ފިރިހެނަކު ނުވަތަ އަންހެނެއްވިޔަސް ނިކަމެތި ކޮށްލުމުގެ ގޮތުން ނުވަތަ ބޭއިންސާފު ވިސްނުމެއްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެއްޗެއް ވިދާޅުނުވާނެ ކަމަށް އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

ނަހުލާ އެހެން ވިދާޅުވީ، އަންހެނުންނާ ގުޅޭ ގޮތުން ގާސިމް ދެއްކި ވާހަކައަކާ ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަހުލާ ވިދާޅުވީ، ގާސިމް އަކީ އަމިއްލަ ހަޔާތުގައި ވަރަށް ގިނަ ކަންތައް ތަޖުރިބާ ކުރާއްވާފައިވާ ބޭފުޅެއް ކަމަށެވެ. ތަފާތު އެތައް ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ގާސިމް އެއްވެސް ކަމެއްގައި އެއްޗެއް ވިދާޅުވާނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކު ކަމަށް ވިދާޅުވިއެވެ.

"ތި ވިދާޅުވި ކަންތަކާއި ބެހޭ ގޮތުން ގާސިމް އެއްޗެއް ވިދާޅުވަނީ ހިކުމަތްތެރިކަމާއި އެކު. އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ނިކަމެތި ކޮށްލުމުގެ ގޮތުން ނުވަތަ ބޭއިންސާފުން ވިސްނުމެއްގައި ގާސިމް އެއްޗެއް ވިދާޅެއް ނުވާނެ" ނަހުލާ ވިދާޅުވިއެވެ.

ގާސިމްގެ އެ ވާހަކަތައް އައިސްފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްސަލައާ ގުޅިގެންނެވެ. އެކަމުގައި ސީދާ އެއްޗެއް ނުދެންނެވިޔަސް ނަހުލާ ވިދާޅުވީ "އަންހެނަކަށްވުމަކީ އަނިޔާ ލިބެންޖެހޭ ސަބަބެއް ނޫން" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެކަމަކު އެފަދަ ހުރިހާ މައްސަލަތައް ސީރިއަސްކަމާއި އެކު ވަކި ފަރާތަކަށް ބުރަނުވެ، ފިޔަވަޅު އެޅެން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވެ އޭނާ ހައްޔަރުކުރަން ގޮވާލަމުން ދަނިކޮށް، އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދޭން ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓު އަމުރު ނެރެ ނުދިނެވެ. ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން އީސަ ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނޫ ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އީސާއަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވީ ނަމަވެސް އެންމެ މީހެއްގެ ބަހަށް އީސަ ހައްޔަރު ކޮށްގެން މައްސަލަ ތަހުގީގު ގެންދިއުން ރަނގަޅު ނޫން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    ނަހުލާ ނޫނަސް ގާސިމު ދަންނަ ބޭފުޅުން ނަހުލާ އެބުނި ބަހަށް ތާއީދު ކުރައްވާނެ. ފަހަރެއްގައި ގާސިމް ވިދާޅުވެވެނީ ބަ ސްވިދާޅު ވާންޖެހޭ ފުރިހަމަ އެކްސެންޓްގައި ނޫން ކަމަށް ވެދާނެ. އަދި އޭގެ އިތުރުން ގިނަ މީހުން ތިބޭނީ ގާސިމް އާއި ބެހޭ ވާހަކައެއް އަޑުއިވޭ އިރަށް. ނޫނީ އެފަދަ ޚަބަރެއް ކިޔާއިރުުވެސް އިގްނޯ ބޯޑު އަޅުވައިގެން، ވީމާ ވާގޮތް މިއީ! ހަގީގަތަކީ މިއީ.

    19
    37
    • އިންސާފު

      ކީއްވެ ބައެއް އިންސާނުން ދޮގުހަދާނެއޭ ނުބުނީ...ހަމަ އަންހެނުން ދޮގުހަދައޭ ފުރަތަމަވެސް ބުނީ...ދޭހަވޭ ބުނި އެއްޗެއް ވަރަށް ސާފުކޮށް...އަސްރާ އަށް އިނގިލި ދިގުނުކޮށް އީސަ އަނިޔާ ނުކުރާ ކަމުގެ ހެއްކެއް ދެއްކުން ބުއްދިވެރި.. އަނިޔާ ލިބޭމީހުން އެވާހަކަ ނުދައްކަނީ އަނިޔާ ކުރާ މީހާއަށް ދެވޭ ތަރުހީބު ފެނި މާޔޫސްވާތީ..އަނިޔާ ލިބޭ މީހާއަށް އިތުރަށް އަނިޔާ ކުރުން ހުއްޓާލަމާ...

      23
      1
  2. ނަމަ

    ހާދަ ހީވެއޭ ލޮސް ހުދޯލި އަށް އަރުވަނީހެން

    48
    6
    • އަރްވާބިންތިހާބް

      ނޫނެކޭ ނަހޫ އައްސުވެސް އެހާ ރީތީއޭ

      5
      10
  3. މާމިގިލީ މީހާ

    ކަލޭގެ ބުރުމާ ބާގީ، ރައީސް ނަސީދުގެ ވެރިކަން ވައްޓާލަށް، ﷲއަކުބަރު ކިޔާ ސިފައިގޭ ތެރޭ، އައުވާނުން ގަޔޭ ބެއްދިތަން. އެންމެންނައް ލައިވްކޮއް ފެނުނު. މިހާރު ކަލޭގެ ބުރުމާ، ކޮވިޑް ބައްޔާ ފިލާ، ސަންއައިލެންޑްގަ ހުރި ބިންގަރާއަށް އެރި އެއޮތީ. ބޮޑު ބާގީ ބުރުމާ.

    22
    5
    • ލަަމު

      ސިފައިންގެތެރޭގައޭ. ބުރުމާ ވަންނަ ތަނެއް ނޫން އެއީ.

  4. ޙަމްދާނު

    ޥަގު ލައިސެންސް

    14
  5. ޢަޒު

    ނަހުލާ އެބުނިގޮތަށް ގާސިމް ކަންތަށް ކުރައްވާނަމަ އަދި ކުރެއްވި ނަމަ މިއަދު މިދެކޭ މާޔޫސްކަމާއި ހިއްދަތިކަން މިގައުމުގެ އެއްވެސް ރައްޔިތަކު ތަޙައްމަލް ނުކުރާނެ އެއްހޮރަކުން ދެވަނަފަހަރަށް ކަށި ޖެހީ އަމިއްލަ އެދުން ބޮޑުކަމާއި އިސްލާމް ދީނާއި ދިބެހިރައްޔިތުންދެކެ އޮތް ލޯބި ބޮޑުކަމުންތޯ؟ލާދީނިއްޔަތަށް ބަހެއް ބުނަން ނުކެރެނީ އިސްލާމްދީން ދެކެ ލޯބި ވާތީތޯ؟

    23
    1
  6. Anonymous

    މުއަޒަފުން ނިކަމެތިވުމަކީ ގާސިމުގެ ކޮންއެޗެއްބާ

    29
    1
  7. ގާދިރު

    އަންހެނަކު ތެދެއް ނުހަދާނެ

    12
    10
  8. މަސްއޫދު

    ކަލޭ ހީކުރީ ސިފަރީތީމައި ވަޒީރުކަން ކުރެވިދާކަމަށްތޯ! ތިއީ މިސަރުކާރުގައިހުރި އެންމެ ނުކުޅެދޭ ވަޒީރު! ރިސޯޓުތަކަށް ނަށަންދޭ! އަންހެނުންނަށް ވަޒީރުކަން ހޯދައިދީގެން ގާސިމު ރައްޔިތުން ހަނާކުރަނީ މގައުގެ ހަލާކަކީ ގާސިމު

    11
    1
  9. ކީކޭ

    ތިޔަ ބުނަނީ އެއީ ހަމަތެދައްހުރި އަލިފްއެކޭތަ!

  10. ކޮރަލް

    ސިޔާސީ ބޮޑުން ގުޅޭނީ ސިޔާސީ ބޮޑުންނާ އެވެ. އެމީހުންނަށް ނިކަމެތީންގެ ހާލެއް ނުވިސް ނޭނެ އެވެ.

  11. މަކިޓާ

    އެހެންވެ 4 މަސްވާއިރުވެސް މުސާރަ ނުލިބިފަ ތިބެންޖެހެނީ. އަދި ސާވިސް ޗާޖުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.

  12. ހައްގު

    ކަމަނާ ގާސިމް ކައިރިން ވަރިވާންވެގެން ކޯޓަށްގޮސް ދީފައިވާ ބަޔާނެއްކަމަށްބުނެ ޝޯޝަލް މީޑިޔާގައި ލީކުވި ބަޔާނުގައި ގާސިމްއާއިބެހޭގޮތުން ހުރީކީ އަޑުއަހާލަންމާ ހިތްގައިމު ވާހަކަތަކެއްނޫން. ލާރި ހުރިހާވެސް އެއްޗަކީ

  13. އިންސާފު

    ގާސިމަށް އަންހެނުން ތަޖުރިބާ ކުރެވިފައިވަނީ ތެދުވެރި ނުވާނެ ބައެއްގެ ގޮތުގައި އެކަމަކު އަހަރެންގެ ފިރިމީހާ ބުނަނީ އަންހެނުންނަކީ ވަރަށް ތެދުވެރިބައެއްކަމުގައި އެމީހުން ފުލުހުންނާ ހަމައަށް ދަނީ ވަރަށްވަރުވީމައޭ

    1
    1
  14. އަންނި

    ނަހޫއައް މިހިތް އަބަދުވެސް.

  15. ރާނީ

    ސްޓަ ރފުން ނިކަމެތިކުރުމެއްނޫންތޯ އަދިވެސް ހަމަމުސާ ރަ ނުދީ މަސައްކަތް ކު ރުވުން އެއީ . ކިތައް ގަޑީއި ރުތޯ މަސައްކަތް ކު ރަނީ؟؟