ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައި ހުންނަ ފެސިލިޓީން އިވެނީ ބަލި މީހުން ރޯއަޑާއި، އެހީއަށް އެދި އާދޭސްކުރާ އަޑުކަމަށް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފިއެވެ.
މިހާރު ވެސް ފެސިލިޓީގައި ހުރި މީހަކު ދެންމެ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފުރިފައި އޮތް ފެސިލިޓީގައި ބަލި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައި ވުމުން، އެކަށީގެންވާ ގޮތެއްގައި ފަރުވާ ދޭން ނަރުހުންނަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
"ނަރުހުން ދެކޮޅަށް ދުވާ މަންޒަރު ފެންނަނީ. މީހުން ގިނަވެ، އެންމެނަށް ފަރުވާ ދިނުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައިކަން ފެންނަ މަންޒަރުތަކުން އެނގޭ." އޭނާ ބުންޏެވެ.
އޭނާ ބުނީ ބަލި މީހުން ރޯ އަޑު ފެސިލިޓީގެ އެތެރެއިން އިވެމުންދާ ކަމަށެވެ. "އުމުރުން ދުވަސްވީ އަންހެނަކާއި، ބޮޑު ފިރިހެނަކު ރޮމުންދާ އަޑު އެބައިވޭ." އޭނާ ބުންޏެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މިހާރު ހުރީ ކިތައް އެނދުކަމެއް އެޗްއީއޯސީ އިން ނުބުނެއެވެ. ނަމަވެސް އެންމެ ފަހުން އިއުލާން ކުރި މައުލޫމާތައް ބަލާއިރު އެތަނުގައި ހުންނަނީ 293 އެނދެވެ. މިހާރު ރާއްޖޭގައި 294 ކޮވިޑް ބަލި މީހަކު އެޑްމިޓް ކޮށްފައި ތިބި ކަމަށް މިރޭ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައި ވާއިރު އެންމެ ގިނަ ބަޔަކު ފަހަކަށް އައިސް ނިޔާވަމުން ދަނީ ހުޅުމާލޭ ފެސިލިޓީންނެވެ. ހުޅުމާލޭ ފެސިލިޓީން ގިނަ ބަޔަކު ނިޔާވަމުން ދާތީ އެތަނުގެ ހިދުމަތުގެ ފެންވަރާއި މެދު ގިނަ ބަޔަކު އަންނަނީ މިހާރު ވެސް ސުވާލު އުފައްދަމުންނެވެ.
ހެޔޮނުވާނެ އާދޭސްކޮށްފަ މިބުނަނީ ސޯލިހޫ ރަށްޔަތުންގެ ކެކުޅުންތަކަށް އަޅާލާ މާދަމާވެސް ތިމާޔަށް މިބަލި ނުޖެހި ހިނގައިދަފާނެ ކަމުގެ ގެރަންޓީ އެއްނެތް.
ދިވެހިން ގެ ރުއިމުގެ އަޑު އަދި ކުރާ އާދޭސް..ބީރުކަންފަތެއްދީ ބޮޑެތި ފްލެޓް ތަކުގައި އޭސީ ދަށުގައި ގައިވާ އިސްވެރިންނަށް މާތްﷲ ހިތިކުރައްވާތި...އެފަދަ ރައްދެއް އެ މުނާފިގުންނައް ދެއްވާށި
ސަރުކާރުގެ އިސްވެރިއެތް ގެ އަމަޔަކު ނޫނީ ބަފަޔަކު ކޮވިޑުޖެހިގެން އެޑްމިޑްކުރަންޔާމުން އައިޖީ އެމްއެޗް އިން އެތް ކޮޓަރި ސައްވިސް ގަޑިއިރު ނަރުހުންނާ ޑޮކްޓަރުން ބައިތިއްބާނެ ނިކަމެތި މީހާ ފެސިލިޓީގައި މަރުވަން ދޫކޮއްލާފަ
ޢެމީހުން އެހާބޮޑަށް އެކަހެރިކުރީމަ ބަލިވެސް ބޮޑުވާނެ. ކީއްވާނީ ޕީޕީއީ ލައްވާފަ ނަމަވެސް އެހީތެރިއަކު ކައިރީގައި ބެހެެެއްޓިއްޔާ. ގައިމު ތި ނަރުހުންނައްވެސް ލުއި
މި ދަރަޖައަށް ރާއްޖޭގެ ސިއްހީ ހާލަތު ވެއްޓިގެން ދާއިރު ސިއްހަތާއިބެހޭ ވުޒާރާގެ ވަޒީރު ކެރަފާ ނަސީމޫ އޮތީ ހޮރަށް ވަދެ ފިލާ. ސަރުކާރުގެ ނާޤާބިލްކަން ދިވެހި ބިމުގެ ހަތަރު ފަރާތުން ފެންނަނީ! ސަހަރޯއެވެ
ނޭވާ ހާސްވާތީ ޕޮޒިޓިވް ވެފަ ހުރިމީހަކު އެޗް ޕީ އޭ އަށް ގުޅިޔަސް ، ފަސް ގަޑިއިރު 6 ގަޑިއިރުވާ އިރުވެސް ބަލިމީހާއަށް ގުޅާނުލާ. ކެމްޕޭނަށް އެންމެން ބޮނޑިވެ، ކޮވިޑަށް ނުބަލާ ވޯޓުލެވޭގޮތް ހެދުމުގެ ނަތީޖާ މި ފެންނަނީ
ކެރަފާ ބޯބުރާންތިން ގައުމުގެ އިސްމަގާމުތަ ކައް ލީމަ ވާނެ ގޮއް މިފެންނަނީ.
ޚިދުމަތް ކިހިނެއް ރަނގަޅުވަނީ.ތަން ހަދަން ދިޔަ ޚަރަދަށްވުރެ ގިނަ ރުފިޔާ ވަގަށް ކާލާފި މި ކަރަޕްޓް ސަރުކާރުން.
ވަގުންނަށްހިވާނީ ދެންތިބޭނީ ހައްތަހާވެސް ވަގުންނޭ. އަދިވެސް ކެވުނުވަރުމަގުވެގެން ވެރިކަމަށް ދައުވާކުރަނީ، ކޮންމެރެއަކު މުޒަހަރާކުރާއިރު ކޮވިޑެއްނުފެތުރޭތަ. އާމިހާރު ޔާމިނުގެއަށް ދޫކޮށްލައިފި ދެން ރާއްޖޭގެއެއްވެސް މީހަކަށް ކޮވިޑެއް ނުޖެހޭނެ އެއީ މިބަލީގެ ބޭސްފަރުވާ.
ނާ ހަމަތެދެއްތަ! މަ ހީކުރީ ވިލާތުގައި މާ ގަދަޔަށް ބަޔަކު ރޯންތިބި ވާހަކަ ދައްކަނީ ކަމަށް.
ކުށްވެރިވެދާނެތީ އެއްޗެއްބުނާ ކަށްނެތިން . އެ ކަމަ ކުވެސްބުނެލަންބޭނުންވަނީ
ސަރު ކާރުގެ މިލިއަންޕަސެންޓު އިހުމާލުންނޭ ދިވެހިރާއްޖެ މިހާލަތަށްމިދިޔައީ !! އަންނިއަ ކީ
މިއިހުމާލުގެމުގުލުގަހުރިފަރާތް !! މިއީދެބަސްވެވެންނެތް ހަގީގަތް!!
އަލިފު ހާ
ގިނަ ބަޔަކު ފަހަކަށް އައިސް ނިޔާވަމުން ދަނީ ހުޅުމާލޭ ފެސިލިޓީންނެވެ. މީހުން ގިނަތަނަކުންދޯ ގިނަ މީހުން ދުނިޔެދޫކޮށް ދާނީވެސް.
މީހަކު ހަމަ ތިހެން ބުނޭތޯ މި ހުންނަނީ، ތީ ހަގީގަތަކީ، ފަޅު ރަށެއް ނޫން ދޯ އެއީކީ. މީހުން ތިބި ތާކުން މީހުން މަރުވާނީ ވެސް
އަހަރެމެން ރައްޔިތުންނެތް ނެތް.. އަރެމެން ރައްޔިތުން ހަލާކު ވަނީ އަދި ޤައުމެއް ވެސް ނެތް.. ހިތްދަތިކަން.. ސަރުކާރުންނާއި ވެރިން އަހަރެމެން ނިކަމެތިންނަށް އަޅާ ނުލައި.. ރަށް ތަކުގެ މީހުންތައް ހާލުގައި ޖެހިފައި... ކޮބާ ވެރިން.. އަޅެ އާދޭސް ކުރަން..
މިވަރު ވެގެންދާއިރުވެސް އިންޓަނޭޝަނަލް އެހީއަށް އެދޭކަށް ނުވޭތަ؟ ގޮތްދޫކޮށް ޗައިނާއިންވެސް އެހީ އަށް އެދެން ވެއްޖެ އެއްނު. ގައިމު ވެންޓިލޭޓަރެއް ނަމަވެސް ލިބުނިއްޔާ ރަނގަޅެއްނު. ޢިންޑިއާ ދަށުވެގެން ރައްޔިތުން ގަސްތުގައި މަރުވާން ދޫކޮށްނުލައްވާ. އާދޭސް ކުރަން.
އިންޑިޔާނޫން ބައެއްގެ އެހީއަކަށް އެދޭކަށް ނުކެރޭނެ . ެއެވެރިން ރުޅިއަތުވެދާނެތީ. އިންޑިޔާއޮތީ ބަޔަކަށް އެހީވެވޭވަރަށްވުރެން ނިކަަމެތި ހާލުގައި.
ހެޔޮނުވާނެ މިކަންތައް ސިޔާސީ ނުކޮއްބަލަ
މިކަމުގައި ރައްޔިތުން އަދި ޚަައްސަކޮށް ޒުވާން ދަރިން ސީރިއަސްވެ ތެދުވެ ޤައުމު ސަލާމަތްކުރަން ތެދުވަން ވަގުތު ޖެހިއްޖެ. ސިއްހީ ނިޒާމްފެއިލްވެ ޚިދުމަތުގައި ތިއްބެވި ސިއްހީ ބޭފުޅުން ވަރުބަލިވެ ؛ ރައްޔިތުން ރޯއަޑު މިއެވެނީ. މިބަލި ރާއްޖޭގައި ކޮންޓްރޯލްކުރެވޭނެ ނަމަވެސް ރަގަޅު ސިއްހީ ނިޒާމެއްގެ ތެރެއިން. މިސްކިތްތައް ބަންދުކުރީމަ ނިމުނީކީނޫން ގައި ދުރުކޮށް ޖަމަައަތުގަ ނަމާދުކޮށް ބޮޑް ތަކުބީރުކިޔާ ދުއާކުރަންވީ. ބަންގީގައި ގޮވަނީ ފަލާހާއި ކާމިޔާބީއަށް..
ރައްޔިތުންނާ ދޭތެރޭ އަޅާލާނެބަޔަކުނެތިއްޔާ ތިބިބަޔަކާހަވާލުކޮއްފަ ދާންވެއްޖެ ނުން
މިއަދުމީ އެމްޑީޕީ އިދިކޮޅުގައިއޮތްނަމަސަރުކާރަށްޖެއްސުން ކުރުމަށްޓަކައި ހޯބޯލަވަންތިބޭނީމަގުމަތީގައެވެ. ވިސްނާލައްވާ! އިންފުލުއިންޒާ މިރާއްޖޭގައޮތްދުވަސްވަރު! އޭރުތޯމިހާރުތޯ ބަލިމީހުނާއި ނިޔާވިމީހުންގިނައީ ނަމަވެސް ނަމަވެސް !އަތްފައިދޮވެގެން ގޭގަތިބޭތާދެއަހަރުވާންދާއިވެސް ސަރުކާރުގެ ވިސްނުންހުރީ ވަކިމަގުސަދެއްހާސިލުކުރުމާމެދުގައެވެ. ކިތަންމެބުނަންބޭނުންނުވިކަމަށްވިޔަސް ރައިއްޔަތުންގެސަލާމަތާ ރައްކާތެރިކަމަށްޓަކައި ވަކްތުންވަކްތަށްއިސްތިއުފާދެއްވާށެވެ. ވެރިކަންކުރެވޭނީވެސް ރައިއްޔަތުންސަލާމަތުންތިބެގެންނެވެ. ރައިއްޔަތުންނަށްޓަކާ ބޮޑުމުސާރަދީފަތިޔަގެންގުޅޭ ފަރަންޖީންތައް ފޮނުވާލާފަ އެފައިސް( ދިރުވާނުލާ) މިބަލިމަޑު ކަމަށް ޚަރަދުކޮށްދެއްވާށެވެ. ޑޮކްޓަރުންނާނަރުހުން ވަރުބަލިވެ ގޮތްހުސްވަމުންދާއިރުވެސް އެމީހުންގެއަޑުއަހާނެވެރިޔަކުނެތީތޯ؟؟؟؟؟؟
އޭ ބަލަ ސޯލިހާ ކަލޭ ވެރިކަންކުރަން އަރާހުރި ރައްޔެތުން ރޯއަޑަު އަދުނީވެނީތާ؟ ކޮބައިތަ ކަލޭ ގެ ކަރުނަތައް އަދު؟ ދެއްކުންތެރިޔާ ހާދަ ކަރުނަ އެޅިޔޭ ފުރަތަމަ ދިވެހި ރާއްޖެއިން ކޮވިޑް ފެނުނު ދުވަހު. ކިބޫ ކަރުނަ (މި ނިސްބަތް ކުރަނީ އިގިރޭސިބަހުން ކިޔާ “ކްރޮކަޑައިލް ޓިއަރސް އައް) (ޕަންޗް އިންޓެންޑަޑް!)
ތަނެއް ދޮރެއް ނޭނގޭ މީހަ ކަށް ހެލްތް މިނިސްޓަރ ކަން ދިނީމާ ވާނެ ހައެތި މިވަނީ.
ސިފައިންނާ ފުލުހު ން އެހީވެ ބަލަ. ހެޔޮ ނުވާމެ. މިކަމުގައި އެހީވާ މީހާއަކީ ؛ޑޮކްޓަރ އަށްނޫނީ ނަރުހަކަށް ވާކަށް ނުޖެހޭ
އިބްރާހީމް އިސްތިއުފާ ދީ.
ކެރަފާ ނަސީމްވެސް އިސްތިއުފާ ދީ.
ރައްޔިތުންނަށް މިހާވަރުވެގެން ދާއިރު ކަހަރިވަކެއްވެސް ހިތަށް ނާރާ ވެރިން ބޭނުމެއްނޫން. ޔާﷲ އަވަސް ގޮތަކުން މިބައިމީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި އާމީން
ހެޔޮނުވާނެ އެއްވެސް ބޭފުޅަކު ބަލިމހުން ކޮވިޑް ފެސިލިޓިއަށް ނުފޮނުއްވަވާ. ގަވާއިދުން ގޭގައި ފަރުވާ ދެއްވާ. ފެސިލިޓީއަށް ފޮނުވުމުން ކާކަށް ނުދެވޭ ނެ. ފަރު ވާއެއް ނުދެވޭ ނެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ބަންދު ކުރަން ޖެހޭ. މީހުން މަރުވުމަށް ދޫ ކޮށްލާއިގެން ތިބެނީ.ފުރިހަމަތަހުގީގެއް ހިންގާ އަވަސްފިޔަވަޅުއެޅުމަށް ސިފައިންގެފަރާތުން އާދޭހާއެ ކު އެދެން.ގައުމެއްނެތް.
ސަރުކާރު ނޫނީ އެޗްޕީއޭ ގެ ފަރުވާކުޑަ ވާހަކަ ނުދައްކާ... އަމިއްލަޔައް ދާންބޭނުން ވެގެން އެތަނައްދަނީ.. މިއޮއްބުނަނީ އެހެންހަދާ މީހެންހަދާ.. ފެށުނީއްސުރެން ކިޔަނީ ތިމާގެރައްކާތެރިކަން އަޑުއިވުން އެކަކައްވެސް ޖޯކަކައްހެދީ އަދިވެސް އެއްބަޔަކު ބުނަނީ ބަލި ނެތޭ ރާއްޖޭގައި... ސަރުކާރު ބޮލައް ޖަހާފަ އެޗްޕީއޭ ބޮލައްޖަހައިގެން އަދިވެސް.. ފުލުހުން ފައިން ކުރީމަ ގޯސްމިވަނީ ފުލުހުން އެމީހުން ގެ އާއިލާ ނުރައްކަލައް ވައްޓައިގެން އެތައްބަޔަކު އެކަހެރިވެގެން އާދެސް ކުރެވިފަ އޮތީ... ދެން ވެއްޖެނުން ދެން ފަރުދީ ގޮތުން ކަމެއްކުރަން ވެއްޖެ ނުންތަ... މަސްކް އަޅައި ދުރުމުން ބަހަޓައި ސާފުތާހިރު ވެ އަމިއްލަ ސަލާމަތް ހޯދަން ވެއްޖެ މިހާރު.. 1 އަހަރު ކުރިން ބުނި ދޯ ނުބެލޭނެ ކަމަ މީހުން ގިނަވެޖެޔާ... ވޭކްއަޕް ހޭލާބަލަ އަމިއްލަ ފަރުދީ ޒިންމާ އިސްކޮށްބަލަ...
ވަރަށް އަސަރުކުރުވަނިވި ވާހަކައެއް. އަމިއްލަ ހާލާއިގެން އުޅެންގެއަށްބަދަލުކޮށްދޭން އެދި އާދޭސްކޮށްގެންވެސް ފޮނުވާނުދީ ދިހަބާރަގަޑިއިރު ގޮނޑިއެއްގައިށީދެގެން ތިބެންއެބަޖެހޭ. މިހިރަވާހަކަތަކެއް ނޫސްތަކަކުންނުފެއްނާނެ. ހުރިހާނޫސްތަކެއްވެސް ވަނީ މިހާރު ސަރުކާރު ދަށުގައިފުޑިފައި. ނޫސްތަކުގެ ފަލަސުރުޚީއަށް މިހާރު އަރަނީ އައްނީކަލޯގެވާހަކަޔާ އެމްއެމްޕީއާރ ސީގެ ވާހަކަތައް.
އިންސާނިއްޔަތުގެ އެއްވެސް ކުލެނެއް ސަރުކާރުގަ އެބަހުރިބާ. ހުޅުމާލޭ ފެސިލިޓީގެ އިންތިޒާމްތައް އެތަނަށް ގޮސް ވެރިން ބަލާބާ؟ ސަރުކާރު ބޮޑުންގެ އާއިލާ އެއްވެސް މީހަކު އެފިސިލީ ތަޖްރިބާ ކުރިބާ. މަހުލޫފު މަންމަ ވެސް ދާދިއިހަށް ދުވަހު ކޮވިޑަށް ޕޮސިޓިވްވުމުން ޚިދުމަތް ލިބިގަތީ ދަރުމަވަންތަ ހޮސްޕިޓަލުން. ދަރުމަވަންތަ ހޮސްޕިޓަލުގެ ފުުރިހަމަ އަދި ރަގަޅު ޚިދުމަތް ކިތަންމެހާވެސް ރަގަޅަކަށް އޭނަ ތަޖްރިބާ ކޮށްފި. އޭނަވެސް ހުޅުމާލެ ފެސިލިޓީން ހިދުމަތް ހޯދިނަމަ އެގުނީހީ އެތަނުގަ އެޑްމިޓްކުރާމީހުން އުޅޭ ނިކަމެތި ހާލު.
ގިނަޜައްޔިތުންވެސް ސިޔާސީވެ ނިދާފަ. ... ހިތާމަހުރި
ހުޅުމާލެ ފެސިލިޓީ މިހާރު ވަނީ މަރުޚާނާ އަކަށް ބަދަލު ކުރައްވާފައެވެ.
ބައެއް މީހުންކާރި އަހާލީމަ ބުނަނީ މިގައުމުގަ ވެރިޔަކު އެބަހުރިހޭ ތިމަންނަމެން ހީކުރަނީ މިގައުމުގަ ވެރިޔަކު ނެތީ ކަމަށޭ. ވެރިޔަކު ހުރިނަމަ ގައުމު ހަލާކުވެ ދާއިރު މިކަމަށް ކޮންމެވެސް ފިޔަޅު ތަކެއް އަޅާނެތާއޭ.
ތި އަޑު އިއްވަން ވީ ސަރުކާރު ހިންގަން ތިބި މީހުންނަށް. ތިއީ ސީދާ އެމީހުންގެ އިހުމާލުން ތި ތަނަށް ދާން ޖެހުނު މީހުން. އިންޑިއާ އިން ހުރިހާ ވޭރިއަންޓްތައް އެތެރެވީމަ ފިޔަވަޅު އަަޅަން އެގުނީ.
ހުރިހާވެސް މައްސަލައަކީ ސިޓުވޭށަން މެނޭޖް ކުރަން ނޭންގުން ! ޑޮކްޓަރުން ' ނަރުހުން ނޫންނަސް ބަލިމީހުނަށް އަޅާލެވިދާނެ ދިވެހި ސިވިލް ސާވިސް ގައި މަސައްކަތް ކުރާ އެތައްބައެއް ގޭގައި ބައިތިއްބައިގެން މުސާރަދޭއިރު އޭގެ ތެރެއިން ބަޔަކު ނެރޭނަމަވެސް އެ ބަލި މީހުނަށް އަޅާލާނެ ބަޔަކު އެފެސިލިޓީސްގައި ތިބީސް މީކީ ރޮކެޓް ސައިންސެއްނޫން މިވަރު ކަމެއްވެސް މި ސަރުކާރަށް ކޮށްލަން ހަމަނެންގެނީބާ..
ޔާ ﷲ މި ޤައުމާ މިޤައުމުގެ ރައްޔަތުން މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވާ ބަލީގައި އުޅެ އެންމެނަށް އަވަސް ޝީފާ އެއް މިންވަރު ކޮށްދެއްވާށި އާމީން،
އަމިއްލަ ބާރެއް ނެތް ވެރިން ތަންތާގަ ތިބީމަ ވާގޮތް. މިބުނީ މިހާރުގެ ރައީސް އިބޫގެ ވާހަކަ އިބޫ ކޮންޓްރޯލް ކުރަނީ ޕާޓީތެރެއިން 10 ވަރަކަށް މީހުންވެގެން. ހަވަރު ތިނަދޫ އެހާލަތަށް ދާންޖެހުނީ ހަވަރު ތިނަދޫ ކުރީގެ ބިގަރު ކައުންސިލްގެ ރައީސް އާއިހެދި. އޭނާ ކޮންޓްރޯލް ކުރަނީ ހަވަރު ތިނަދޫ ނަން މަޝްހޫރު ދެތިން ވިޔަފާރިވެރިއެއް.
ސޯލިހަކައް ކަންކުރާކައްނޭނގެނީ އެހެންނޫނަސް އެއްޗެއްނޭނގޭ މީހަކު ތަނެއްގެ ވެރިޔަކައް ލިމާވަަނެ ހަކަންތައް މިވަނީ، މިސާލަކައް ޓިޗަރުކަން ނުކިޔަވާ ދަރިވަރުންނައް ކިޔަވާދޭނެގޮތެއް ބުނެދީބަލަ،
މިއީ، ﷲގެ ރަޙްމަތްފުޅުން ނުލާހިކު ބޮޑަށް ކޮވިޑް ކޮންޓްރޯލް ވެފައި އޮއްވައި، ބަޔަކު ހުއްޓާނުލާ އުފައްދަމުންދިޔަ ފިޠުނައިގެ ނަތީޖާ އެވެ. ކުރީގައި ގޮވަމުންދިޔައީ ކޮވިޑް ފެތުރެނީ ރ. ޔާމީން ޖަލަށް ލެއްވީމައޭ އެވެ. އެހެންވިއްޔާ މިހާރު ކޮވިޑް ކޮންޓްރޯލް ނުވެ މައްޗަށް މިދަނީ، އެމަނިކުފާނު ގޭގައި ހުންނަވާތީ ކަންނޭނގެ އެވެ.
އެކަކު އަނެކަކަށް ވީހާ ހުތުރުއެއްޗެތި ގޮވުމުންވާ ފައިދާއެއް އެބައޮތްތޯ؟ މިޙާލަތުގަ އެންމެން އެކައްޗަށްވެ މި ނުރައްކަލުން އަރައިގަނެވޭތޯބެލުން މާމުހިއްމު ނޫންތޯ؟ ރައްޔިތުން ރަނގަޅުވެގެން ރަނގަޅު ވެރިންވެ ސްލިބޭނީ ފުރަތަމަ ﷲއަށް ބިރުވެތިވެ ތައުބާވަމާ! މިކޮމަންޓް ޖަހާނެބާ ވަގުތުގަ
ހިތާމާކުރަން ރާއްޖެއިން މިކަން މިގޮތައްދާތީ ބޭރުން މީހުން ގެނަސްސިގެން ނަމަވެސް މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ ބަލިޙާލްގަ ތިއްބަވާ މީހުނނަށް އެހިވެވޭނެގޮތެއް ހައްދަވާ ދެއްވުމަށް ސަރުކާރަށް ގޮވާލަން މިހެންހަދާކަށް ނުވާނެ . މިމީހުންގެ އާދޭސްތައްވެސް އަޑުއައްސަވާ
ސަރުކާރު އޮތީ ކޯވިޑް 19 ޖެހިގެން ވެންޓިލޭޓަރު ގުޅާފަ ހުރިހާ ބޭފުޅުންވެސް ރުޅިމަނޑު ކުރަށްވާ 2023 ގަ މިކަން އިސްލާހު ކުރާނީ..
1976 ކޮލެރާ ސިފައިން ގެ ވެރިން ތިބީ ހިންގަން
1984 ސިގެއްލާ ސިފައިންާ ގެ ވެރިން ތިބީ ހިންގަން
1987 ބޮޑު ވިއްސާރަ ހަމަ ސިފައިންގެ ވެރިން
2004 ސުނާމީ ހަމަ ސިފައިންާނާއި ފުލުހުން ގެ ވެރިން
2014 ފެނުގެ ކާރިސާ ހަމަ ޑިފެންސް މިނިސްޓަރ ނާޒިމް އަދި ހޯމް މިނިސްޓަރ އުމަރު
2020 ކޮވިޑް 19 ސިފައިންނަށް މުގޫ ނުދީ އެކަކު އަތުން އަނެކަކު އަތުން މުޅި ގައުމުގެ ސިޔާސަތު ރާވަން ލަފާދޭން ހުރީ 30 އަހަރު ނުވާ ސައުނާ އެއް އަދި މަބުރޫކެއް އަދި އެވަރުން ނުވެގެން ޓޫރިޒަމް ގައި އުޅޭ ސުމިތު ، ތޮއްޔިބު ޝަހީމު ކީއްކުރަނީ އަދި ވެސް ހޭ އަރާ ސިފައިންާނާއި ފުލުހުންގެ ވެރިންނަށް ލަގަން ދީބަަލަ ރިޓަޔަރ ސޯލްޖަރުން ނާއި ފުލުހުން ގެ ތެރެއިން ވަކިވި ތަޖުރިިބާ ހުރި މީހުންނާ ރައިސް ބައްދަލު ކޮށް އެހީ އަށް އެދި ބަލަ
މީ ތެދެއް ހަމަ .. ސަރުކާރައް އެނގޭ މިކަން . މުސްކުޅި މީހުން އެހީތެރިޔެއް ނުވައްދާ އެކަނިމާ އެކަނިމާ އެކަނި އެފަދަ ބަލިޙާލުގަ ބާއްވަން ހެޔޮނުވާނެ. ތިން އިރަށް ކާން ގެންނަ ކާތަކެއްޗާ ގެއިން ފޮނުވާ ތަކެތި އެނދުކައިރީގަ ހުނަނީ. އެމީހުން ރޯއަޑާ ބާރު ނޭވާތަކުގެ އަޑުނޫން އަޑެއް ނުއިވޭ އެތަނަކުން. މަށަކީ އެތާ 8 ދުވަހު އޮއެފަ ފޮނުވާލިި މީހެއް.. ހިތަށް ކުރާ އަސަރުން ކާން އުޅުނަސް ނުދިރޭ .. މީހަކު އެމީހުން ކަރިޔައް މާދޭ 6 ގަޑީީ 8 ގަޑީ އިރު ވައިރު .
ސަރުކަރުން އަންގަނި ގޭގަ ތިބެން ސަރުކާރަކަށް ކުޅިވަރު ކުޅުމެއްވެސް ނުހުއްޓުވޭ ދެންގޭގަ ތިބޭނެތަ
އިންޑީއާ ދުނިޔޭގަ އެންމެބޮޑު ވަރުވަމުން އަންނައެއްގައުމު އެތަނުން ކުޅިވަރު ކުޅެލަން މީހުން ގެނެސް މަލެ ތެރެއަށް ދޫކޮއްލާފަ ތިބީ މީ ބޮޑު ވަރުދޯ
ހުރިހާ ކަމެއް ވެސް ވާނެ ، ބަންދު ކޮއްފަ ހުންނަ ތަނަކައް ގެންގޮސް ލީމަ ، ބަލަ ތިޔަނޫން ގޮތެއް އޮންނާނެ ހުޅުމާލޭ ގަ އޯޕަންކޮއް ތަނެއް ހަދާ ފަ މިނިވަން ކަންމަތީ މީހުން ބައިތިއްބަ ބަލަ ، ވާނުވާ ނޭނގޭ ކުފޫހަމަނުވާމީހުން ވެރިކަމައް ލީމަ ވާނީ ތިޔަ ހެން
ކަލޭމެން ދެންވެސް ﷲ އަށް ބިރުވެތިވެ ބަލަ ދޫހިމޭނުން ލައިގެން ތިބެ ދުޢާކޮށް ބަލަ އެބަލިމީހުންނަށް އަވަސް ޝިފާއަކަށް އެދި