ފަލަސްތީނާ ދެކޮޅަށް މީސް މީޑިއާގައި އަޑު އުފުލި ބިދޭސީ ޓީޗަރު ށ. ޅައިމަގުން ބޭރުކޮށްލައިފިއެވެ.
ޅައިމަގު ކައުންސިލްގެ ރައީީސް އާދަމް އަޒުމީރު "ވަގުތަށް" ވިދާޅުވީ ފަލަސްތީނާ ދެެކޮޅަށް މީސްމީޑިއާގައި ޕޯސްޓެއް ޖެހި ޓީޗަރު އެރަށުން ބޭރުކޮށްލާފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށާއި، އޭނާ ފޮނުވާލާފައި ވަނީ އެ އަތޮޅު ފުނަދުއަށް ކަމަށެވެ.
އެއީ ޅައިމަގު ސްކޫލްގައި ކެމިސްޓްރީ ކިޔަވައި ދެމުން އަންނަ އިންޑިއާގެ ފިރިހެން ޓީޗަރެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ޓީޗަރު ޅައިމަގުން ބާލާފައި ވަނީ އޭނާ އެ ރަށުގައި ހުރުމަށް ރައްޔިތުން ބޭނުން ނުވާތީއެވެ. އޭނާ ރަށުން ބާލާފައި ވަނީ ފުލުހުންގެ ރައްކާތެރިކަމާއި އެކު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ވަނީ އޭނާ ރަށުން ބާލާފައި ވަނީ ޅައިމަގުން ފައްސިވި ވޭދަނައަކާ ގުޅިގެން ކަރަންޓީނުގައި ހުއްޓާ ކަމަށެވެ.
"އެ ޓީޗަރު ރަށުން ބޭރުކުރި އިރު އޭނަ ހުރީ ކަރަންޓީނުގަ. މިރަށުން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓު ވެގެން ކަރަންޓީނުގަ ހުރީ" އަޒްމީރު ވިދާޅުވިއެވެ.
ދ. ހަނިމާދޫ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާ އަށް އުފަން ލީޑިންގް ޓީޗަރެއް އިސްރާއީލަށް ސަޕޯޓުކޮށް މީސް މީޑިއާގައި ކޮމެންޓެއް ޕޯސްޓުކުރި މައްސަލައެއް ފެންމަތިވެ އެ ޓީޗަރު މިހާރު ވަނީ ވަޒީފާ އިން ވަކިކޮށް ގައުމަށް ފޮނުވާލަން ނިންމައިފައެވެ.
ށ.ފުނަދޫގެ ލޮބުވެތި ރައްޔިތުންނަށް ވެދުން ސަލާމަށް ފަހު ދަންނަވަން. އަވަހަށް ތިރަށުން ވެސް ބާލާ...
އިންޑިއާގެ ނުފޫޒު މިގައުމުން ބޭރުކުރޭ!
ފޮނަދޫގެ ރައްޔިތުންނަށް ހެޔޮ ދުޢާ ސަލާމް. އެ ޝައިޠާނު އެންމެ ހިނދުކޮޅަކަށްވެސް ތި ފަސްގަނޑުގައި ނުބަހައްޓާ އަވަހަށް ބޭރު ކުރޭ. މީހުން އުޅޭ ރަށްރަށަށް އަރުވަން ހެޔޮ ނުވާނެ!
ތިޔަ ކަމާ އިންޑިޔާ ސަރު ކާރުގެ ބަހަ ކީ ކޮބާތަ ބޭރު ގައުމުތަ ކުގައި ވަޒީފާ ގައި އުޅޭއިރު އެތަންތަނުގައި ހެދިފައި އޮންނަ ވަޒީފާގެ ގަވާއިދު ތަ ކަން ބަލަންވެސް ޖެހޭ
ޑީޕޯޓްކޮށްލާ މިހާރުން މިހާރައް