މާލޭ ގެއެއްގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ފިޔާތޮށި މަގު އިތާ ގޯޅިގަނޑުތެެރެއަށް ވެއްޓިފައި އޮއްވާ ފެެނުނު މީހަކަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން ވިދާޅުވީ އެމީހާ ވެއްޓިފައި އޮއްވާ ފެެނިފައި ވަނީ ރޭ ދަންވަރު އެކެއްޖެހިހާ އިރު ކަމަށެވެ.
"ތަހުގީގުގައިި މިހާތަނަށް ބެލި ބެލުމުން އިތާ ގޯޅީގައި ވެއްޓިފައި އޮއްވާ ފެނުނު މީހާ ވެއްޓިފައި ވަނީ ގެއެއްގެ ފަސްވަނަ ފަންގިފިލާއިންކަން އެެނގިފައިވޭ" ފުލުހުން ިދޅާުވިއެވެ.
"ވަގުތު"އަށް މައުލޫމާތު ދެެމުން އައިޖީއެމް ހޮސްޕިޓަލުގެެ މީޑިއާ އޮފިސަރަކު ވިދާޅުވީ، އިމާރާތަކުން ވެއްޓިގެން ފަރުވާ ދެމުން އަންނަނީ 32 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެެވެ.
މިހާދިސާގައި އެމީހާއަށް ލިބުނު ގެއްލުމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ހާމަކުރެވެން ނެެތް ކަމަށް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައި ވަނީ، މ. އެންދެރިކުރި ނަމަކަށް ކިޔާ ގޭގެ ފަސްވަނަ ބުރީގައި ކުއްޔަށް އުޅެމުން އަންނަ މީހެކެވެެ.
ޥެއްޓޭ ސީޒަން ދޯ؟؟