ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ އިތުބާރަށް ބުރޫ އަރާ ފަދަ ކަންކަން ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސް ކުރައްވައިފިއެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒު ކުރެވިގެން ދިން ނިރުބަވެރި ހަމަލާއާ ގުޅޭ ތަހުގީގު ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމުވެ، ބޭރުގެ ފަންނީ މާހިރުންގެ ފަންނީ ލަފައާ އެއް ގޮތަށް ކަމަށެވެ.

މިފަދަ މައްސަލައެއްގައި ހުރިހާ ކަމެއް ބަލަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. އެހެންވެ މައުލޫމާތު ދިނުމުގައި ފުލުހުންނަށް އެއްބާރުލުން ދެއްވުމަށާއި، ތަހުގީގުގެ އިތުބާރު ދެމެހެއްޓުމަށް އެއަށް ބުރޫ އަރާނެ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"މި ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް، ގިނަ މައުލޫމާތެއް ވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާނަމަ ފުލުހުންނާ ސީދާ ހިއްސާ ކޮށްދެއްވުން އެދެން. މިފަދަ މައްސަލައެއްގައި ތަހުގީގަށް ހުރަސް އެޅިދާނެ ފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރަން،" ހަމީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީ ގެއިން ނުކުންނަވައި މަޖީދީ މަގުގައި އޭރު މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ނީލޯފަރު ހިނގުމުން މަޖީދީ މަގުގެ ކަންމައްޗަށް ހިންގަވާފައި ދަނިކޮށް ދިން ނިރުބަވެރި ހަމަލާގައި ނަޝީދަށާއި އިތުރު ބަޔަކަށް އަނިޔާތަކެއްވިއެވެ.

މި މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އެންމެނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި ބައެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި ހަތަރު މީހުންނަކީ މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ. މި ކަން ރާވައި އިންތިޒާމު ކުރި އިތުރު ބަޔަކު ހިމެނޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ތަހުގީގު އަވަސްކޮށް އޭގައި ހިމެނޭ އެންމެން ހޯދުމަށް ގޮވާލަމުންނެވެ.

މި ހަމަލާގައި އެމަނިކުފާނަށް ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން، ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. 16 ގަޑިއިރު އެމަނިކުފާނަށް ފަރުވާ ދެއްވީ ހޭނައްތައިގެންނެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންނެވިއެވެ. އެ ތަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    ތިވާހަކަ ތައް އެންމެ ގިނައިން މިހާރު ދައްކަނީ އެލެކްސް ، އެލެކްސް އަށް ނިސްބައިވާ އެމްޑީޕީ މީހުންހެން ހީވަނީ.

    21
    1
  2. ށުމަން

    ހަމީދޫ! ޢީސަ ގެވެށި އަނިޔާ ކުރި މައްސަލަ ބަލާދީބަލަ. ނުވަންޔާ އިސްތިއުފާދީ!

    14
    • އަހަންމަދު

      ވާނެހެނެއްހިޔެއްނުވޭ!

  3. ޕޮގުބާ

    އެކަން ކުރިބަޔަކުތާ ތަހުގީގަށް ހުރަ ސް އަޅާނީ މީހާދަކޮ ސް މީހެކޭ ދޯ

    12
  4. ޕަޕެޓު މާސްޓާސް

    ނާގާބިލް ގޮލައިންތަ އިސްތިއުފާ ދީފަ ގޮސް ބތިބެބަލަ. ކަލޭމެން ހީކުރަނީތަ ދިވެހި ރައްޔިތުންނަށް ވާނުވާ ނޭގެނީ ކަމަށް؟ ދައުރު ހަމަވަންދެން ތިހެން ކުޅެލާ ކުޅެލާ ތިބޭ. ކަލޭމެން ވެރިކަން ކުރަނީކީ ނޫނީ ކުރީކީ ދިވެހިންނަކަށެއްނޫން ކަން ދިވެހި ރައްޔިތުން ހަދާން ނުނެތޭނެ ކަން ޔަގީން.

  5. ކޮރަލް

    މަޖްލީހުން ތަހުގީގު އޮތް ހިސާބު ބަލާ ލީކްކޮށްލަ ފާނެ ކަމުގެ ބިރު އެބަ އޮތެވެ.

  6. އަހަންމަދު

    އެއީކޮންކޮންކަންކަމެއްކަން ވިދާޅުވީމަތާ
    ދެރަވަރު ރައްޔިތުންނަށް އެގޭނީ!
    ތަޙްޤީޤަށް ބުރޫއަރާނީވެސް ތަޙްޤީޤުގެ
    އިތުބާރު ގެއްލޭނީވެސް
    ތަޙްޤީޤުކުރާމީހުންނަށް
    ކަންކުރަންވީގޮތަށް ނުކުރެރެވިގެން!
    ރައްޔިތުންނާ ގުޅުންހުރިކަމެއްނޫން!

  7. ޚިޔާލު 3

    ކުރިން ހިގާފަ ހުރި ކަންވެސް ތިހެން ތަހްގީގު ކުރަނީ ކުރަނީ ކިޔަ ކިޔާފައި ޗޮ ކުން ދުއްވާލީމާ އިތުބާރު ނެތީމަ ވާހަ ކަ ދައް ކާނެ ގާބިލު ކަންދާ ތަހުގީގު ނިންމާ މިހާރުވެސް އިންޓަލްފެއިލް ވެފައޭ އެ ކިޔަނި ދެއްތޯ.

  8. ކަޑަ

    ކޮބާ ތި ބޭފުޅާ އަންހެނުންނާއި އެކު ދިޔަ ދިޔާ ތަކެތި ޕާޓީގެ ތަހުޤީޤު. ތި ބޭފުޅާތީ ތި މަޤާމަށް ކުފޫހަމަވާ ބޭފުޅެއްނޫން. އާއިލާ މީހެއްވީމަ ދިނީ

  9. ތެދު ބަސް

    ތިޔަ އެލެކްސް މިހާރު އުޅެނީ ކާންދޭ މީހާގެ އަތުގައި ދަތް އަޅަން ވެގެންނެވެ.