ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނުކޮށް ބަންދުގެ އަމުރެއް ނެރެން އެދުނީ އެ ވަރަށް ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މި ގޮތަށް ވިދާޅުވީ، އީސަގެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ކޯޓުގައި ޕީޖީއިން އެދިފައި ވަނީ އާންމު ގޮތެއްގައި މިފަދަ މައްސަލަތަކުގައި އެ އިދާރާއިން އަމަލު ކުރާ ގޮތަށް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ނެރުނު އަމުރުގައި އޮތުމުން އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަމީމްގެ އެ ޓްވީޓްގައި އޭނާ ވިދާޅުވީ، ގެވެށި އަނިޔާގެ ތުހުމަތުގެ ބައެއް މައްސަލަތަކުގައި މީގެ ކުރިން މަރާލަން އުޅުނު ކަމުގެ ދައުވާ ވެސް އުފުލާފައިވާ ކަމަށެވެ. މަރާލަން އުޅުނު ކަމުގެ ދައުވާގެ ވާހަކަ އޭނާ ގެންނެވީ އެ ކަމަށް އާންމުންގެ މީހަކު އިޝާރާތް ކޮށްފައި އޮތުމުންނެވެ.

ޝަމީމް ވިދާޅުވީ، އެ ފަދަ ދައުވާއެއް އުފުލާފައި އޮންނާނީ ލިބިފައިވާ ހެކިތަކުގެ މައްޗަށް ކަމަށާއި މި މައްސަލާގައި އެފަދަ ނިންމުމެއް ޕީޖީއިން ނިންމުމަށް ހެކި ހޯދަން ޖެހޭ ކަމަށެވެ. އަދި މިއީ ތަހުގީގުގެ ކުރީކޮޅު ކަމަށް ވުމުން ވެސް ދައުވާ އުފުލުމާއި ބޮޑު ތުހުމަތު ކުރަން އަދި އިތުރު ވަގުތާއި ހެކި ބޭނުންވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

"ތަހުގީގެއް ކުރީކޮޅު މިފަދަ މައްސަލަތައް އަންނާނެ، ދެ ފަރާތުގެ މަސްލަހަތަށް ބަލައިގެން ދައުލަތުން އަމަލު ކުރަން ޖެހެނީ،" ޝަމީމް ލިޔުއްވާފައިވެއެވެ.

https://twitter.com/HuShameem/status/1395953154588438532?s=20

އީސަގެ މައްޗަށް ގެެވެށި އަނިޔާއެއް ކުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައެވެ. އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

އަސްރާ ނަސީމަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެކެވެ.

މި ތުހުމަތާ ގުޅިގެން އީސަ ވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފައެވެ. އީސަ ވިދާޅުވަނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުންނާއި އީސަ އަދާ ކުރައްވާ އެ ޕާޓީގެ މަގާމުތަކުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސުންކޫ

    ޤާނޫނު ކިޔެވީ އުންސުރު އެކަންޏެއް ނޫން، ރާއްޖޭގެ ނިސްބަތުން ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ވަރަށްގިނަ ބޭފުޅުން އެބަތިބި، އެހެންވީމާ އުންސުރު މެން ޤާނޫނީ ގޮތުން ހަދާ ހީލަތް ވަރަށް ގިނަބަޔަކަށް އެގޭނެ، އާންމު މީހަކު މިބާވަތުގެ ތުހުމަތެއް ހަމަ ކުރެވޭ އިރަށް އެމީހަކު ހައްޔަރު ކުރެވޭއިރު މަޖިލިހުގެ މެމްބަރަކަށްވީމާ ހައްޔަރު ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް. މަޖިލިސް މެމްބަރަކަށް ވުމަކީ އެމީހަކަށް ކުށެއް ނުކުރެވޭނެ ދަލީލެއްނޫން، އެވެސް އިންސާނުން ކުށެއް ކުރެވިދާނެ، އަދި މަޖިލިސް މެމްބަރަކަށް ވުމަކީ ކުށުން ބަރީއަވުމަށް ލިބިފައި އޮންނަ ހުއްދަ އަކަށް ވެގެން ނުވާނެ، ކުށުގެ ތުހުމަތު ކުރެވޭނަމަ ތަޙުޤީޤު ކުރައްވާ ޝަރީޢަތަށް ފޮނުއްވާ ސާބިތުވުމާއި ނުވުން އެއީ މުޅިން އެހެންކަމެއް. ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ހިފަހައްޓަވާ.

    50
    1
  2. ާައަހުމަދު

    ގިނަމީހުން ބުނާގޮތުގަ މީނަރަނގަޅުވާނެޔޯ ކޮންމެސް ތަނެއްގެ ސްޕޯކްސް ޕާސަންކަންދޭން، ޒިންމާދާރު މަގާމަކަށް ކަމަކު ނުދެޔޯ.

    49
    1
  3. ކޮވިޑް

    ބަލަ ޕޮލިހުން މީހަކު ހައްޔަރަށް ކޯޓް ގައި އެދޭ އިރު ދުނިޔޭގަ ލެއްވިހާ ސަބަބެއް ލިޔެފަ އޮވޭ . އެއްމެ ފަހުކަމަކަށް މުޖުތަމަޢު އަށް ނުރައްކާ ޖަހާފަ އޮންނަނީ. މީ ހަމަ ސީދާ ޕޮލިހާ ޕީޖީގެ ރޭވުމެއް. ކުރިން ޕޮލިހުން ބުނީ ޕީޖީ ގެ ލަފާ ހޯދައިގެން މައްސަލަ ބާލާކަމަށް ސޯ؟ ޕީޖީން ކީއްވެބާ ހެކީގެ ވާހަކަ ނުދެއްކީ އަމުރަށް އެދުމުގެ ކުރިން. ؟ ވީ އަރ ނޮޓް އިޑިއަޓްސް އޯކޭ ޕީޖީ؟

    46
    1
  4. އަޒްކް

    ތިއޭ މަ ބުނާ ވާހަކައަކީ، މިފަހަރު އީސަ ވީމައެއް ނޫން އެއީ ރަނގަޅު މީހެއް ނޫން ކަންވެސް އެނގޭ ވަކި ސިޔާސީ މީހެއް ވީމަ އަޑު ގަދަވާނެތާ.. އެކަމު މި ބުނަނީ އަންހެނަކު ހަމަ ބޮޑާ ހާކާފަ ޖިންސީ ފުރައްސާރައޭ ގެވެށިއަނިޔާއޭ ބުނާ ކޮންމެ ފަހަރަކު އެއީ ތެދުކަމަަށް ބަލައި ސޯޝިއަލް މީޑިއާގަ ފިރިހެން މީހާގެ އަބުރު ކަތިލާ ފުނޑާލާ އަދަބު ނުދީގެން ތެޅި ފޮޅޭކަށް ނުޖެހެއޭ.. ތަހުޤީޤު ކުރަން ގޮވިދާނެ ސާބިތުވާނަމަ ހައްޤު އަދަބު ދޭން އަޑު ފުފުލިދާނެ.

    6
    29
  5. ކިނބޫ

    ކަލެއާއި ގާޒީގެ މަޝްވަރާއިން ނިންމީ ތިގޮތަށް؟ ހުޅުމާލެއާއި ރަށްރަށު ގޭގެއަށް ވަދެ ދަމާހަލާ މީހުން ތިގެންދަނީ ކިހާ ހެއްކެއް ހުރެގެން؟ ހަމަ ޔޯލައަށް ނޫނީ ހީއަކަށް ނޫނީ ބުނި ބުނުމަކަށްނު! ކަމާ ނުބެހޭ ތަންތަނަށް ވަދެ ދޮރުވެސް ވައްޓަނީނު. ކަލޭމެންގެ އަމަލުތަކުގެ ސަބަބުން މުޅި ދައުލަތުގެ ދައުލަތްވަންތަކަމުގެ ސިފަ ގެއްލި އާންމުންގެ އިތުބާރު އެކީގަ ވަނީ ގެއްލިފަ. މަސްއޫލިއްޔަތާމެދު ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ހީވާކަހަލަ.

    37
    1
  6. ފައިޒާ

    އުންސުރު ހަމައެއްނުވޭދޯ ޝަހީމް.. އެހެންނުން.

    26
  7. ބެއްޔާ

    ހެކިކިޔަނީ ކޯންޗަށްބާ؟ ޝިފާގެ މައްޗަށް ހެއްކެއް ނެތް ރޯޔަލްކޭސްއަށް ހެއްކެއްނެތް އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ހެއްކެއްނެތް. ތިމާ ނުރުހޭ މީހާގެ މައްޗަށްއެކަނި ހެކި ލިބެނީ. ސަޅި ހެޔޮވެރިކަމެއް.

    45
  8. ކޮވިޑް

    ނޫން ނޫން ބެއްޔާ " އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ހެއްކެއްނެތް." ހެކި ހުރި . އެކަމް ހެކި ހުރީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނާ ޑޮލަރުގަ ޕީޖީ އަށް އަދި ތަހުޤީޤް ކުރި މީހުނަށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނާ ޑޮލަރުގަ ޖަހާފަ ހުރިތަން ފެނީ "އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޑޮލަރު" މިހެން ޖަހާފަ ހުރިތަން. އެހެން ވީމަ ދޯ އުންސުރު ފެނި ރޔ. ޖަލުގަ އޮންނަން ޖެހެނީ؟

    28
  9. ާވަތުބަތާނަ

    ސާބަހޭ މީހަ ކާ ޖެހިއްޖެއެއްނު އެންމެން އީސަގެ ދިފާއުގަ. އަހަންނަށް ފެންނަނީ އީސަގެ އަބުރަށް ހުތުރުވާ ވާހަ ކަދެއް ކި އެ އަންހެނާ ހައްޔަރު ކުރަން. ޢަދި ދަރިފުޅު ޖެންޑާއަށް ނަގަން. އީސަގެ އަބުރު ސަލާމަތް ކުރޭ

    25
    6
  10. ޢަލީ

    اللہ اکبر اللہ اکبر اللہ اکبر

    29
  11. ކާފަބޭ2020

    ޕާޓީމީހެއްވީމަ އުންސުރެއްވެސްފަންސުރެއްވެސް ހަމައެއްނުވި ދެންކިހިނެއްތޯ ޝަރީއަތަށްފޮނުވާނީ ހުރިހާސުރެއްހަމަކުރަން މިދައުރުގެބާކީއެއްނެތް ޓާޓާ!

    17
  12. ޢީސަ

    ކުއްޖަކު ވައްޓާލާ މަރާލަން އުޅުން ކުޑަކުށެއްތޯ؟ އެކުށުގެ ތުހުމަތު ކީއްވެބާ ނުކުރެވުނީ. މަންޒަރު ދުން މީހުން އެބަތިބި؟ ތީ ހަމަ ރާވައިގެން ކުރިކަމެއް. މިހާރު މިމައްސަލަ ނިމުނީނު. މިހާރު އެއްވެސް މައްސަލައެއްގައި ތަޙްޤީޤަށް ހައްޔަރެއް ނުކުރޭ. މިހާރު ކުރަނީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި. އީސަ އެ ކުރިޢަމަލަކީ މުޖުތަމަޢުގެ ތެރޭގައި އީސަ ބަހައްޓަން ނުޖެހޭ ފަދަ ނުރައްކާތެރު ޢަމަލެއް.

    13
  13. ބެރު

    އީސާ ތީނަމޮޅިއްޔާ އެ އަންހެން މީހާގެ މައްޗަށް ދޮގުހެކި އުފަންކުރަން ނުބައި ނިޔަތެއްގައި އުޅުނުކަމުގެ ދައުވާ އުފުލާ އަވަސްކުރޭ ތީނާ އެކަމަށް ވަރަށްފައިކާވާނެ އަދި މޮޅުވެސްވާނެ ދޮގުހެކި އުފަންކުރުވައިގެން ދައުވާ އުފައްދަން ތީނަ ހަމަ ހުރީ ދޮންވެ ފައްކާކޮށްފައި ސާބަސް ހާދަ މޮޅޭ މިސަރުކާރުގެ ވަގުން

    11
  14. ޖުއްޅޭއި

    މަޖްލިސް މެމްބަރުންނާއި އެމީހުންގެ ފިރިންނާއި އަނބިން ފާޅުގައި ކުއްކުރަންވީ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ހަމައެކަނި ބަލާނީ ނިޔަތަށް ހެޔޮނިޔަތުން ކުރިއްޔާ ހުދުކާފޫރު

    13
  15. ޢަލީ

    ރާބުއިން މަސްތުވުން މީހަކު މަރާލަން އުޅުން އަނިޔާކުރުން މިއީ މިހާރު އާދައިގެ ކުށް. ޢިމްރާން ބުނާހެން އެއީ މީހަކު ސަމާސާއަށް ކޮށްލާކަހަލަ ކަންތައް. އެފަދަކަމެއް ކޮށްގެން ހައްޔަރެއް ކީއްކުރަން ސުވާލެއްވެސް ނުކުރެވޭނެ. ވައްސަލާމް

    15
  16. ލައި

    ހެއް ކެތް ނެތޭތަ ތިބުނަންއުޅެނީ؟ މީ ކޮރަޕްޓް ޕީޖީ ވަ ކިކ ކުރަންއެބަޖެހޭ!

    13
    1
  17. މަންސޫރު

    އުންސުރޭ ގާނޫނު ކިޔެވީ ކޮންތާކުންބާ ތިޔަ ހީވަނީ ބޯހުންނާނީ ކަލޭމެންގެ އެކަނިކަމައްތަ އަހަރެމެންނައް އެނގޭ ކަލޭމެންތިޔަޖަހާ ސަކަރާތް ތިގޮތައް އަލީވަހީދުވެސް ސާފް ފޮތިކޮލަކައްހަދާފަ ފޮނުވާލީނު

  18. ހ މ ޒ

    އުންސުރު ހަމައެއްނުވޭދޯ.... ؟

    3
    1