ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ނިރުބަވެރި ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ ޒަޚަމްތަކުގެ ފޮޓޯތައް މީސް މީޑީއާއަށް އާންމުކޮށްފައިވާއިރު އެއިން ބައެއް ފޮޓޯތަކުގައި އެމަނިކުފާނުގެ އައުރަ ހާމައަށް ފެންނަ ގޮތަކަށް ހުރުމުން ބައެއް މީހުންގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން ލިބިފައިވާ ގެއްލުމުގެ ފޮޓޯ މީސްމީއާގައި އާންމުކުރައްވާފައި ވަނީ ރައީސް ނަޝީދުގެ އެދިލެއްވުމުގެ މަތިން އެމަނިކުފާނުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދުއެވެ. އޭނާ އެ ފޮޓޯތައް އާއްމުކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ރަައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ވަނީ އެ ފޮޓޯތައް އާންމު ކުރައްވާފައެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މި ފޮޓޯތަކަށް ފަހު ވެސް ރައީސް ނަޝީދަށް އެ ވަރުގެ ޒަޚަމްތަކެއް ލިބިވަޑައިގެންފައިވޭތޯ ބަޔަކު މީހުން މީސް މީޑިއާގައި ދިޔައީ ސުވާލު ކުރުމުންނެވެ. އެއަށް ފަހު ނަޝީދުގެ ނުރަސްމީ އެކައުންޓް ކަމަށް ބުނާ "އެލެކްސް އަހްމަދު" ނަމުގައި ހަދާފައިވާ އެކައުންޓުން ވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާ ވަރަށް ބޮޑަށް ފެންނަ ފޮޓޯއެއް ޓްވީޓް ކޮށްފައެވެ. އެ ފޮޓޯގައި އެމަނިކުފާނުގެ ހަށިކޮޅު ވަރަށް ބޮޑަށް ފެނެއެވެ.
އާންމު ކުރި ފޮޓޯގައި ރައީސް ނަޝީދުގެ އައުރަ ފެންނަ ވާތީ ބައެއް ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވެގެން ދިޔައެވެ. އެ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، މީހަކަށް އަނިޔާއެއް ދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމާއި، ރައީސް ނަޝީދަށް ލިބުނު އަނިޔާތައް ވެސް ވަޒަން ކުރެވެއެވެ. އެކަމަކު، އެ ގޮތަށް ފޮޓޯ އާންމު ކުރުމަކީ އަޚްލާގީ މިންގަނޑު ދަށް ކަމެއްގެ ގޮތުގައި އެ ބަޔަކު ސިފަ ކުރެއެވެ.
އެގޮތުން ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ ކަމެއް ސާބިތުކޮށްދެންވެސް އައުރަ ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އައުރައަށް ރައްކާތެރިވުމަށް ދީނުގައި ބާރު އަޅުއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.
"ހުރިހާ ބޭފުޅުންވެސް އައުރައަށް ރައްކާތެރިވެ ލައްވާ! ޕްއިންޓް އެއް ޕްރޫވްކޮށް ދޭންވެސް އައުރަ އެންމެންނަށް ހާމަ ކުރުމަކީ ރަނގަޅު ކަމެއް ނޫން" ޒައީދު ވިދާޅުވިއެވެ.
Hurihaa beyfulhun ves aura ah rakkaatheri ve lahvaa! Point eh prove kohdheyn ves aura enmenah haama kurumakee rangalhu kameh noon!
— Ali Zaid (@alizaid1000) May 21, 2021
މި ފޮޮޓޯތަކަށް ފާޑު ވިދާޅުވަމުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ އަނިޔާއަކީ އޭނާ އެއްްވެސްށް ބަލާގަންނަ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް "މަގުބޫލުކަން ހޯދުމަށް ބަރަހަނާ ފޮޮޓޯ އާންމު ކުރުމަކީ" ލަދުވެތި ކަމެއް ކަމަށް ވިދާޅުވިއެވެ.
Aniyaa akee alhugandu ves baligannane kameh noon ekamaku ossifaivaa thari alun vidhun gadha koh magboolu kan hodhan ves barahana photo ammu kurumakee ladhuvethi kameh mi meehun kohfa nukuraane kameh nonnaneeee pic.twitter.com/xZ1XWtKymx
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) May 21, 2021
ފަރަސްމާތޮޑާ ކައުންސިލްގެ ކުރީގެ މެމްބަރު އިބްރާހިމް ސޮބާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކަމެއް ސާބިތުކުރުމަށް އައުރަ ދެއްކުމެއް ނޯންނަ ކަމަށެވެ.
ކަމެއް ސާބިތު ކޮށް ދިނުމަށް އައުރަ ދެއްކުމެއް ނޯވޭ!
— Ibrahim Sobah (@IbrahimSobaah) May 21, 2021
ޝަފީއު ނަމަކަށްް ކިޔާ ޓްވީޓާ އެކައުންޓްއަކުން އާންމު ފަރާތެއް ކޮށްފައިވާ ޓްވީޓެއްގައި ވަނީ "އަމިއްލަ އައުރަ ނިވާ ނުވާ ފޮޓޯ އަމިއްލައަށް ހާމަކޮށްގެން ނުވާނެ ކަމަށް" ބުނެފައެވެ.
އަމިއްލަ އައުރަ ނިވާނުވާ ފޮޓޯ އަމިއްލައަށް ހާމަ ކޮށްގެން ނުވާނެ.
— ކުލައިމެޓް ޑެޑީ | ޒުވާން ކުރުސީ (@HamidShafeeu) May 21, 2021
މި ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓް ކަމަސް ބުނާ "އެލެކްސް" އެކައުންޓްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ "އޮރިޔާންވެސް އެހާ ހުތުރެއް ނޫން" ކަމަށް ވިދާޅުވެފައެވެ.
Oriyaan ves eyhaa huthureh noon kaneyge.
— MN unofficial (@anedhivehirajje) May 22, 2021
ރައީސް ނަޝީދު "އައުރަ" ދެއްކި ކަމަށް ބުނެ ބަޔަކު ފާޑުކިޔާއިރު، އެ ފާޑުކިޔާ ފަރާތްތަކަށް ނަޝީދުގެ ސަޕޯޓަރުން ވެސް ގެންދަނީ ޓްވީޓާގައި ރައްދު ދެމުންނެވެ.
maran govi iru "aibeh noon"
inzaaru dhinun "aibeh noon"
bon govvun "aibeh noon"
siyasee kan kamaa ulhun "aibu"
RJ ge magaam ga hurun "aibu" Majlis raees ge magaam "aibu"
rayyithuge loabi libun "aibu"
koffa oiy varu ingun "aibu"
"aslu aibee thiya hasadh"— mezzomohamed (@mezzomohamed) May 21, 2021
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައި ނީލޯފަރު ހިނގުން މަގުން ހިންގަވާފައި، މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅާ ހަމައަށް ވަޑައިގެންނެވުމާ އެކު، ބޮމެއް ގޮއްވާލައިގެނެވެ. އެ ބޮން ހަރުކޮށްފައި އޮތީ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ކަންމައްޗަށްވާ ގޮތަށް ޕާކްކޮށްފައި ހުރި ސައިކަލެއްގައެވެ.
ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރި އެވެ. އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންފައިވާއިރު މިހާރު އެމަނިކުފާނު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.
މަވެސް ލަދުގަނެއްޖެ.
ތިޔައިން އެއްވެސް ފޮޓޯއަކީ ނަސީދުގެ ފޮޓޯއެއް ނޫން.
އަދި މިއުޅެނީ މޫނާއެ ކު ދައް ކާލެވޭވަރު ފޮޓޮއެއް އެޑިޓް ނު ކުރެވިގެން. މަހީ ކުރީ މިހާވަރުން ކަލޭމެން ގަބޫލު ކުރާނެ ކަމަށް.
މޮޅު އެއްޗެއް ބުނެ ނިމުނު އިރު ތިމާ މިވީ ދޮގު ވެރިއަ ކަށް
އައްޗީޑި ދެން..
ނަޝީދު ޕޯން ސުޓާރަކައް ވާން ބޭނުންފުޅުވީތޯ..؟
ނަޝީދުމެން ކަހަލަ ވިޔާނުދާ މީހުންނައް އައުރައެއީ މާބޮޑުއެއްޗެއްނޫން ފޮރުވާކަށެއް.
އައުރަ އާއެކު ޒަހަމްގެ ފޮޓޯ ނަގަން ކެރުނު އިރު ޒަހަމްތަކާއެކު މޫނުގެ ހަމަ އެއްމެ ފޮޓޯ އެއްވެސް ނަގަން ނުކެރުން ދޯ؟ ތިޔޮއް ފޮޓޯ ނަގާމީހާ، ސުވާލު އުފެދޭ ދެއްތޯ؟
ޓިކޮޓޮކު ކުޅޭ ކުދިން އުލޭގޮތުން އެއްޗެއް ނުމުނަނީ ކީއްވެޔޯ.
ޓިކްތޮކް ކުޅޭ ދިން ނާ މަޖިލީސް ގެ ރައީސް އަށް ވީމަ، ޙަނާ ފޮޓޯގަ އެވަނީ ޕޯންސަޓަރ އެއް ނަމަ ނުކިޔާނެ ދޯ އެއްޗެކޭ ޙަނާ؟
ޢިތުރަށްމީހުންގެ ހަމްދަރުދީ ހޯދަން އުޅެނިކޮށް ތިރައްދުވީ އަނެއްކާވެސް ބައެއްގެ ނަފްރަތު އެކަހަލަ ކޮންމެވެސްގޮތަކުން ނަމަވެސް ތިބޭފުޅާ ފައިލްވުމަކީ ދިވެހިގައުމުގެ ރައްކާތެރިކަން..
މޫނު ދައްކާކަށް ނުކެރޭ. އަޞްލު ނަމަ އައުރަ ދައްކާއިރު މޫނު ނުދައްކަނީ ކީއްވެ؟ ތީ މުޅިން ވެސް ފޭކު ފޮޓޯ ކުޅޭޑްރާމާ. ތި ޑްރާމާތަކަށް ވެސް ނިމުން އަންނާނެ.
ތީ ޔަހޫދީ މުނާފިގުންގެ ވައްތަރު ކިޔަންމެބޮޑު ތެދެއްހެދިޔަސް ގަބޫލެއްނުކުރާނެ. މިހާރު މޫނު ދެއްކީމަވެސް ތިބުނަނީ ނަޝީދެއްނޫނޭ
ނިމުންވާނެ މިފިލްމުވެސް ނިމޭނެ
ދުވަސްވި ވަރަކަށް މީހާގެ ފީކަޅާކަން ރައްޔިތުންނަށް ހާމަވާނެ .
މީޑިއާގައި ތިފާޑުގެ ފޮޓޯތަކެއް އިސްތިހާރުކުރުމަކީ މައިންބަފައިންނާ އަމިއްލަ ދަރިންގެ ކުރިމަތޭގައި އޮރިޔާންވުންފަދަ ކަމެއްނުންތޯ ؟؟؟.
ނަޝީދު އެއީ ގޮތެއް ފޮތެއް ނެތް މީހެއް.އަވަސް ޝިފާއަކަށް އެދެން.
އަހަރެން އެންމެ އަޖައިބު ވަނީ އައުރަ ދައްކަން އެހާ ފޯރި ހުރި އިރު މޫނު ކޮޅު ދައްކަން ނުކެރޭތީ.. ކާކުކަން އެންގިދާނެތީ ތޯއްޗެ..
އިންސާނުންގެ ކިބައިގާވާ ލަދުވެތި ކަމުގެ ކަންފުޅެއްވެސް ނެތީދޯ؟ ކިހާދެރަ ކަމެއް މިއީ
އެލެކްސް އަހްމަދުތަ ޒަހަމުވީ މޫނުފުޅުވެސް ދެއްކީމަ ނޫންތޯ ކާކުކަން އެގޭނީ ފޮޓޯނަގާމީހާވެސް މިކަމަށް ވިސްނަންވޭބަ މޫނުފުޅަށް ރޭޒާފުއްތައް ނުވަންނަނީތޯ ހާދަ މޮޅޭ ގޮއްވާލި މީހާ ހުރިހާ ރޭޒާފުކެއް އެލެކްސް ގައިކޮޅަށް ތިޔާ އެލެކުސް އަކީ ބޮޑީ ގާޑް އާއި ނަށީދާ ދެނއދުގަ ހުރި ދޮން ފަެަންޖީތޯ
ތިޔަފޮޓޮއިންވެސް ދޮގާއި މަކަރު ނޫން އެހެން ކަމެއްނެތެވެ ތިމާ އައުރަ ދައްކާއިރު މޫނު ނުދައްކީ ވެސް
ކޮންއައުރަ އެއް؟...އައުރުސްއޭ ކިޔާބަލަ.
ރައީސް ނަޝީދަށް ދިން ހަމަލާ ކުއްވެރި ކުރަން.
ނަމަވެސް، ދެން ކިތަންމެވަރަކަށް ތެޅި ބޭލިޔަސް ރައްޔިތުންގެ ސަޕޯޓެއް ކުރިން އޮތްވަރަށް ނުލިބޭނެ އިރާދަކުރެއްވިއްޔާ! އަހަރެންވެސް ކުރިން ރައީސް ނަޝީދަށް ތާއީދު ކުރިން، ނަމަވެސް މުނާފިގު ކަމާއި، މި ގައުމުގެ އެކި ތަންތަނުގައި ހުޅުޖެހި ދުވަހުގެ ފަހުން ތާއީދު ވާނީ އަނބުރާ ގެނެސްފަ. އޮރިޔާމުން އޮވެ ޒަހަމްތަކެއް ދެއްކީ ސިމްޕަތީ ހޯދަން، އެކަމު އެވެސް ގޮވީ އަތަށް. ލާދީނީއޭ އެއް އަޑަކުން ގޮވަނީ ކަމެއް ވީމަ!
އެކަލޭގެ އެ ހަދަނީ ދޮންމީހުން ހަދާގޮތްް ބުންޏެއްނު ދޮންމީހުން އުޅޭގޮތަށް އުޅެންވާނެއޭ
ޢަގެއް ނެއް އެއްޗެއްގެ އަގެއް އިތުރަކަޡް ނުވެއްޓޭނެ ތިޔަ ނަޝީދަކީ އަގެއްހުރި ލަދެއްހުރި މީހެއްނުން
ފޮޓޯއަކީ ނަސީދުގެ ފޮޓޯއެއް ނޫން!
އަދި މިއުޅެނީ މޫނާއެ ކު ދައް ކާލެވޭވަރު ފޮޓޮއެއް އެޑިޓް ނު ކުރެވިގެން. މަހީ ކުރީ މިހާވަރުން ކަލޭމެން ގަބޫލު ކުރާނެ ކަމަށް.
ތިއީ ނަޝީދުގެ ފޮޓޯތަކެއް ނޫންކ ކަމަށް ވަރަށްބޮޑަށް ގަބޫލު ކުރެވޭ. މި ކަން ތަހުގީގު ކުރަން ގޮވާލަން.
އެއީ އަންނިގެ ފޮޓޯއެއްނޫން. އެފޮޓޯއަކީ ފަލަސްތީނު މީހެއްގެ ފޮޓޯއެއް.
ލަދެއް ހަޔާތެއް ހުރި މީހެއް ނޫން މިއީ.. ތި ހާލުގައި އޮވެ އަދިވެސް އޮރިޔާން ފޮޓޯތައް އެބަ ނަގާ.. މީނައަށް އާ ކަމަ ކަށް ނުވާނޭ.. ލާދީނީ ކަމާއި ގޮތް ކުޑަ ކަމުގެ އެއްވަނަ.. ބަލާ އެއްނު
އެއީ އަންނިގެ ފޮޓޯއެއްނޫން. އެފޮޓޯއަކީ އިސްރާއީލްގެ މީހެއްގެ ފޮޓޯއެއް.
ވަރަށް ހަޑި މުޑުދާރު ފޮޓޯ ތަކެއް.
ލަދުގެ ކަންފުޅެއްވެސް ނެތީއޭ.
ވ ވ ވ ވ ވ ވފަކުރު
އޮރިޔަން ފޮޓޯ ހެދިކަމުގެ ދައުވާ ކުރެވޭނެތަ
މީނަ މިހާރު އުޅެނީ ޖޮނީ ސިންސްއަށް ވެގެން. އެއީ އެވާގޮތަކީ.
ނަޝީދުގެ ކަނައަތަށް ވެފައޮތްގޮތެ އިގޭމީހަކު އެބަހުރިތަ..ޑޮކްޓަރުންގެ ތަފްސީލުތަކުގަ ނަޝީދުގެ ކަނައަތުގެ އިގިލިތަކަށް ގެއްލުމެލިބުނުކަމަށް ނުބުނޭ...މަތީގަ އޮތް ފޮޓޯއަށް ރަގަޅަށް ބަލާލަބަލަ..ޑޮކްޓަރުންގެ ބަޔާނާ އެކްސްރޭއާ މިފޮޓޯގަޑާ އަޅާކިޔާލުމުން ސުވާލުއުފެދޭ ކަންތައްތަކެ އެބަފެނޭ...