ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ކެންޑިޑޭޓުން ގެންގުޅުއްވި ލިސްޓު މިހާރު ވެސް މަޖިލީހުގެ މެންބަރުންގެ އަތުގައި އޮންނަވާނެ ކަމަށާއި ކެމްޕޭންގައި ފަހަރު މީހަކަށް ގުޅުއްވައި ހާލު ބެއްލެވި ގޮތަށް އަމަލު ކުރެއްވުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ގޮވާލައްވައިފިއެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މަސައްކަތުގައި ދުރުގައި އުޅުއްވި ނަމަވެސް ރީކޯ ގެންދަވަނީ ސިޔާސީ މީހުންނަށް އަމާޒުކޮށް ތަފާތު ޓްވީޓްތައް ކުރައްވަމުންނެވެ. ބައެއް ފަހަރު ސިޔާސީ މީހުންގެ އަމަލުތަކަށް ފާޑު ވިދާޅުވެފައި އެ އިސްލާހު ކުރުމަށް އިލްތިމާސް ކުރައްވައި ޓްވީޓް ކުރައްވައެވެ.

މި ގޮތުން މިއަދު ރީކޯ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ހުރިހާ ދާއިރާއަކަށް ހެން ފެތުރިފައި އޮތުމުން އެ މެންބަރެއްގެ ދާއިރާ ރައްޔިތުންގެ ހާލަތު އޮޅުން ފިލުއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ ކަމުގައި ކެމްޕޭނުގައި ގެންގުޅުނު ދާއިރާ މީހުންގެ ލިސްޓުގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާ ބާރަށް ކޮވިޑް ރޯގާ ފެތުރެމުންދާ އިރު، މެންބަރުންގެ ދާއިރާތަކުގައި ހުރި ކަންކަމަށް އެހީތެރިވުމުގެ ގޮތުން، ކެމްޕޭނުގައި ގެންގުޅުނު ލިސްޓުގައިވާ މީހުނަށް ގުޅުއްވައި ހާލު ބައްލަވައި ދެއްވާ،" ރީކޯ ވިދާޅުވިއެވެ.

ރީކޯ މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ވަނީ މިދިޔަ ހަފުތާގައި ފަށައިފައެވެ. މަޖިލީހުގެ ގިނަ މެންބަރުން މިހާރު ތިއްބެވީ ވެރިރަށް މާލޭގައެވެ.

މިދިޔަ ހަފުތާގައި ކޮވިޑްގެ ހާލަތާ ގުޅުން ހުރި ކުއްލި މައްސަލައެއް ހުށަހެޅުމުން، އެއަށް ބަހުސަށް ހުޅުވާލަން ވެސް ފާހެއް ނުވިއެވެ. ހާލު ގޯސްވެފައި އޮތް އިރު، މަޖިލީހުގައި އެ ބަހުސް ނުގެންދިއުމުން ގިނަ ބަޔެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ 1،000 އިން މަތީގައެވެ. މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވިއެވެ.

މިމަހު އެކަނިވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން ވަނީ 51 މީހުން ނިޔާވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ %41 މީހުން ނިޔާވެފައި ވަނީ މި މެއި މަހުއެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 124 މީހަކު ވަނީ ނިޔާވެފައެވެ.

މިކަމާ ގުޅިގެން މާ ބޮޑު ފިޔަވަޅުތައް ނާޅާ ތިބޭތީއާއި ސިއްހީ ވަސީލަތްތައް އިތުރު ކުރުމުގައި ސަރުކާރުން މާ ބޮޑު އަހައްމިޔަތު ކަމެއް ނުދޭތީ ގިނަ ބަޔެއްގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަރަށް ސިއްހީ ޚިދުމަތްތެރިން ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަވާސާ ހަމީދު

  ރިކޯމޫސަ ކުރިޔަސް އަދި އެހެންމީހަކު ބުންޏަސް މިއީ ކުރަންޖެހޭ އަދި ކުރެވޭނެ ކަމެއް! މީގެ ސަބަބުން މިބަލިމަޑުކަމުން އަރައިގަންނަން ކުރާ މަސައްކަތަށް އެހީތެރިކަނލިބޭނެ!

 2. ގާދިރު

  އަޅެމީނަ މެންބަރަކަށް ހުއްޓާ ސުނާމީ އެރީ އޭރުގަ ހާލުބެލިބާ؟ ލިސްޓް އޮންނާނެ

  3
  2
  • ޙަޒުރަތު

   ޢޭރުގައި އަހަރެންގެ ހާލުބެލި

 3. ހުސެން

  އެންމެ ފުރަތަމަ ރައީސް ނަޝީދް އަށް ދިންހަމަލާ ކުށްވެރި ކުރަން.މިސަރުކާރަށް ދިވެހި އެތަށް ފުރާނަ އެއް ދިޔަ އިރު ސަރުކާރުން ޗުއްޕު ވެސް ބުނެނުލާ. ވޯޓެށް ކާރިވާ އިރު ރަޔިތު މީހާ ފެނުނީމަ ކަނޱަ ދޯ!

 4. އަހްމަދު

  މޫސާ އަރިދަފުސްރޯގާއެއްކަހަލައެއްޗެއް މިއުޅެނީކޮންމެހެން މެންބަރުން ގުޅައިގެން ހާލުބަލާވަރުކަމެއްތަމިއީ

 5. Anonymous

  ޢަހަރެންގެ ދާއިރާގެ މެންބަރަކީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން. ޢޭނަ ފެންނަނީ ވޯޓަށް ވީމާ. ޢޭނަ އަބަދުހެން އުޅެނީ ސިޔާސީ ބިލްތަކާއި ޔާމީނަށް މަޖުލީހުގައި އެއްޗެހި ކިޔުމަށް ރައްޔިތުން ތިބި ގޮތް އޭނައަކަށް ނޭގޭ. ނިކަން އަހާބަލަ
  ފްލެޓް ލިސްޓުން އުނިކުރީ ކިތައްރައްޔިތުންތޯ
  ޕެންސަން ފަންޑުން ހައްޖުގެ އަޅުކަމަށް ޝަރުތު ހަމަވީ ކިތައް މީހުންތޯ
  ކޮވިޑުގައި ހާލުގައި ޖެހުނީ ކިތައް މީހުންތޯ
  ކޮވިޑް އެލަވަންސް ހަމަޖެހުނީ ކިތައް މީހުންތޯ
  ކޮވިޑުގައި ވަޒީފާ ގެއްލުނީ ކިތައް މީހުންތޯ
  ކޮވިޑް ބަލީގައި މަރުވީ ކިތައް މީހުންތޯ އަދި އެމީހުންގެ ކުޑަމިނުން އާއިލާތަކަށް ތައުޒިޔާ ކިޔުނުތޯ
  އިސްތަށަށް ޖަހާގެން ސައިކަލުގައި ބާރުބާރަށް ދުއްވުން ކަމެއް މީނަގެ ނެތް.

 6. ޔާންޔާ

  ޙެހެ މީ ދެން ކާކުތަ .

 7. ކަމަނަ

  އެ ބޭފުޅުން ހާލުބަލާނީ ވީޓަކާދިމާވީމާ ނޭފަތަށ ނަރެއްބާނައިގެން އުޅޭހެން 2އުރު 2 ދަޅައަށް ގުޅާނެ ދެން އޯކޭ ގޮތެއް ހުހެއް ނުވާނެ

 8. ކެޔޮޅު

  ސިޔާސީ ހައި ހިނދުނީމަ ދެން ނުދުވާނެ ދެންޖެހޭނީ ފަލިޖަހަން!