ފަލަސްތީނަށް އެހީވުމުގެ ގޮތުން އީޓޫއެސް ގޭމިން އަދި އުރީދޫ ގުޅިގެން އިންތިޒާމުކުރި "ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" އަށް މިހާތަނަށް 112،600 ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އީޓޫއެސްއިން ބުނެފައިވަނީ ޗެރިޓީ ކަޕަށް އެވަރު ލިބިފައިވަނީ އުރީދޫގެ އެހީއާއި އެކީ ކަމަށެވެ. އީޓުއެސްއިން މައުލޫމާތު ދޭ ގޮތުގައި މި ފަންޑަށް 150،000 ރުފިޔާ ހަމަކުރުމަކީ އެފަރާތުގެ އަމާޒެކެވެ.

އީޓޫއެސް އާއި އުރީދޫ ގުޅިގެން ބާއްވާ ޕަބްޖީ މުބާރާތުގައި 200 އަށްވުރެ ގިނަ ގޭމިން ޓީމުތައް ހިމެނޭ ކްލަބްތައް ޕާޓްނަރ ވެފައިވާއިރު، މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާއި ކަމަށް އީޓުއެސް އިން ވަނީ ބުނެފައެވެ.

މި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ މި ހަފްތާ ބަންދުގައެވެ. އީޓޫއެސްއެިން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ވާދަ ނުކުރިކަމުގައި ވިއަސް ކޮންމެ ބޭފުޅަކަށް ވެސް ބޭފުޅަކު ބޭނުންވަރަކަށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

މުބާރާތުގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، ފައިސާ ހަދިޔާ ކުރުމުގެ މުއްދަތު މިރޭ 00:00 އަށް ހަމަވާނެ ކަމަށް އީޓޫއެސް އިން ވަނީ ބުނެފައެވެ. އަދި މާދަމާގެ ވަގުތެއްގައި އައިއޭސީ އާއި ފައިސާ ހަވާލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި އެކީކަން ދެއްކުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް އަންނަނީ މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތްތަކުން އީޓޫއެސްގެ ބީއެމްއެލް އެކައުންޓް 7730000263764 އަށް ފައިސާ ފޮނުވޭނެއެވެ. އަދި ސްލިޕް 7699138 އަށް ފޮނުވުމަށް އީޓޫއެސްއިން އެދެއެވެ.