އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން އަތުލަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޭވިއޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ މާދަމާއިން ފެށިގެން ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ހުއްދަ އޭނާގެ އަތުން އަތުލާން ނިންމީ ފްލައިން ސްކުލޫގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިން ސްކޫލުގެ މެނޭޖްމެންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރަމުން ނުދާތީ ކަމަށެވެ.

"ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމައްސަލަ ބެލުމަށްފަހު ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގގެ މަގާމުގައި ހުރި ސުރަންޖަން ޑި ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލި އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން 3 މޭއި އިން ފެށިގެން އަތުލުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ" ބަޔާނުގައި ބުނެފައިވެއެވެ.

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ ހުއްދަ ބާތިލު ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން ވަނީ ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ވެސް ދީފައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ފްލައިން ސްކޫލުގެ އިސްވެރިއަކަށް ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެސްކޫލަށް ފިޔަވަޅު އަޅައި، އެތަނުން ކިޔެވުމަށް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ހަމަޖައްސަވާދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވިލާ ސްކޫލުމިހާރު ހުޅުވަން ރެޑީވީދޯ ؟

  2. ދަރިވަރު

    ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން 3 މޭއި އިން ފެށިގެން އަތުލުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ"