ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އާއި އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއާ ދެމެދު ހަމަނުޖެހުން ހިނގި ވަގުތު އީސަގެ ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހުމަދު ގޭގައި ހުރި ކަމަށް ބުނާ ވާހަކަތައް މަންޒަރު ދުށް މީހަކު ދޮގުކޮށްފިއެވެ.

މީގެ ދެ ރެއެއް ކުރިން ހިނގައި ދިޔަ އަރާރުމެއްގެ ތެރެއިން އީސަގެ ފަރާތުން އަސްރާ އާއި ދަރިފުޅަށް އަނިޔާތަކެއް ލިބުނު ކަމަށް އަވަށްޓެރިން ވަނީ ބުނެފައެވެ. އެގޮތުން އަސްރާގެ އިނގިލިތަކަށް ވެސް އަނިޔާވެފައިވާ ކަމަށްވެއެވެ. އަވަށްޓެރިން ބުނެފައިވާ ގޮތުން ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަ ވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ. އީސަ ހުންނެވީ މަސްތުގެ ހާލަތުގައި ކަމަށް ބުނެ މައުލޫމާތުތައް ދަނީ ދައުރަވަމުންނެވެ.

ބަައްޕަ ދިފާއުކޮށް އީސަގެ ދަރިފުޅު ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ވިދާޅުވީ، އެ ކަންތައްތައް ހިނގައި ދިޔައިރު މަންޒަރު ވަރަށް ގާތުން ފެނުނު ކަމަށެވެ.

އެ ޕޯސްޓާ ގުޅިގެން އެ ހާދިސާގެ ފުރިހަމަ މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ބުނީ، އެކަން ހިނގި ވަގުތު ޖިދާދު ގޭގައި ނެތް ކަމަށެވެ. އަނިޔާކުރަން ފެށުމާއެކު އަސްރާ އެންމެ ފުރަތަމަ ވެސް ގުޅީ ޖިދާދު އަށް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެ ވަގުތު ޖިދާދު ހުރީ އީސަގެ އޮފީހުގައި ކަމަށްވެސް އެމީހާ ބުންޏެވެ.

"ބައްޕަ އަނިޔާކުރަނީއޭ ގެއަށް އަންނާށޭ އަސޫ ބުނީމަވެސް އޭނަ ނައި" މައުލޫމާތު ދިން މީހާ ބުންޏެވެ.

އެކަމުގައި ޖިދާދުގެ ބަހެއް ހޯދާލުމުން "ވަގުތު" އަށް ފޮނުވި މެސެޖެއްގައި އޭނާ ވިދާޅުވީ، ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓުގެ އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑު ލިޔެފައިވާ ޕޯސްޓު ފިޔަވައި ދެން އެއްވެސް ކޮމެންޓެއް ދޭން ބޭނުމެއް ނޫން" ޖިދާދު ވިދާޅުވިއެވެ.

ޖިދާދުގެ ޕޯސްޓުގައިވާ ގޮތުން ނަމަ އީސައާ އެކު އޮފީހުގައި ވިޔަފާރީގެ ކަމެއްގައި އުޅެފައި، ގެއަށް ގޮސްފައިވަނީ 12 ގެ ފަހުންނެވެ. ހަމަނުޖެހުމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ އެރޭ އެކެއް ޖެހި ހާއިރެވެ.

ގެވެށި އަނިޔާގެ ސީރިއަސް މައްސަލަތަކެއް އީސަގެ މައްޗަށް ކުރެވިފައިވާ އިރު އެރޭ ހިނގައިދިޔަ ކަންތައްތަކާ ގުޅުވައި ސީދާ އެއްވެސް އެއްޗެއް ވިދާޅުނުވި ކަމުގައިވިޔަސް ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އީސަ ވަނީ ދެއްވައިފައެވެ.

އެކަމާއި ގުޅިގެން ފޭސްބުކްގައި ލިޔުއްވި ކުރު ޕޯސްޓެއްގައި އަސްރާ ވިދާޅުވެފައިވަނީ ތަޖުރިބާކުރަން ޖެހުނީ ދުވަހަކުވެސް ހީނުކުރާ ކަހަލަ ކަންތައްތަކެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އީސާ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ. އެކަމަކު އެ އަމުރު ކޯޓުން ނެރެއެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މީމިމީހުންގެއާދަ

    ދުވަހަކުވެސް އެމްޑީޕީއައް ނިސްބަތްވާ މީހަކު ތެދެއް ނުހަދާނެ މުޅިންވެސް މަސައްކަތް ކުރާނީ މީހުންނައް އޮޅުވާލަން

    62
    5
    • އ . ޖ . އ

      ތިޔައީ އަސްރާގެ ދިފާއުގައި ވާހަކަ ދައްކާ މީހަކު ވާހަކަ ދައްކާނެ ގޮތެއް ނޫން.

  2. ......

    ދެމަފިރިންދޭތެރޭ ޖެހޭ މައްސަލަތައް އެއީ ޕަބްލިކަށް ހާމަކުރަން ޖެހޭ ކަންކަމުގަ ދެކޭ މުޖުތަމައުއެއް އޮންނާނީ އެއްއަރިއަށް އަރިވެ އެއަރިން އަރާދިޔައިން ޣަރަގުވެ ނިމިފަ...ހިތްއެދޭ ހުރިހާ ގޮތެއްއެއީ މިނިވަން ކަން ކަމުގައި ވަކާލާތު ކުރާ މީހެއްގެ ނޮޅިންދަށުގައި އެތައް މީހެއްގެ ހައްގުތައް ވާނީ ދިރިހަޖަމްވެފަ...މައްސަލަތައް ހައްލުކުރުމަށް އެމައްސަލަ އެއްގެ އަސްލައްވާސިލްވާން ނުދަންނަ ހާކިމަކަށް އަދުލު އިންސާފު ގެނެސްދެވޭތީ ނުފެންނާނެ...ލަދުވެތިކަމާއި ބިރުވެތިކަން ރައްދުކުރާނޭ ފަރާތެއް ނެތް މީހާ އަށް މާއްދިއްޔަތު މެނުވީ ނުފެންނާނެ...މާއްދިޔަތުގައި ބަނދެވިފައިވާ މީހެއްގެ ކިބައިން ކޮރަޕްޝަނާއި ފަސާދަ މެނުވީ ނުނިކުންނާނެ...ގާނޫނާއި ގަވާއިިިދުތައް ހެދުމަށާއި ވެރިކަމަށް އަމިއްލައަށް އެދި އުޅޭނަމަ އެމީހެއްގެ ކިބައިގައި ހެވެއްނުވާނެ...ވެރިކަމަކީ ކޮބައިކަން ނޭނގޭ މީހާ މެނުވީ ވެރިކަމަކަށް ނޭދޭނެ...

    17
    6
    • ޒާކިރް

      ތި ހުރިހާ ހާސަރެއް ކިޔާނެ ކަމެއް ނެތް.. އަދިވެސް ގޮސް އެމްޑީޕީ ކަހަލަ ލާދީނީ ބައިގަނޑުތަކާއި ގުޅިގެން ގައުމު ފަސާދަކުރެވޭތޯ ބަލާތި.

      39
      4
  3. ނަސޫ

    ތިވެސް އަސްރާގެ ދަރިއެއްތަ؟

    23
    5
  4. Anonymous

    އެއީ ކެނދިކުޅުދޫ ޢަބްދުލް ޣަފޫރު ގެ އާސްތުގެ ދަރިއެއް.
    ދަރިއަށް ކިޔަވާދޭން އިންޑިޔާއަށް އާސްތު ގެންގޮސް ފޮނުވާލިގޮތް މިސޮރަށް އެއޮތީ އޮޅިފަހެން ހީވަނީ.

    29
    1
  5. ރަދީފުލް ކުމާރު

    އެސޮރު ހާދަވައްތަރޭ ފައިއްޓެއާ.

    9
    1
  6. ކޮބާކަލޭ

    އެއީ ދެމަފިރިންތަ؟

    5
    1
  7. ޒަހީން

    ގެވެށި އަނިޔާ ދޭ މިނިސްޓަރުން މިސަރުކާރުގަ ތިބިތޯވެސް ބަލައިދެއްވާ.

    13
    1
  8. ސައިފް

    އެމްޑީޕީގަ ބޯ މީހުން ވަރައް ގިނަ. އެއީ ރަލާއި އަދި އެނޫންވެސް ތަކެތި ބޭނުން ކުރާމީހުން. އެފަދަ އެއްޗިހި ބޯމީހުން ކުއްލި ކުއްލި އަށް ރުޅިގަނޑު އެރުމާއި ވަޔޮލެންޓު ވުމަކީ ވަރައް ގިނައިން ވާކަމެއް.. ވީމާ އެމްޑީޕީގެ އުޅޭ ލާދީނީ އަންހެނުންނައް ހަމަ އެކަހަލަ ލާދީނީ ފިރިން އެންމެ އައުލާވަނީ. ލަނޑަޔާ ވާނީ ލަނޑަޔާ ނޫންތޯ.

    33
    1
  9. ޝަރީފް

    އީސާ ދެން ކަލޭވެސް އަވަހައް ކޮންމެވެސް ރީހެބަކައް ދޭ.. ދެން އެކަމަކު ހައިރާން ވާ ކަމަކީ މީނާގެ އަނބި އެބަހެކިވޭ މީނާ ހުރީ މަސްތުވެގެންކަން އެހެންވިއްޔާ މީނާގެ މައްޗައް މަސްތުވުމުގެ ދައުވާވެސް އުފުލަންވާނެތާ.؟

    26
    1
    • ސޮއި

      އެހެންވީމައެއްނޫންތަ 2 ދުވަސް ފަހުން މިކަން ބެލީވެސް. ޢެކަލޭގެ ހަމަޔަކަށް އެޅެންދެން ވަގުތު ދީފައި މިވާހަކަދެއްކީވެސް

  10. ބޯބުރި

    މައުލޫމާތު އެގޭ މީހާ ހުރީ އަނިޔާކުރި އިރު ބަލަންބާ. ޕޮލިހަށް ބަޔާން ދީފިބާ

    16
    1
  11. ފޭސް ބުކު

    ޢީސަގެ ދަރި ވެސް ހަދަނީ ދޮގު ހެން ހީވޭ

    26
    2
  12. Anonymous

    ބަނގުރަކީ އޭގައި ޙައްދު ކަނޑައެޅިފައިވާ އަދަބު އޮތް އެއްޗެއް. ސާބިތުވެއްޖެނަމަ ޢީސައެއް އިބްރާހީމް އެއް ނޯންނާނެ. އިސްލާމީ ޝަރީޢަތުގައި އޮތްގޮތަށް ކޯޓުތަކުން ޙުކުމް ކޮށްބަލަ. ޢަދުލަށް ޙުކުމް ނުކުރާ ވެރިންނަށް ގަދަ ފަދަ ޢަޒާބު ލިބޭނެ ކަމަށް އަންގަވާފައިވޭ. ﷲއަށް ބިރު ވެތި ވާންވީ އަހަރެންނާއި ތިބާވެސް އެންމެން ވެސް

  13. ބޮކިި

    ދަރިއެކޭ ބަފައެކޭ ނެއް ހަމަ ތަފާތެއް ހަމައިގަ ނެއް އެކަތިވެސް ހުސް ބީތާއިން

    15
    1
  14. އުޚްތީ

    އަޅޭ މިހުރިހާ ކަމެއް ވާއިރު އަސްރާގެ ބޭބެ ކޮބާތޯ ދިވެހިރާއްޖޭ ނައިބު ރައިސް ވިޔާ. ތިމާގެ އެއްބަޑު އެއްބަފާ އުޚްތެއް ވިއްޔާ

  15. Anonymous

    އެނބުރޭ ގޮތަށް މެ މައި ސޯބު
    އެނބުރޭ ހުށީ އެ ކުޑަ ސޯބު
    ދޮންފުތު ތިމާގެ ދަރި ސޯބު
    ދޮން އަނބު ފަދައިންނެ ވާ ސޯބު

  16. ސައްގުޑި

    ގިނަފަހަރު ނުލަފާކަން ވާރުތަވަނީ ބަފާގެ ފުށުންނެވެ.

  17. ޝާއިރު

    އީސަ، އައްޑޫ ހުޅުދޫން ވެސް ހަމަ ވަރަށް ރަނގަޅު ޢާއިލާ އެއްގެ ނިކަން ބެސްޓް އާ ކުއްޖަކާ އިނޭ. އޭނައަށް ވެސް ދަރިއަކު ހުންނާނެ. އީސަގެ ބްރޭންޑަކީ، އާކުއްޖެކޭ ދަސްވީ ފަހުން އަސްތާ މިހާރު އިންނަން ހޯދަނީ. އޭނަ ދެން ނިކަން، ލޯބިން އުޅެފަ، ދަރި ދީފަ ފޮނުވާލަނީ އޭ، ލޯބިން.