އައްޑޫ ސިޓީީ ހިތަދޫގައި ހުންނަ ޕީޕީއެމް އޮފީހެއް ފަޅާލައިފިއެވެ. އެ އޮފީސް ފަޅާލައިފައި ވަނީ ހުކުރު ވިލޭރޭގައެވެ.

މިކަން "ވަގުތު" އާއި ހިއްސާކުރަމުން ހިތަދޫ ޕީޕީއެމް ސްޓިއަރިންގް ކޮމިޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގައި، ހިތަދޫ މެދު ދާއިރާ ތަމްސީލު ކުރެއްވި ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވީ ޕީޕީއެމް އޮފީސް ފަޅާލިކަން އެނގުނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މޯޑް ވިދާޅުވި ގޮތުގައި ޕާޓީ އޮފީހުން ވަގަށް ނަގާފައި ވަނީ ޕްރެޖެކްޓަރަކާއި ޓީވީ ރިމޯޓެކެވެ. އެނޫން އެއްވެސް އެއްޗެއް މަދުކަމުގައި ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ގެއްލުން ލިބިފައި ވަނީ ހަމައެކަނި ޕާޓީ އޮފީހުގެ ދޮރަށްކަން ފާހަގަކުރެއްވިއެވެ.

"އެއީ ލަކުޑި ދޮރެއް. އެދޮރު ފަޅާލާފަ ވަނީ ބޭރު ގޭޓް މަތިން. އެ ވަތްބަޔަކު ނެގީ ޕްރޮޖެކްޓަރާއި، ޓީވީ ރިމޯޓް އެކަނި. އެނޫން އެއްވެސް އެއްޗެއް މަދުކަމަސް ފާހަގައެއް ނުކުރެވެވޭ. ޓީވީވެސް ހުރި. ގެއްލުން ލިބުނީ ޕާޓީގެ ދޮރަށް. ދެން މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ހުކުރު ދުވަހު ހެނދުނު ޕާޓީ އޮފީހަށް އައިސް ބަލާ، ބަޔާން ނަގާ ކަންކަން ކުރީ،" މޯޑް ވިދާޅުވިއެވެ.

ކްރައިމް ސީންއިން ފިންގާޕްރިންޓް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް--

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމި ދިިޔަ އަހަރުގައި ވައްކަމުގެ 3570 މައްސަލައެއް ރިކޯޑް ކުރެވިފައިވެއެވެ. މިއަހަރުގެ މިހާތަނަށް އައިރު ޖުމްލަ 1924 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    ވައްކަން ސަރުކާރު.. އެޖެންޑާ19 ތަފާތީ

    16
  2. އާދަމުގެދަރި

    އައްޑޫ ސިޓީ ކިޔަނީ ވަނަމަކު ނޫނޭ. ސިޓީއެއްގައިވިއްޔާ ފަސްމީރު ކުރި ރުކެއްގައި ހުންނަންވާނެ ހުރިހާ ސިފަތައް ފިސާރި ރީއްޗައް ހުންނަންވާނޭ. ކުށްވެރިންނަށް ތިޔައީ ސުވަރުގެއެއްފަދަ އުފާވެރި ސިޓީއެކޭ.

  3. މިއަދު

    ތިމައްސަލަ ތަހުޤީގު ކުރަން ކޮމިޝަނެއް އުފެއްދުމަށް އިސީ ޝަރީފަށް ދަންނަވަން