ގެއްލިގެން ހޯދަން އިއުލާން ކުރި ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު ހުރީ ރާއްޖެއިން ބޭރުގައި ކަން ޔަގީންވެއްޖެއެވެ.

އުމުރުން 25 އަހަރުގެ އެ މީހާ ގެއްލިގެން ފުލުހުން އިއުލާން ކުރީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިމިގްރޭޝަނުން މައުލޫމާތު ސާފު ކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށާއި ފުރި ފަހުން އެނބުރި ރާއްޖެ ނާންނަ ކަން އެނގިފައިވާ ކަމަށެވެ.

އެ ކަން ފުލުހުންނަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި ގޮތުން ފުރައިގެން ދިޔައީ ނޮވެމްބަރު 2020 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ފުރައިގެން ދިޔައީ ދުބާއީއަށް ކަމަށް އެނގިފައިވެއެވެ.

މިސްބާހަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައިވަރޭ

    ޑިޕޮސިޓަކަށް ފުނުވާލީ ކަމައް ވާނީ...

    11
  2. ފާތުމަ.

    ފުރައިގެން ދިޔަކަމަށް އޮތުމަކީ އަދި އޭނާ ފުރައި ދިޔަކަމާ ދިރިދުނިޔޭގައި ހުރިކަމުގެ ހެއްކެއްނޫ .ފުރައިގެން ދިޔަކަމަށް ހަދާފަވެސް އޮވެދާނެ.އެހެންވީމަ އޭނާ ފުރައިގެން ދިޔަކަން ނޫނީ ދިރިދުނިޔޭގައި ދުބާއީގައި ހުރިކަން ޔަގީންކުރެވޭނީ އޭނާ ހޯދައި ދައްކައިގެން.ދުބާއީގައި ހުރިނަމަ އާޢިލާ ޔާ ނުގުޅަންވީ ކީއްވެ؟

    21
  3. އިންޑިއާ އައުޓް

    އަލީވަހީދު ނުގެނެވުނަސް މިސްބާހު ގެންނާނެ ޔަގީން މީ އިންސާފު ހަމަ ހަމަ ކަން ކީއްކިރާނީ