އައްޑޫ ސިޓީން އިތުުރު ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓީން މިއަދު ފައްސިވި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ފައްސިވި ފަރާތްތަކާއި ގާތުން އެއްތާވި ފަސް މީހަކާއި، އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއްގެ އިތުރުން، ހުޅުދޫން ފައްސިވި ދެ މީހަކާއި، ގަމުން ފައްސިވި މީހެކެވެ.

މިއާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 201 އަށް އަރާފައެެވެ.

އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 163 މީހަކަށެވެ. އޭގެ ތެރެއިން 92 މީހަކު ތިބީ ހިތަދޫގައެވެ. އަދި މަރަދޫގައި ހަ މީހަކު ތިބިިއިރު، މަރަދޫފޭދޫގައި ދެ މީހަކު އެބަތިއްބެވެ. އަދި ފޭދޫގައި 12 މީހަކު ތިބިއިރު، ގަމުގައި ފައްސިވެފައިވާ އެކަކާއި، ހުޅުދޫގައި 41 މީހެއްގެ އިތުރުން، މީދޫގައި ނުވަ މީހަކާއި، އައްޑޫ ކައިރި ރިސޯޓެއްގައި ފައްސި ވޭދަނައެއް އެބަ އުޅެއެވެ.

އެ ސިޓީން ބަލި ޖެހުނު 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެެވެ. އަދި ބަލި ޖެހުނު ހަ މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު މިހާރު ވަނީ އިއުލާނު ކޮށްފައެވެ.