ވެރި ރަށް މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ވަގުތު" އާ ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައި ކަމަށެވެ. އެންމެ ފުރަތަމަ ދޮވެ ޑިސްއިންފެކްޓް ކުރަން ހަމަޖެހިފައިވަނީ މީހުން ގިނައިން އުޅޭ ސަރަހައްދު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އުއްމީދަކީ ވީހާވެސް އަވަހަކަށް ޑިސްއިންފެކްޓްކޮށް ނިންމާލުން ކަމަށާއި، އަދި ދޮވުމަށް ފަހު މަގުތައް ރީތިކޮށް ބާއްވަން އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށާފައިވަނީ ހެލްތް މިނިސްޓްރީއާ އެކު ބައްދަލުވުމުގައި، މިނިސްޓަރު އަހުމަދު ނަސީމްގެ އެދުމުގެ މަތިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރުކަމާއި މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ބާރު ސްޕީޑުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މާލެއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތްވެސް ބާރަށް ކުރިޔަށްދެއެވެ. މުއިއްޒު ވިދާޅުވެފައިވާ ގޮތުންނަމަ ހުރިހާ ނިންމުމެއްވެސް ނިންމާނީ ރައްޔިތުންގެ އެއްބާރުލުމާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ޕޭމަންޓު ތަކުން ހިނގާލެވޭގޮތެއްވެސް ހައްދަވާދެއްވާތި ބައެއްގޭގެން އުކާލަންޖެހޭ އައިސްއަލަމާރި ތަކާ ދޮންނަ މެސިން ފަދަ އެއްޗެހިވެސް ހުއްނަނީ ޕޭމަންޓުމަތީ ބަހައްޓާފައި ހިނގާ މީހުންނަން ދަތިވާގޮތަށް

  2. ކެނެރީ

    މަގު މެދުން ހިނގާ ބޭފުޅުންނަން ނަސޭހަތްތެރިވާތި ޕޭމަންޓުން ހިނގުމަށް ، ފުލުހުންވެސް އިސްޓިކާ ޖަހާފަދައިން މަގުމެދުން ހިނގާ މީހުން ޖޫރިމަނާ ކޮށްބަލަ ،

  3. Anonymous

    ޝުކުރިއްޔާ މުއިއްޒު

    16
    3
  4. ކޮވިޑް

    ބަލަން ތިބޭ ރައްޔަތުން މި އެމްޑީޕީ ސަރުކާރުން ދެން ފަށާނީ މި ކައުންސިލް އަށް ނުފުރުއްޕާން ކުރަން ރައްޔަތުން ބަލަން ތިބޭ؟

    13
    4
  5. އަލަމާ

    ސާބަސް، ވަކި ޕާޓީއެއް ވަކި މީހެއް ބަލާނެކަމެއްނެތް، ރަނގަލު ކަމެއްވިއްޔާ ކޮންމެ މީހަކު ބުނިނަމަވެސް ކުރަންވީ، ޚާއްޞަކޮށް މިދަނޑިވަޅަކީ ވަކި މީހަކަށް ބެލުމަށްވުރެ ޖަމާޢަތަށް ބަލަންވީ ވަގުތު، ނަސީމް ވިދާޅުވެގެން ދޮންނަކަމަށް މުއިއްޒު ވިދާޅުވީމާ ވަރަށް އުފާވެއްޖެ، ވަޢުދުވީ ފަދައިން ކަން ކުރާކަށް މުހިއްމީ ނަސީމެއްނޫން ވަޢުދު

    9
    1
  6. ޥިޔާނުދާ

    މާލޭ ސިޓީ ކައުންސލިުން އިސްނަގައިގެން ކީއްތަވާނީ މާލެ ތެރެ ސާފު ކުރިއްޔާ

    4
    1
  7. ބަރަވެލި

    މަގުމަޢްޗަށް ކުޅާއި އަރިދަފުސް ފޮޅުން މަނާ ކޮށްގެން ތިކަމުން ނަތީޖާ ފެންނާނީ!

  8. އަބްދޫ

    ތިގޮތަށް ދޮވުމުގެ ބަދަލުގަ ކޮންމެ ދުވަހަކު މާލޭގެ މަގުތަކަށް ކްލޮރިން ފެން ޖެހުމުން ކޮވިޑް މަރުވެގެންދާނެ.ބްލިޗް އަކީ ކޮވިޑް މަރުވާ އެންމެ ބާރުގަދަ ވިހަ.