އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ހުރިހާ ވިޔަފާރިތައް ސަރުކާރަށް ނަގަން ޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ އެމްއެމްޕީއާރުސީ ފަދަ ހިޔާނާތުގެ މައްސަލަތަކުގައި ވިޔަފާރިތައް ހިމެނުމަކީ ވަރަށް ލަދުވެތިކަމެއް ކަމަށެވެ. ދައުލަތުން ވިޔަފާރިތަކަށް ލިބެން ޖެހޭ އެތައް ފައިސާ އެއް ނުލިބިގެން ކޯޓަށް ދާން ޖެހޭ އެތައް ވިޔަފާރިވެރިންނެއް ތިބި އިރު ދައުލަތަށް ބޮޑެތި ގެއްލުންވާގޮތަށް ހިންގާފައިވާ ހިޔާނާތުން ފައިދާ ލިބުނު ވިޔަފާރިތައް މިނިވަންކަމާއެކު ހިންގަން ފުރުސަތު ލިބުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމްއެމްޕީއާރުސީގެ ފައިދާ ލިބުނު ވިޔަފާރިވެރިންގެ ވިޔަފާރިތައް ނެގުމަށް ފަހު ސަރުކާރަށް ލިބުނު ގެއްލުން އިއާދަކޮށް، ސަރުކާރަށް ލިބެން ހުރި ފައިސާ ހޯދައިފި ނަމަ ގައުމު ދަރަނިވެރިވެފައި އޮތް މިންވަރުވެސް ކުޑަ ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

" މިހާރު އެމްއެމްޕީއާރުސީގެ ވައްކަމުން ފައިދާ ލިބުނު ސިޔާސީ ޕާޓީތަކާއި ވިޔަފާރިތައް ވެސް އެބަ އެނގޭ. އެހާ އިންޓެލިޖެންޓް މީހުންނަށް އެކަހަލަ ކަންކަން ނޭނގި ހުރެގެން ނުވާނެ. ފައިސާ އަކީ ކިހިނެއް އައި ފައިސާ އެއްކަން. އެހެންވީމަ އެ ވިޔަފާރިތައް ނަގަންވީ ނޫންތޯ؟ ނަގައިގެން ލިބުނު ގެއްލުން ފޫބައްދަންވީ. އެކަހަލަ ހިޔާނާތުގައި ބައިވެރިވާ މީހުންނަށް މާ ހެޔޮވާންވީ ސަބަބެއް ނެތް. މިކަހަލަ ކަމެއްގައި ދެން ވެސް ނުޖެހޭނީ އޭރުން ނޫންތޯ؟" ޖާބިރު ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ނުހިމެނެނީ ހަމައެކަނި ޑީއާރުޕީ ކަމަށް މީގެ ކުރިން ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ލިސްޓު އެސްޓް ރީކަވަރީ ކޮމިޝަނުން މަޖިލީހާއި ހިއްސާކުރި ގޮތަށް ވަނީ އާންމުކޮށްފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށްޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލޮ ލީ

    އެ ލާރި ބޭނުން ކޮށްގެން އަޅާ ގެ އަށް ނެގޭނެ ތަ؟

    4
    3
  2. ޢިއްތިހާދު

    ޖާބެ ރިއާސީކިތައްވައުދުވީ ސާލިހްއައް ކުރެވުނީކޮންކަމެއް؟؟ ޖާބިރު ކިތައްވައުދުވި އިންތިހާބުގަ އެފުއްދިނަމަ މިކޮވިޑް ފަރުވާ ކުރަންވެސް ރައްޔިތުންދާނެ ކޭބަލް ކާރުގެ އަޅަންބުނި ހޮސްިޕޓަލައް ޑރ ދައްކަން ނިދާފައޮށް ދައުލަތެއްކަންއެގިހުރެ ތިގޮވަނީ މަހައްދާން މިކޮވިޑް ބަންދުތެރޭ ހިނިއައްނަނީ

    6
    1
  3. މަގޭޒިންމާ

    ރާަބުއިމަކީ ޤާނޫނާ ޚިލާފް ކަމެއް. ރާ ބޯ މެމްބަރުން މަޖްލިހުން ވަކިކުރަންޖެހޭ.

    13
    • ކޮވިޑް

      ކަލޭގެ ޒިމްމާގެ ދަށުން އަޅެ ވަކި ކޮށްބަލަ އޭރަށް ހީވޭ އެމް.ޑީ ޕި މެމްބަރަކު ނުހުނާނޭ،

  4. މަސްކޮޅު

    މީޙާޜޫ ހިޔާނާތުގެ ލިސްޓުގައި ސޭޑީކެބިން ރާއްޕެގެ ނަމެއް ނެތް/ އެންމެ ގިނައިން ލިބުނީ އޭނަޔައް

  5. ނޫމާ

    ޚިޔާނަތްތެރިވީ ރަށްޔިތުންގެފައިސާއަށް ވީމާ،ރަށްޔިތުންނަށް އެފައިސާލިބެންޖެހޭނެ އެފަދަފައިސާއެއް
    ބޭނުންކޮށްގެން ކުރާވިޔަފާރިއެއްގެމަންފާއެއީ ރަށްޔިތުންގެހައްގެއް ވީމާ، ފައިސާލިބުނު ވިޔަފާރިތައް
    ސަރުކަރަށްއަވަހަށްނަންގަވާ، އަދި ޚިޔާނަތްތެރިފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާ އަދަބުދެއްވާ މިކަން
    އިންސާފުވެރިކޮށް ނުގެންދަވާނަމަ ބެލެވެނީ އެފަރާތަކަކީ ގާނޫނާ ގަވާއިދަށްވުރެވެސް މަތީގައިވާ
    ފަރާތްތަކެއްކަމަށް ބައްލަވާކަމަށް ގާނޫނުގެ ކުރިމަތީގައި ހުރިހާފަރާތްތަކެއްވެސް ހަމަހަމަވާނެ
    ޕާޓީއެއްގެމެމްބަރުންނާ ، ވަކިބޭފުޅެއްގެ ދަރިކަލުންނާ ( މައުމޫނުގެބޭފުޅުން ) ނުބައްލަވާ އިންސާފު ގާއިމްކޮށްދެއްވާ ( މިގޮތަށްވާނެބާ ؟ )

  6. އަބްދޫ

    ހިޔާނާތްވި ފައިސާ ނަގަންޖެހޭނީ ހިޔާނާތް ވި މީހުން ގާނޫނު ބުނާ ޒިންމާ ނަގަންޖެހޭ މީހުން. އެއީ އަދީބު އާއި ޒިޔަތު ދެން އެފައިސާ ޖަމާވިކުންފުނީގެ ބަޔަކު އެސްއޯއެފުން ބަޔަކަށް ފައިސާ ލިބުނަސް އެމީހުންނަކީ އެފައިސާގެ ހިޔާނަތްތެރިންކަމުގަ ނުހިމެނޭނެ. އެމީހުންނަކީ ހިޔާނާތުގެ ބައިވެރިންނެއްނޫން.

  7. އަބްދޫ

    އެމްއެމްޕިއަރުސީގެ ފައިސާ މީހުންއަތުންނަގަނަމަ ނަސީދުގެ ވެރިކަމުގަ ހެރެތެރެ މައްސަލާގެ ކޯޓުން ބޭރުގަ ނިންމާ ފަ ދިން 35 މިލިއަންރުފިޔާ ވެސް ދައުލަތަށް ލިބެންޖެހޭނެ.

  8. އަހުމަދު

    ހިޔާނާތުގެ ފައިސާ އިން ފައިދާވި ކަމަށްވަނީ ރެޑްވޭވް ސަލީމް އަށްވެސް

  9. ކަޑަ

    ޖާބިރު އަކީ ކޮންމޭން އެއް. ޖާބިރުއަށްވެސް ރަނގަޅަށް އެނގޭ ރާއްޖޭގަ އަދި ކޭބަލް ކާރ ނޭޅޭނެ ކަން އަދި ސަރުކާރުން ހުއްދަ ނުދޭނެކަން. އެ ކަމަކު އެދާއިރާގަ ތިބި މޮޔަ ރައްޔިތުންނަށް އެކަން ނޭނގޭ

  10. އަން ހެނން

    ވަގުތީ ގޮތުން ލޮލީ ކޭބަލް ކާރު ދުއްވަނީ ނިދީގައި ތިބެ

  11. ޖާބިރު

    ރިސޯޓްތަކުން ސަރުކާރައް ދައްކަންހުރި ފައިސާ ނުދައްކާ އެރިސޯޓްތައް ހިންގާ މީހުންގެ ރިސޯޓްތައްވެސް ނަގަންޖެހޭ.