ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ އެވެ.

މީގެ އިރުކޮޅެއް ކުރިން އެ މީހާ ވެއްޓިފައި ހުޅުމާލެ ގެއެއްގެ ދެވަނަ ފަންގިފިލާއިންނެވެ.

އެ މީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާއަކީ ހުޅުމާލެ އިމާރާތެއްގެ ދެވަނަ ފަންގިފިލާގައި އޭސީއެއް ހަރުކުރަން އުޅުނު މީހެއް ކަމަށެވެ.

އަދި އެ މީހާ ވެއްޓިފައި ވަނީ އޭސީ އައުޓްޑޯ ޔުނިޓާއި އެކުގައި ކަމަށާއި، އެ މިހާ ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 15:50 ގައެވެ.

މީގެ ކުރިން ރޭގެ ވަގުތެއްގައިވެސް މީހަކު ވަނީ އިމާރާތަކުން ވެއްޓިފައެވެ. އެ މީހާ ވެއްޓިފައި ވަނީ މާލޭ ގެއެއްގެ ފަސްވަނަ ފަންގިފިލާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ގެރި

  މީ ވެސް މި ސަރުކާރުގެ ބަލާވެރިކަން.. ދެން އަންނަ ސަރުކާރެއްގަ ޖެހޭ މިކަންކަން ތަހުގީގު ކުރެވެން

  17
  3
  • ޞާރި

   ޥެއްޓޭ މޫސުން... ދެން ސަރުކާރު ވެސް ވެއްޓިދާނެ މިވަރަށް ވެއްޓެންޏާ

   20
 2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  އެޖެންޑާ 19 ތަފާތުކަމުން ވާހާ ކަންކަންބާ މީ.. މި ސަރުކާރު އައިފަހުން މުޅިން ނުބައި ކަންކަން ވަނީ

  22
  1
 3. ކަޅު ސޮރު

  ވެއްޓޭ ސީޒަން ފެށުނީ 😳🥺

  26
 4. ޙުއްތު

  ޢޭސީ ހަރުކުރުން ވެސް ސަރުކާރުން ވަކި ލައިސަންސެއްދީގެން ސްޓޭންޑަޑް ތަކެއް ހިފަހައްޓަން ވެއްޖެ

  20
 5. އާދަމުގެދަރި

  މިކަމުގެ ހައްލަކަށްވާނީ އުސް އިމާރާތްތައް ތަޅާލުން ބާ؟ ދުނިޔޭގެ ކަންކަން އެބުރެމުން ސެބުރެމުންދާ ގޮތަށް ބަލާއިރު މިކަހަލަ ގަވާއިދެއް ނުކުތުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫން ކަމަށް ލަފާކުރެވިދާނެ.

 6. އަލީ

  24 ގަޑި އަރު ތެރޭ 3 މީހުން ވެޓުނީ. ގެނބޭ ދުވަސްވަރު ގެނބެނީ. އެކްސިޑެން ވާދުވަސްވަރު އެކްސިޑެންޓް. މީ ގެން ވެސް އަހަރެމެން ވިސްނާލަން ވެއްޖެ. ހެއްދެވި ފަރާތެއް ވާކަން. އަހަރުމެން މީ އެއްވެސް ޔާރެއް ބާރެއް ވާބައެއް ނޫންކަން. އަބުރަތް ހާސިލު ކޮއް ހެޔޮއަމަލު ގިނަކުރަމާ ހިނ ގާ