބަލަ.

 10. ކެރޭ ސައްތާރު

  ވެންޓިލޭޓަރަށް ދެއްކި ފައިސާ ޖަމާކުރެވުނީ ބޮން ފެކްޓްރީއަކަށް ނޫނީ ބަގުދާދީ އެކައުންޓަކަށް ނޫންތަ؟

 11. ސޮލާ

  ފަންޑުކުރީ ޖަރުމަނު ކްރިސްޓިއަން ކޮންސިއުލޭޓް. އެކަން ހަމަ ނޭގެނީތަ؟އީވާ ވެސް ބުނެފައެއްނު އޮތީ.

 12. މޫސަ

  ފަންޑުކުރި ބައެއް ހޯދަންތަ ނަޝީދު އަވަސް އަވަހަށް އަމިއްލަ އޮރިޔާން ފޮޓޯ ނަގާފައި އާއްމު މިކުރަނީ. ފޮޓޯތައް ނަގާދީ ދީ ސާބެ އަނެއް އަތަަށް ނުގޮސްފިއްޔާ ކިތަންމެހާވެސް ރަގަޅު. މިހާލަތުގައި ރިޔާސަތުގައި އީވާ އިދެފައި ބްރާންތި އަރާގެން ކޮންމެފަދަ ބިލެއް ވެސް ފާސްކޮށްފާނެ

  11
 13. ކިޔުންތެރިއެއް

  ސްކާޓެއް ލައިގެން ކޮންބޭފުޅެއް

 14. ޤާދިރު

  ގޮހޮރުގެ ދެ ތަނަކުން ފޫގޮސް ހިތާ ދިމާ މޭ ކަށިގަނޑު ހިމުން ހިމުންވެ ސޯޅަ ގަޑިިއިރުގެ ނުރައްކާތެރި އޮޕަރޭޝަން ތަކެއް ކުރި މީހެއްގެ ސިއްހީ ހާލަތު މުޅިން ރަނގަޅުގެ އާއްމުން އުޅޭހާ ހަލުވިކޮށް އުޅެން ފެށުމަކީ ހާދަ ބޮޑު ނަސީބެކޭ. މިވަރުގެ ކަމެއް ދުވަހަކު ވެސް ދުށީމުތަ؟

  8
  1
  • ކޮވިޑް

   ޤާދިރު ހަންދަން ނެތުނީކަން ނޭގެ. މަދުށިން ތިވަރުގެ ކަމެއް. ރާއްޖޭގެ މަހުޖަނަކު ކަމަށް ކިޔާ މީހެއް ހަމަ ކްރިމިނަލް ކޯޓް އަށް ގެންދާއިރަށް ހޭނެތޭ، ހަރޓް އެޓޭކް ޖެހޭ ،ހަމަ ރައްޖޭން ބޭރަށް ދެވުނީރަށް ފިޓް ވީ އަޅެ ޤާދިރު ބުނެބަލަ އެއީ ކާކުކަން؟

   10
 15. Anonymous

  ހާދަ މިހާރު މަދޭ މިސަރުކާރާ ދެކޮޅު މީހުން ދޯ މިހާރު ކޮށްފަހުންނަ ކޮމިންޓު ތަކަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގޭ އެހެން ވާނީ ރަނގަޅަށް ސަރުކާރު ހިންގާބައެއްދެކެ ގިނަމީ ހުން ލޯބި ވާނެތަ

  1
  1
 16. ލޮޖިކަލް

  މީހަކު ފަންޑުކޮށްގެން ގޮއްވާލާ ވަރު އެއްޗެއް އެތާކު ގޮވިކަމަކަށް ދެކޭނެ ކަމެއްނެއް އެހެނީ އަނިޔާވީ ކަމަސް ބުނާ މީހާ ޔޫރަޕްގަ ( ކޮވިޑަށް ފިލަންގޮސް) އުދުހެނީ ، އަޅުގަނޑު ދެކޭގޮތުގައި އެތާގައި ގޮވީ ޕާކުކޮށްފައި ފުރި ސައިކަލެއްގެ ފުރޮޅު އެކްސްޕޯސިއުގެ އެއްވެސް އަލާމާތެއް ނުފެންނަކަށް ޕޮލިހުންގެ އިންވެސްޓިގޭޝަނުންވެސް ބުނަނީ ވީމާ ތިކަމުގައި ނޯ ފަންޑް

 17. ރައްޔިތުން

  ކޮވިޑުގަ ރައްޔަތުން ގެ އެތައް ބަޔަކު ސަރުކާރުގެ ދޯހަޅި ސިޔާސަތު ގެ ސަބަބުން މަރުވެ އެދަނީ. މިކަމަށް އިހުމާލު ވަފަރާތް ތައް ހޯދާ ވާހަކިއަގެ ފޯކަސް އޮޅުވަން ތިއުޅެނީ