ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 39 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

މިއީ ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ނިޔާވި ތިން ވަނަ މީހާއެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިރޭ ކޮވިޑް ޖެހިގެން އަންހެނަކު ނިޔާވީ 20:25 ގައި ކަމަށެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 123 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މީގެ ކުރިން ރާއްޖެ އިން ކޮވިޑް ޖެހިގެން އާއްމުކޮށް ނިޔާވެފައި ވަނީ އުމުރުން ދޮށީ މީހުން ކަމަށް ވީނަމަވެސް ފަހަކަށް އައިސް މެދުއުމުރުގެ މީހުން ނިޔާވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 294 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 22 ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ކޮންމެ ދުވަހަކު އެޑްމިޓް ކުރަން ޖެހޭ މީހުންގެ ޖުމްލަ އަދަދަށް އަންނަނީ ހަމީހަކު އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙސބދބ

    ހުޅުމާލޭގެ ފެސިލިޓީގަ މައްސަލައެއް އުޅެނީބާ އެތަނުން ހާދަ ބައެއކޭ މަރުވަނީ

  2. ާަފާތުން

    ޙުޅުމާލެ ފެސިލިޓީގައި ހާަދަ މަރެކޭ!!!

  3. ފަރުދީ

    ކެރަފާ ނަސީމް އިސްތިއުފާ

  4. Anonymous

    انالله وانااليه راجعون

  5. Anonymous

    ހެލްތު މިނިސްޓަރު އިސްތިއުފާ.
    ވެރިމީހާ އިސްތިއުފާ. މިވަރު ވެގެންދާއިރު ކޮބާތޯ ލަދުފުޅު

  6. ސަލިބޭ

    ހާދަގިނައިން މިހާރު ހުޅުމާލެ ފެސިލިޓީން މީހުން މަރުވަނީ ......

  7. ޏަފުސީ

    ހުޅުމާލެ މެޑިކަލް ފެސިލިޓީ ބަންދު ކުރަން ޖެހޭ. މީހުން މަރުވުމަށް ދޫ ކޮށްލާއިގެން ތިބެނީ.ފުރިހަމަތަހުގީގެއް ހިންގާ އަވަސްފިޔަވަޅުއެޅުމަށް ސިފައިންގެފަރާތުން އާދޭހާއެ ކު އެދެން.ގައުމެއްނެތް.

    • ހަގީގަތް

      ޚިދުމަތް ދޭނެ މީހުން ނެތީ ބަލިމީހުން ގިނަ ވަނީ

  8. އަރީ

    ކެންސަރު 4 ވަނަ ސްޓޭޖް ގަ ޑރ އިން އުއްމީދު ކަޑާލާފަވާ ޒުވާނެއް. ކޮވިޑް މަތިކުރަން ކެންސަރުވާހަކަ އޮއްްބާލުމީ ހިތާމައެއް.

    5
    1