ތ. ކިނބިދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކިނބިދޫ ކައުންސިލްގެ ރައީސް، އަލީ ހުސެއިން "ވަގުތު" އަށް ވިދާޅުވީ، ކޮވިޑް-19 ވޭދަނަތައް ފެންނަމުން އަންނަ އެރަށުގެ މުޖުތަމައު ތެރޭގައި މިވަގުތު ބަލި ފެތުރޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވަނީ، މިއަދުގެ ވޭދަނަތައް ފެނުމާއި ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ހުސެއިން ވިދާޅުވީ، މިއަދު ފައްސިވެފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން މީގެ ދުވަސްކޮޅެއް ކުރިން ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ކަމަށެވެ. އޭގެ ތެރޭގައި ސްކޫލުގެ ދަރިވަރަކާއި އެކުއްޖާގެ ދައްތައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ރަށު ތެރޭގައި ބަލި އުޅޭ ކަމަށް ބެލެވުނަސް ބަލި އަސްލު ރަށު ތެރޭގައި ފެތުރެން މެދުވެރި ސަބަބެއް މިހާތަނަށް އަދި ހޯދިފައި ނުވާ ކަމަށެވެ.

"އެބަ ތިބި ކަރަންޓީނުގައި ތިބި ގޭގެ މީހުން ފައްސިވެފައި. އެހެން ކަމުން ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައީ ކިހިނެތް ކަމެއް އަދި ނޭނގޭ" އަލީ ހުސެއިން ވިދާޅުވިއެވެ.

ކިނބިދޫ މުޖުތަމައުތެރެއިން ބަލި ފެނުމާިއ ގުޅިގެން މިވަގުތު އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ކިނބިދޫ ހިމެނޭހެން މިވަގުތު 70 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިރަށްތަކުގައި އެކްޓިވް ކޭސްތައް 1000 ވުރެމަތި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިލްބަހާރު

    21 ވަނަ ދުވަހު ކޮވިޑް ޓެސްޓް ސާންޕަލް ނެގި މީހުން ވެސް މިޔަދު ދޫކޮއްލާފަ އިބަތިބި ތިރަށު މީހުން. ދެން އެބުނަނީ ފެތުރުނު ގޮތެއް ނޭންގެޔޭ.

  2. ގަލަން ތުނޑު

    މާލެ އަންނަ އުޅަނދު ފަހަރުގެ ކެޕްތަނުން ވަގަށް އެމީހުންގެ އަންހެނުން ގާތަށް ދާކަމަށްވަނީ ބޯޓުން ފައިބައިގެން. ދެން އެނބުރި ބޯޓަށް އަންނަނީ..ދެން ރަށަށް ދަނީ..ދެން ރަށުގަ އުޅެނީ ..ދެން ހުންއަންނަނީ..ދެން ކުލިނިކު ދަނީ..ދެން ޕޮޒިޓިވްވަނީ... ދެން ކަބަރުކިޔަނީ...ކަރަންޓީނުގަ ނެތް މީހާ ޕޮޒިޓިވް ވެއްޖެ...އެޗްޕީއޭ ކީއްކުރާނީ މީހުން ނުލަފާވީމަ