މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލެ މަގުމަތިން އަންހެނަކު ރަހީނުކޮށް، ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ދެ މީހުން ބަންދުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން 18 އަހަރާއި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު 23 އަހަރެވެ.

އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ރަހީނުކޮށް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމައި، މިމަހުގެ 17 ވަނަ ދުވަހު މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިމަހުގެ 19 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއްކޮށް، ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހުން ދޫކޮށްލާފައިވަނީ ޕީޖީއިން އެދުމުން ކަމަށްވި ނަމަވެސް، އެއީ ކޮން ޝަރުތުތަކެއް ކަން އަދި އެނގިފައެއް ނުވެއެވެ.

މިމައްސަލާގައި ހައްޔަރަށްލި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ވެސް ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. އަދި ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހުގެ ރޭ، މާފަންނު ހަނދުވަރީހިނގުމުގައެވެ. އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބްލޮގް

    ވަރުގަދަ ޕޖ އެއް ދިވެހި ގައުމަށް މިއޮތީ ލިބިފައި، މިކަމާ ގުޅޭ އިޝާރާތެއް ވާ ލިޔުމެއް ބްލޮގުން ކިޔާލަން ލިބޭނީ ކޮން އިރަކުތޯ

  2. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ހިތާ ހިތުގެ ގުޅުން ދެއްތޯ.. ޖަޒީރާ ރާއްޖެ ތަފާތުވާނެ

    11
  3. ގެރި

    އެމްޑީޕީ ދެގޮލާދޯ

    10
  4. ބަކަރި

    މިޔަދު ކޮބާތޯ ދުއްމާރި ހިއްޕަވައިގެން އުޅުއްވާ ކުދިންކޮޅު

  5. ސައުޝާދު

    މި ސަރުކާރުވެސް އޮތީ ރޭޕާ ޖިންސީ ގޯނާއަށް ފައްސިވެފަ.. ދެން ތިކަމާ ހައިރާނެއް ނުވެ