ލ.ހިތަދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހިތަދޫ ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުހައްމަދު ޝިޔާޒް "ވަގުތު"އަށް ވިދާޅުވީ ފައްސިވެފައި ވަނީ އިއްޔެ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްްކި އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށެެވެެ. މިކަމާ ގުޅިގެން މިހާތަނަށް 17 ގެއެއް އަދި ހަތަރު މަސްއޮޑިއެެއް ކަރަންޓީނު ކުރެވިފައިވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

"ޕޮޒިޓިވްވި މީހާއަކީ އިއްޔެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހެއް. ނެގި ސާމްޕަލް ޕޮޒިޓިވްވި ކަން އެނގިފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު" ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ ޒަަރޫރީ ބޭނުމަކަށް ފިޔަވާ އެހެން ކަަމަކު ގެއިން ބޭރަށް ނުނިކުތުމަށާއި، އަދި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަލުތައް އެޅުމަށް ރައްޔިތުންނަށް ރަށުގެ ކަމާބެެހޭ އިދާރަތަަކުން އިލްތިމާސްކުރަމުން އަންނަ ކަމަށެވެ. އަދި ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްސިވެފައި ވަނީ ހިތަދޫ އާއި އެއަތޮޅު ކުނަހަންދޫއާ ދެމެދުގައި އޮންނަ ފަޅުރަށެއް ކަމަށްވާ މެންދޫގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އެ ރަށުގައި ތިން ބިދޭސީންގެެ އިތުރުން މަސައްކަތް ކުރަމުން އަންނަނީ ހިތަދޫ މީހުންނެވެ. މިހާރު އެރަށުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުން ދިރިއުޅެމުން އަންނަަ ގެތައްވެސް ވަނީ ކަރަންޓީނުކޮށްފައެވެެ.

ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަމްއޫން "ވަގުތު" އަަށް ވިދާޅުވީ، އެރަށުގައި ތިބި ފަރާތްތަކަށް އެރަށުން ބޭރުނުވުމަށް އަދި ރަށުން އެއްވެސް މީހަކު އެެރަަށަށް ނޭރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އިން އަދި ހިތަދޫ މޮނިޓަރިންގެ ހާލަތައް ގެނައިކަން ރަސްމީކޮށް ނާންގައެވެ.

މިހާތަނަށް މިކަަމަށް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި، އިދާރާތަކުގެ ހުރިހާ އެންގުންތަކަކަށް ރައްޔިތުން ބޯލަނބަމުން އަންނަ ކަމަށް ޝަމްއޫން ވިިދާޅުވިއެވެ.

"އަދި ރައްޔިތުންގެ ފަރާތުން މިކަމަށް އަންނަނީ ވަރަށް ފުރިހަަމަައަށް އެއްބާރުލުން ލިބެމުން. އަޅުގަނޑުމެން އުންމީދުކުރަނީ މި ބަލިން އަރައިގަނެވެންދެއް ރައްޔިތުން އެގޮތުގައި ތިބޭނެ ކަމަށް" ޝަމްއޫން ވިދާޅުވިއެވެެެ.

ލ.އަތޮޅުގެ ގިނަ ރަށްތަކަކުން މިހާރު ވަނީ ކޮވިޑް ފެނިފައެވެ. އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ގަމުގައި ވެސް އަންނަނީ ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ހިތާމަ ހުރި ނޫސް ހުޅުވާލާ އިރަށް މިފެންނަނީ އަސަރުން ފުރިގެންވާ ހިއްދަތި ސުރުހީތަކެއް. މިރަށުން މިތައްމީހުން އެރަށުން އެތައްމީހުން 'ޖުމުޖަ އެތައްމަރު 'އިޙުމާލް ވަނީ ފަރުވާނުދެވޭ މިކަހަލަގެ ސުރުހީތައް. މިޤަުމަކީވެސް ދައުލަތެއްގެ މައްޗަށް އޮތް ޤައުމެއް ދެއްތޯ؟ ކޮންމެވެސް ވަރަކަށް ޒިމްމާދާރު ވާން ވެއްޖެ ދެއްތޯ؟ ރައްޔަތުން ބޮލަށް ކަންޑާލުމުގެ ބަދަލުގަ؟ ހިތާމަ ހުރި.