އަލަށް އިންތިހާބުވި ކައުންސިލަރުންގެ އަމާޒަކަށްވާންވީ ލާމަރުކަޒީ ނިޒާމުގެ ބޭނުން ހެޔޮގޮތުގައިހިފައި ރަށަށް ފާގަތިކަމާއި އުފާވެރިކަން ހޯދައިދިނުން ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ފެހި ގާނޫނު އަސާސީން ކަނޑައަޅާދީފައިވާ ލާމަރުކަޒީ ނިޒާމު ވިއްސި ވިހާލިވެ، އަނަރޫފަވެ ނެތިވެދާން ކައިރިވެފައިވާ އޮތް ވަގުތެއްގައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަމެއް ދެއްވައިގެން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނެވި އިސްލާހަކީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެއްވި މުހިއްމު ކަމެއްގެ ގޮތުގައި އިމްރާން ސިފަކުރެއްވިއެވެ.
ކައުންސިލްތައް ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަހަރަކަށްވުރެ ގިނަ ދުވަސް ފަސްކުރަން ޖެހުނެވެ. އިމްރާން ސިފަކުރެއްވި ގޮތުގައި އިންތިހާބު ލަސްވެގެން ދިޔުމަކީ "ލާމަރުކަޒީ ނިޒާމު އެއް އަހަރަށް ފަހަތަށް'' ޖެހުމެވެ.
އިމްރާން ވިދާޅުވީ ގޮތުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމައަތްތައް އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. އަދި ކައުންސިލަރުންގެ އަމާޒަކަށްވާން ވާނީ ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށް ދިނުން ކަމަށް ވިދާޅުވިއެވެ.
"އަލަށް އިންތިހާބުވި ކައުންސިލަރުންގެ އަމާޒަކަށްވާންވީ ތިޔަބޭފުޅުން ހޮއްވަވައިދެއްވި ރައްޔިތުން އެދޭފަދަ، އުއްމީދުކުރާ ފަދަ ހިދުމަތްތަކެއް އެރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މިނިޒާމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ފާގަތިކަމާއި، އުފާވެރިކަން ހޯދައިދިނުން" އިމްރާން ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނާއި އިސްލާހާއެކު ބޭއްވި އިންތިހާބުގައި ރަށު ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު 1912 މެމްބަރުން ވަނީ ކައުންސިލްތަކަށް އިންތިހާބުކޮށްފައެވެ. މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރީ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީއަށް 400 ގޮނޑި ކާމިޔާބު ކުރިއިރު އިދިކޮޅު ޕީޕީއެމަށް ލިބުނީ 325 ގޮނޑިއެވެ.
ކަލޭ މިނިސްޓަރ އަކަށް ވެގެން ކަލޭގެ ރަށަށް ކޮށްދިނީ ކޮންކަމެއް،؟ އައީ ކޮންފާގަތިކަމެއް؟ހަމަ ލަދެއް ހަޔާތެއްވެސް ނެތީތަ އަޅެ އަނގަހުޅުވާ މޮޅެތި ވާހަކަ ދައްކަން،؟ކުޑަމިނުން ކީއްވާނީ ފަހަރިޔަށް ބުރުގާ އެއް ގަތްދިން ނަމަވެސް . މޮޅެތި ވާހަކަ ތި ދައްކަނީ
🤣🤣🤣🤣🤣🤣
މިސަރުކާރު އުފަންވީފަހުން ރައްޔިތުން ފެލާއަނަރޫފަވެދަނީ ތިމޮޅުވާހަކަ އަޑުއަހާ ރައްޔިތުން މަދުވާނެ އެކްސްޕެއަރީ ޑޭޓްހަމަވަނީ ހީނުވޭދެން ނީލަމުގަވެސް ވިކޭނެހެނެއް ސިޔާސީގޮތުން
މީ މިދިވެހިއުޑުދަށަށް އުފަންވި އެއް މެ ހަޔާތްކުޑައިންސާނާ ކަށަވަރު އހ
މަނިކުފާންގެ އަމިލްލައެދުން ނުންކަމެއް ސިޔާސީ ދާއިރާގަ ނެއް. ޤައުމުގެ މިނިވަންކަން އަވައްޓެރި ޤައުމަކުން ފޭރިގަންނަ އިރު މަގާމުގެ ދަހިވެތިކަމުގަ ބަހެއް ބުނަން ނުކެރިފަ.
ކަލެޭގެ ތިދޮގުވެރިއަގަ މަޑުން ލަިގެން ހުރެޭ
ޜައްޔިތުން ގޮވައިގެން މަސައްކަތް ނުކުރެވޭ ކައުނސިލުން އެބަތިބި. ބޮޑުމުސާރަދީފަ އިލްމެއް ހިލްމެއްނެތް ބަޔަކު ވެރިންނަށް ލައިގެން ކޮންތަރައްގީއެއް ކޮންފާގައްޗެއްވާނީ . ޙޮޅިބައެއް ހޮޅިވާގަކަތަކެއް. މުއައްސަސާތަކުގެ ހަލާކު ކައުނސިލުރުންނަކީ .
ކަލޭތީ ކާކު ލަފާދޭން..ހޫ
ވަޒީރުގެ ޢަޒުމަކަށް ވެފައިވަނީ ދޮގުހެދުމާއި އޮޅުވައިލުމާއި ހިލޭއަންހެނުންނާ ފޮށުމާއި ޢަބުރުވެރިންގެ ޢަބުރު ކަތިލުމެވެ.
މިގައުމުގެ ހަލާއް ކަ ކީތިޔަ ވިހަދުލުގެނުބައި ކަން އ. އުބައްުުޔުބުނިސަލޫލު.