ގދ. ފަރެސްމާތޮޑާ އެެއާޕޯޓުގެ ރަންވޭގެ މަސައްކަތް ބާރުސްޕީޑްގައި ކުރިއަށްދާކަން އެމްޓީސީސީން ހާމަކޮށްފިއެވ.

އެމްޓީސީސީން ވިދާޅުވީ، އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެެވެ.

މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ސާވިސް ރޯޑް އިމާރާތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސް މާތޮޑާގެ އެއާޕޯޓް އެޅުމުގެ އަމަލީ މަސަތްކަތް ފަށާފައި ވަނީ މިދިޔަ ޖޫން މަހުއެވެ. އެއާޕޯޓު އަޅާ ބިން ހިއްކަން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށް ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅާ އިރު، އެ އަތޮޅު ގދ. ކާޑެއްދޫ އާއި ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެޑަވޭލީ ދާއިރާ އާއި ތިނަދޫ ދެ މެންބަރުން

    ކާޑެއްދޫ އިންޓަނޭޝަނަލް ކުރަން ލިބިފަ އިން ބަޖެޓުން ފަރެސް މާތޮޑާ އެއާޕޯޓު ހަދާ ނިންމަނީއެވެ. ގާސިމަށް ކާޑެއްދޫ އެއާޕޯޓު ދިނުމުން ސަރުކާރުން ކާޑެެއްދޫ އިންޓަނޭޝަނަލް ކުރަން ނުޖެހޭނެކމަށް އަސްލަމް އަންގަނީ. އަދި އޭނާ އަންގަނީ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލަ އެއާޕޯޓު އޮނަނާނީ ފަރެސްނާތޮޑާގަކަމަށް