ކޮވިޑް-19 ގައި ގިނަ ބަޔަކު ނިޔާވަމުން ދާއިރުވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާތީ "މިއީ ނިދާފައި އޮތް ދައުލަތެއް" ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ކޮވިޑްގައި މިރޭ 39 އަހަރުގެ އަންހެނަކު ނިޔާވި ޚަބަރު އެޗްޕީއޭ އިން ޓްވީޓް ކުރެއްވުމުން އެކަމަށް އިޝާރާތްކޮށް ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރާނަތައް ގެއްލިގެން ދަނީ އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ތިއްބާ ކަމަށެވެ.
"މިއީ ނިދާފައި އޮތް ދައުލަތެއް. ފުރާނަތައް ގެއްލި މިނިމިދަނީ އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ތިއްބާ. ދެން މިވާހަކަ ރީތިކޮށް ނުދެއްކޭނެ." ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިމަހު ހުރީ 1115 ގައެވެ. މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ.
މިމަހު އެކަނިވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން ވަނީ 50 މީހުން ނިޔާވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ %41 މީހުން ނިޔާވެފައި ވަނީ މެއި މަހުއެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 123 މީހަކު ވަނީ ނިޔާވެފައެވެ.
މާލޭގެ ހާލަތު ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުން ދާތީ މާލެ ފުރަބަންދު ކުރަން އިއްޔެ އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ނަމަވެސް އެނިންމުން އިއުލާން ކުރުން ލަސްވަމުން ދަނީ ރައީސް ސޯލިހް މާލެ ފުރަބަންދު ކުރުމަށް ދެކޮޅު ހައްދަވާތީ ކަމަށް ވެއެވެ.
ބަލިމަޑުކަމުގެ ހާލަތުގައި ފުރަބަންދު ކުރުމާއި ގުޅޭ ކަންކަން ނިންމުމުގެ ބާރު ގާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންނެވި ނަމަވެސް ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތުގެ ބާރުތަކަށް ސަރުކާރުންނާއި ރައީސް ސޯލިހް ނުފޫޒު ފޯރުވަމުންދާކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ވިދާޅުވެއެވެ.
ސޯލިހު މަގުމައްޗައް ނެރެން އެބަޖެހޭ ރައްޔިތުންނައް ސީދާ ޖަވާބުދާރީ ކުރުވަން. ތިޔާހެން ފިލާއޮވެ ރައްޔިތުންގެ ފުރާނަތަކާއި ނުކުޅެވޭނެ. ކީކޭ ހިތައް އަރައިގެންތަ އުޅެނީ..
ޓްރޫ
ފަރުޖީ ޒިނޭމާ
އަދިވެސް އޯލެވަލްއޭ ކިޔާފަ ކުދިން ސުކޫލައް ޓެސްޓައް އެބަގެންދެޔޭ..
ސަރުކާރު އޮތީ ނިދާފަކަނޫން
ސަރުކާރުން އެޗްޕީއޭގަ އުޅޭ ފަރާތްތަކާއި ބޮޑުން ދައުލަތް ދަވާލަނީ އެކިއެކި ނަންނަމުގައި ބިލުތަކަށް ފައިސާތައް ހަމަ ބަހާ މުއްސަނދިވަނީ،
އިންޑިޔާއަށް ވިކިހިކިފަ އޮތީމަ ޗައިނާގެ އެހީއެއްވެސް ހޯދަން ބޭނުންނުވަނީ،
ޗައިނާގެ އެހީއަކަށް އެދެފިނަމަ ބޮޑެތި ހޮސްޕިޓަލްތައް ހަފްތާއެއްގެ ތެރޭގައި ކޮޅައްޖަހާ ފަރުވާދޭތަން އެހެރެގެން ފެންނަނީ،
އެކަމަކު އޭރުން މިވެރިންގެ ޖީބެއް ނުފުރޭނެތާ.
ޓްރޫ
ކިތަންމެވަރަކަށް ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ.
ނިދާފަކަނޫން މަރުވެފައޮތް ފައޮތް ދައުލަތެއް އަމާބުނީިތީ ފަރަށްދާ ދައުލަތެއް..
ނިދާފަކަނޫން މަރުވެފައޮތް ދައުލަތެއް އަމާބުނީިތީ ފަރަށްދާ ދައުލަތެއް..
މުސްކުޅިވެފަހުރި ކުޑަކުއްޖެ ހުރީ ދިޔާނާ ތިހެން ބުނެގެން އަނެއްކާ ރޯންފަށާފާނެ ، އެމް.އެން.ޑީ.އެފްގެ ޕެން ޕަންޕުތަކުންވެސް ކަރުނަ ނުހިއްކޭނެ
މި މުޅި ދައުލަތައްވަނީ ކޮވިޑަށްވުރެވެސް ބޮޑު އެއްޗެއް ޖެހިފައި
އޭތި މިވަގުތު ހުރީ ޖަރުމނުގައި ޗުއްޓީއަށް ގޮއްސަ..
އަސްލުވެސް 😢
ފުރަބަންދު ކޮށްގެން ތަރްޔިތުން ބަނޑައްޖެހޭނީ. ދިވެހިރަތްޔިތުންނަކީ އެއްވެސް ވަރަކަށް ކަންކަމަށްވިސްނާބައެއްނޫން. ކިރިޔާ ދުލެއްދޭއިރަށްތިބޭނެ ހޮޓާތަކާއި ކެފޭތައްފުރާ ފޮނިވާހަކަދައްކަން.އަތުންފައިން ކުރަންއެނގޭ މަސައްކަތެއްނޯންނާނެ. ގައުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ވަގުބަންގާޅިން.
ޓްރޫ
މިސަރުކާރު ނިދާފައި އޮތް ނަމަ ދިޔާނާވެސް އޮންނަވާނީ ނިދާފައި.. ދިޔާނާ ގެނައި ސަރުކާރެއް! ހަހަހަހަ!
ކޮވިޑާގުޅިގެން މަޖިލީހަށްވައްދާ ހުރިހާބިލެއްވެސް އެތާތިއްބަވާ މެޖޯރިޓީއޮތްމީހުން މަލާމަތް ކުރުމަށްފަހު ބޭރުކޮށްލަނީ އެފައިސާ މިފައިސާ ގޮވަން އެވަރެއްނެތް ބަލިހައްދުން ނެއްޓިއްޖެ
ދެންކޮން ފިއަވަޅެއްތޯ އަޅަންވީ ރަށުބަންދުގަ ތިބޭތާ އެތައް ދުވަހެއް ބަލައި އަންނަތާ އުސްފާރެއް ލައިދޭންވީތޯ
ރައީސް ސޯލިޚް ބޮނޑިއެއްބޯނެ މިފަހަރު! ވަސްއެބަ ދުވާ!
އަޅުގަނޑުގެ ހަޔާތަކު މިކަހަލަ ކަންނެއް ސަރުކާރެއް އަދިޔެއް ނާދޭ. ނާގާބިލް ވެރިން ތަންތަނަށް ލާގެން ބުރޯ ސިސްޓަމް ގާއިމު ކުރަނީ.
މި ދައުލަތް މިހާރު އޮތީ ނިދާފަކާވެސް ނޫން، ކޮމާއެއްގައި، ހޭޖެހެނެ އިރެއް އަދި ހޭޖެހޭނެ ކަމެއްވެސް ނޭނގޭ، ދޭން ބޭހެއްވެސް ނެތް
5 ލައް ކާ އާބާދީ ހަމަނުވާ ގައުމެއްގެ މެނޭޖް ކުރާ ކަން ނޭގުނީމަ ކުރެވޭ ބައަ ކާ ހަވާލުކުރަން ފެނޭ
ކުރިން ކުޑަކުދިންގެ ޕާކަށް ވަންނައިރު ވެސް ވަށައިގެން ތޭރި ޖަހާފައި ކުޑަ ފެންކޮޅެއްގެ ތެރެއަށްލާފައި އޮވޭ ނިދާފައި އޮންނަ އެއްްޗެއް. އޭތިވެސް ބެސްޓް ފްރެންޑް ކޮބައިތޯ ބަލަން ނިކުތް ގޮތަށް ބަހަބަރު. ކުޑަކުދިން އެވަރަށް ޕާކްގައި ތިބެ ގަޔަށް ހީސްލެވޭވަރަށް ރޮއިފައި އަޑުގަދަ ކުރިއަސް އެއޮންނަނީ އެގޮތަށް ނިދާފައި.
ތިކަން ވެފައި އޮތް ގޮތެއް ވެސް އެންމެ ރަނގަޅަށް އެނގޭނީ އެލެކްސް ކަލޯ އަށެވެ.
ޢެއްވެސް ޚަމެއް ރަނގަލަށް ކުރިޔަކަ ނުދޭ.
ކުރާނެކަމެއްނެތް ފަރުދީ ޒިންމާ
ކޮމެންޓް ތައް އިސް ފަސް ކޮށްލެވޭނެ ތޯއެވެ؟
މީނާ މިފަހަރު ހެޔޮ އެއްޗެއް ބުނެފި.
ތިބޭފުޅާވެސްތީ މިބައިގަނޑުގެފަހަތުން ދުވާގޮތްޔައެންނު ރާކަނިމަސްކެވުނީމަ ދެންމޮޔަނުގޮވާ..
ހުޅުމާލޭ ފެސިލީގައި އެތަށް މަރެއް ..މި ކަން ހިޔުމަން ރައިޓްސް އިން ބެލުމަށް ގޮވާލަށް...
ސަރުކާރުން އުޅެނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިންޑިޔާ ނުރުއްސިގެން. ދެން އުޅެނީ ވައްކަމާގެން. މީވަގުންގެ ސަރުކާރެއް. ފަރުދީ ޒިންމާ އޭ ކިޔާ ރައްޔަތުން ގެ ބޮލައ
ނިދާފައޮށް ދައުލަތެއްގެނައީ ކޮންބައެއްބާ؟؟؟ ޙަރަދު ކުރިލާރިނުލިބިގެން ކޯޓްތަ ކުންދުވަނީ ކޮންބައެއްބާ ؟؟؟ ފުޅާ ކޯލިޝަނެއްނެރެ ހައްގުމިންވަރު ކިޔާ އޮޅުވާލީ ކޮންބައެއްބާ ނިދިފަތިބިނަމަމުޅި ކޯލިޝަން އޮތީއެގޮތައް އެއްބައެއްގެ ބޮލައް ކަނޑާނުލާ 2023 ފެއްނަ ހެންހީވީމަ ރައްޔިތުނިދަންތިއްބާ ގޭދޮރުގަ ތަޅާ ފޯނައްގުޅާ މެސެޖް ކުރާދުވަސް ކާރިވަނީ ޔަގީނުންވެސް އިބޫލަދުގައްނާނެ އިތުރުދައުރެއް ކިޔަން ފާޓްފުޅާ ކޯލިޝަންވެސް ނަތީޖާ މާލެސިޓީއިން ނެރުނު ގޮތައްދެންވެސްދާނީ
ދިޔާނާމެން މި ކަހަލަ ވާހަ ކަ ދެއް ކީމަ ހަމަ ހިނިއަންނަނީ ދިޔާނާއައް ކަމުދިޔް ދައުލަތެެއް މިގައުމުގަ އޮތްއިރެެއް ދިޔަބާ.
ޖާބެ ކައިރިން އަހާލާ. މިއަށް ކިޔަނީ ޣޮވިޑްތޯ ކޮވިޑްތޯ ކޯވިޑްތޯ. މީ މާބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިންގ ހުންނާނެ. ރިޒޯޓް ނުހިންގިގެން ދެއްކި ވާހަކަ ހުންނާނެ. މިހާރު މިބަލި ފެތުރެމުން މިދަނީ ފަރުދީ ޒިންމާ އަދާނުކޮށްގެނެއް ނޫން. އިންތިޚާބެއް ބާއްވާލީމާ އޭގެ ނަތީޖާ. ދެން އޭގެފަހުން ސާމްޕަލް ނަގާފައި ނަތީޖާ ނުލިބި ގިނަދުވަސްވުމުގެ ނަތީޖާ. ބަރާބަރަށް ނަތީޖާ ލިބި މީހުންނަށް ވާނުވާ އެނގެން ފެށީމާ ބަދަލު ފެންނާނެ.
ހެލްތު ސެންޓަރުން ފަރުވާ ދެވޭނެ ބައްޔެއް ކަމަށް އަޅުގަނޑު އެލެކިސްއަށް ފެންނަނީ.
ރައީސް ދެން އަޑުއައްސަވަންވީނޫންތޯ ސިއްހީ މާހިރުންގެ އަޑު' ކުރިންވެސް ވިދާޅުވީމުނޫންތޯ ބަލިމަޑު ކަމުގައި ގޮތް ނިންމާނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށް ހަދުމަފުޅު ހުރިނަމަ ވަޢުދާއެއްގޮތަށް ޢަމަލު ކުރެއްވުމަށް ދަންނަވަން. ލަފާ ނުލަފައަށް ބަދަލުވުގެ ކުރިން ލަފާ ގަބޫލު ކުރެއްވުން ބުއްދިވެރި ވާނެނޫންތޯ.
ފަރުދީޒިންމާ ސަރުކާރެއްތޯ ހައްތާވެސް އިވެނީ ފަރުދީޒިންމާގެ ވާހަކަ ދެންކީއްކުރާ މުއައްސަސާތް ތަކެއްތޯ ކިޢްކުރާ މަގާމުތަކެއްތޯ ބޮޑުމުސާރަ ނަންގަވައިގެން ރައްޔިތުން އަތުންނަގާ ޓެކްސް ޕޭ ރުފިޔާއިން ވެދުން ދިޔާނާދައްތަޔައް ތިޔަވަރުގެ އެއްޗެއް ބުނެ ދެއްވީތީ
މަގުމައްޗަށް ނުކުތުން ހުއްޓާލަންވީ ފުރަބަންދު ކުރީމަކާނޫން.
ރައީސް ސޯލިހު ރައްޔިތުން މިތިބީ ކޮއްމެގޮތެއް ވަރިހަމަ ކޮށްލައިގެން ކަލޭ ބޭނުންވަރަކައް ކައި ބަހާ ހުސްކުރޭ ދައުލަތުގެ ހަޒާނާ.
ރައްޔިތުންނަށް ނުބައި ނުލަފާ ކަން ރަނގަޅަށް ދައް ކާލަނީ .މިސަރު ކާރުގެ ވެރިންނާ ދޭތެރޭގައި ރައްޔިތުންނާ މެދު އިހްމާލު ވުމުގެ ދައުވާ ދެންއަންނަ ސަރު ކާރުން ކުރަންޖެހޭނެ...
ރައްޔިތުން ފަނާވަމުން ދާއިރު ގޮނޑި ކޮއް ކޮ މައިމޫނާ ޢިސްތިއުފާ ދީފައި ގެއަށްދާން ނޭނގިގެން މިއުޅެނީ ކީއްވެތަ؟ ބުނެއުޅޭ ބަސް ނުވި ކޭ އޮޑީގެ ދިރުނބާ ކޮޅަށް ނާރާށޭ!
ނިއުޒިލޭންޑް އާ އޮސްޓރޭލިއާއިން ކަންތައް ކުރާ ގޮތް ކޮޕީ ކޮށްބަލަ މައިމޫނާ . ނުވަންޔާ އިސްތިއުފާ ދީ ، ވަރަށް ދޯދިޔާ ކޮށް މައިމޫނާ ކަންތައް ކުރަނީ .
ދިޔާނާ ގާތު އޭރުވެސް ބުނިން ދޯ ބުރުގާ އަޅައިގެން ނޫނީ ނުނިކުންނާތިވޭ....... ދުވަހަކުވެސް ރައޔިތުންނަށް ހެޔޮދުއާ އެއް ކޮއްލިންތޯ........
ރަނގަޅަށް ތިބުނީ
ދުވަހެއްދުވަހަކަށް ފުލުހުންނާއި ސިފައިން އެބަނެރެ މަގުމައްޝަށް..މީކީއްކުރަން ނެރޭބައެއް، ގޮރުހަޑަންތަ. މާސްކްނާޅާމީހުން ހަމަދުއްވާ ނަގަނީ އެމީހުން ބަލަނީ ޓެކްސީތައް ނޮޅާ ކެވޭތޯ. ޓެކްސީ ޑްރައިވަރ އިނީ ދަތްއުނގުޅައިގެންތޯ ފެންވަރައިގެންތޯ ކިހާބޮޑު ބަލާއެރއް.
މާލޭގެ ހާލަތު ދުވަހަކަށްވުރެ ދުވަހަކު ގޯސްވަމުން ދާތީ މާލެ ފުރަބަންދު ކުރަން އިއްޔެ އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ނަމަވެސް އެނިންމުން އިއުލާން ކުރުން ލަސްވަމުން ދަނީ ރައީސް ސޯލިހް މާލެ ފުރަބަންދު ކުރުމަށް ދެކޮޅު ހައްދަވާތީ ކަމަށް ވެއެވެ. އެއީ ކީއްވެ ތޯ؟؟
ބަލިމަޑުކަމުގެ ހާލަތުގައި ފުރަބަންދު ކުރުމާއި ގުޅޭ ކަންކަން ނިންމުމުގެ ބާރު ގާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންނެވި ނަމަވެސް ޑިރެކްޓަރ ޖެެނެރަލް އޮފް ޕަބްލިކް ހެލްތުގެ ބާރުތަކަށް ސަރުކާރުންނާއި ރައީސް ސޯލިހް ނުފޫޒު ފޯރުވަމުންދާކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ވިދާޅުވެއެވެ.
Sleeping Goverment
ދެމީހަކު ފައްސިވީކަމުގެ ހިތާމަވެރިޚަބަރާއެކު މީޑިޔާތަކާ ބައްދަލުކޮށް ރޮއިހޭރި ހިތާމަޔާ ހިތްދަތިކަން ހުރިވަރު ދެއްކިމީހާ މުޅި ޤަވްމު ކޯވިޑްގައި ހަނާވައިރު ވީތަނެއް ވެސް ނޭގެއެވެ.
" މިމަހު އެކަނިވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން ވަނީ 50 މީހުން ނިޔާވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ %41 މީހުން ނިޔާވެފައި ވަނީ މެއި މަހުއެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 123 މީހަކު ވަނީ ނިޔާވެފައެވެ. " މީ އެމްޑީޕީން އިނަދިކޮޅުގާ އޮތްނަމަ ވެރިޔަކަށް ހުރި މީހެއްގެ ބޮލުގަ އަޅުވާފަ މަގުތަކަށް ނުކުމެ ހަޅޭއްލަވަން ތެބޭނެ ދުވަސް، މީ ދިޔާނާ ވެސް މަގުމައްޗަށް ނުކުމެ ހަޤީޤަތުގާވެސް މި ސަރުކާރު ޒިމްމާދާރު ކުރުވަން ގޮވާލަން ވީ ވަޤުތު. ޓުއިޓަކުން މިކަން ވާކަށް ނެތް.
ސިޓީޒަން ކާއިގެން ދައުލަތް ނިދާ އިރު އިބޫ ވެސް ނިދަނީ
ދައުލަތް ނިދާނޭތާއެވެ! ދައުލަތް ހިންގުމަށް އިސްވެގަނެގެން ހުރީ ތަންދޮރު ނުފިލާހާލު ނިދާފަހުރި މީހެކެވެ.
އަނެންކާ ދިޔާނާ ދައުލަތައް ނިދާ ބޭސް ދިނީބާ
ދިޔާނާ ވެސް ހިމެނޭ ކޯލިޝަން އަކުން ވަރަށް ނާގާބިލް މީހަކު ރައީސަކްށް ލީމާ ވާނީ މިހެން. ޒިންމާ ދިޔާނާ ވެސް ނަންގަވަން ޖެހޭނެ.