އިންޓަނެޓްގެ އަގު ހެޔޮކޮށް މާދަމާ އާ އަގުތައް އިއުލާން ކުރާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މާދަމާ އެ އަގުތައް އިއުލާން ކުރާނީ ރައީސް އޮފީހުންނެވެ. އަދި އަގު ހެޔޮކޮށް ބޮޑު ބަދަލެއް އަންނަނީ ފިކްސް ބްރޯޑް ބޭންޑްގެ ޚިދުމަތަށް ކަމަށް އެނގިފައިވެއެވެ.

މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް ޚިއްސާކޮށްފައިވެއެވެ. މި މައުލޫމާތުތައް ވަނީ "ވަގުތު" އަށް ލިބި ކަށަވަރު ކުރެވިފައެވެ.

އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ ފުރަތަމަ މުވާސަލަތީ ޚިދުމަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ވަރުގަދަ ކުރުމަށް ވަކި ވުޒާރާއެއް ވެސް އުފެއްދެވިއެވެ. އެކަމަކު އޭރު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ނަތީޖާ ނުނެރެވުނު ކަމަށް ބުނެ މިނިސްޓަރު ކަމުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެ މަގާމުން ދުރުކުރިއެވެ.

މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އާ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވި ފަހުން، މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން އާ ސެބްމެރިން ކޭބަލްތައް ގާއިމްވުމުން އިންޓަނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. އައްޑޫ މީހާ

  އިންޓަނެޓްގެ އަގުތަކެއް ނޫނޭ މުހިންމުވަނީ މިގައުމުގެ ރައްޔިތުން މަރުވެ ހުސްވާން ގާތް ވެއްޖެ މިކަމަށް ފިޔަވަޅެއް އެޅުމެއްނެތި އިންޓަނެޓްގެ ވާހަކަ މުހިންމެއްނުން

  49
  8
 2. ރެފްރީ

  ހުރިހާކަމެއްނިންމާފަ ރައީ ސްމީހާގެ މޭޒުމަތީގަބާއްވައިގެންނޭއެއުޅުނީ. މަލީހު އެއެއްޗެކޭ މިއެއްޗެކޭކިޔަނީ ..

  32
  5
 3. ސައްޓި

  އެމަންޖެހާދަހުށިޔާރޭދޯ ؟ މިހާރު މަހެއްނުވަނީ ސް އެއަޅާލީ ސަބުމެރިންކޭބަލެއް
  .. އަންނަމަހު ސެޓެލައިޓެއްފޮނުވާނީ ..

  29
  2
 4. މޮބައިލް ޑޭޓާ

  މޮބައިލް ޑޭޓާ ޕެކޭޖް އަގުހެޔޮ ނުވަންޏާ ތިއީ ދައްކަންކުރި ކަމެއް.މިހާރު ލޭންޑްލައިން މޮބައިލް ފޯނުން ބިލް އަގުހެޔޮކުރަނީ އޭ ބުނާއިރު ކިތައްމީހުންރޯ ތިޔަ ފިކްސްޑް ބުރޯޑްބޭންޑް ބޭނުންކުރަނީ.. މި ޒުވާނާ މި އުޅެނީ މަހުކުއްޔަށް ކުދިންބައިތިއްބާ ގޭގައި ޑޭޓާ ޕެކޭޖް އަގުބޮޑުވެގެން.މޮބައިލް ޑޭޓާ ޕެކޭޖް އަގު ކުޑަނުކޮށް ތި ވައުދު ފުއްދީނޫން.ތިއީ ރައްޔިތުން ބޮލުގައި ތެތްގޯނި އެޅުވުނީ..ރައީސް މޮބައިލް ޑޭޓާ ޕެކޭޖް ޕުލީޒޒޒޒ

  29
  4
  • ޕާޕަ ޕާޕާ

   މިކޮމެންޓް ކިޔާލީމާ ހަނދާންވަނީ މޫސާގެފާނަށް ކުރިމަތިވި ސުވާލާއި ކަން ހިނގައިދިޔަގޮތް.
   މަންނަ އާއި ސަލްވާ ލިބުނީމާ ވެސް ހުއްޓުމެއްނެތި ކުރީ ޝަކުވާ

 5. ކާކު

  ތިޔަ ކަށަވަރު ވެފައިވާ އަގުތަކައްބަލާއިރު އަގުހެވެއް ނުވޭ.. ޖީބީ އެއް 5 ރުފިޔާއައް ވީމައި އަގު ހެވެއް ނޫން...

  18
  3
 6. އެމީހާ

  އިންޓަރނެޓް އަގު ހެޔޮ ކުރުމަށް ހަމައެކަނި ފިކްސް ބުރޯޑް،
  ދެން އާދައިގެ މީހާ އަށް ކިހިކޯ ވާނީ ޕުރިޕެއިޑް ގެންގުޅޭ މިހާ

  ރާއްޖެއިން ބަރަހަނާ ސައިޓްތަކަށް ނުވަދެވޭނެ ގޮތަށް ބުލޮކް ކުރަން އިއުލާން ކުރާނެކަމަށް އުއްމީދުކުރަން

  18
  2
 7. އަލީ

  ވަރަށް ރަގަނޅު

  6
  7
 8. Anonymous

  ފިކްސް ބްރޯޑް ބޭންޑްއިން މަމެންނަށް ކުރާނެ ފައިދާއެއް ނެތް! މަމެން އަބަދު ގެން ގުޅެނީ މޮބައިލް ޕެކޭޖް ވީޔާ

  23
  3
  • ޕިސް

   ފައިދާ ކުރާނެ އަގު ހެޔޮނަމަ އެއީ ކޯޗެއް އަގުހެޔޮ ކުރީއޭ ބުނާކަށް އެކުރީ ސުމެއް !

 9. Anonymous

  މިއޮއް މަރުވާ މީހުންގެ ކަންކަމާ ހަމަ ބަހެއް ވެސް ނުކިޔަންތޭ ރައީސޫ މަނިކުފާނުގެ ނިކަމެތި ރައްޔިތުންނޭމީ

 10. ޖާބެ

  ކަލޯއަކައް ދެނެއް ނެތް ތާއީދެއް ހަނޑޫ ހަކުރު ފުއް ބެހިޔަސް. ނާގާބިލް ކމުން ރައްޔިތުން ލަކުނު ނުފިލާވަރުގެ އަނިޔާ ކޮށްފި

 11. ހަސަން

  އާ ކޭބަލަ އަޅާ ނަމަ ކަޓް ނެގޭނެ އަދި ދަރަނި ވެސް ބޮޱު ވާނެ ދޯ

 12. އެމަންޖެ

  ބިލައް އަރާވަރު ބޮޑުވާނެކަން %100 ޔަގީން...މިސަރުކާރަކީ ބޮޑު ތަނުން ފެއިލް ވެފަ އޮތް ސަރުކާރެއް.

 13. މޙއމދ

  ސޯލިހުބޭ.....މި އުޅުނީ އިންޓަނެޓް އަގު ހެޔޮނުވެގެންތައް... ރައްޔިތުނާއި ޤައުމު ނެތި ދަނީ.. ކޮބާ ސަރުކާރާ ވެރިންނަށް ކުރެވޭ ކަމަކީ..އަޅެ އާދޭސްކޮށްފައި މި ބުނަނީ... ފިޔަވަޅުތައް ރަނގަޅު ކޮށްލަދީ..ދުވާލަކު އެތައް އެތައް ބައެއް ބަލިވެ މަރުވަމުން އެދަނީ..މިހާރުގެ ސަރުކާރަކީ ޤައުމާ ރައްޔިތުންގެ ހަލާކު...

  • Anonymous

   ތިޔަކަން ބާއްވާފަ ގައު ުމ ތަކަށް ސަލާ މް ޖަހައިގެންވެސް ވެންޓިލޭޓަރ ހޯދަ ދީބަލަ . ނޭވާލާން ދަތިވެ ވެންޓިލޭޓަރގެ ޚިދު މަތްނުލިބި ދުވާލަކު ހައެއްކަ މީހުން މަރުވަމ މުންދާ އިރު ވެސް އެކަން އޮއްބާލަން ރައީސް މީހާ ތިޔައުޅެނީ ރައްޔިތުންގެ ބޮލަށް ޗިޕް ޖެހޭތޯ . ޙެޔޮ ނުވާނެ އިބޫ އިތުރު ވެންޓިލޭޓަރ ލިބޭތޯ ބަލާދީ ބަލަ . ތިބާގެ މީހަކު އެފަދަ ގޮތަކަށް މަރު ނުވާތީ އެކަ މުގެ ހުރި ހިތްދަތިކަން އިހްސާސް ނުކުރެވެނީ. އަންހެނުންނަށް ޖިންސީ ގޯނާ ކުރީޔޭ ކިޔާފަ ކަރުނަ ބޭލީ ހަ މަ ދެއްކުން ތެރިކަން. ރަހު މެއް އަގަލެއް ހުރި ވެރިޔެއް ނޫން މިޔަކީ

 14. ކާފަ

  ނާލާފުށިކޮޔަށް ގެރި ދިންގޮތަށް ތިކަންކުރާނެކަމެއްނެތް.

 15. ކޮރަލް

  ޖީބީ ހުސްވީމަ ސްޕީޑް ދައްވާ މައްސަލަ ވ ބޮޑެވެ.

 16. Anonymous

  މމމމމމމމމީހުންނަށް ބަލިޖައްސާ ބަލި ފަސޭހަކޮއްދެއްވާ ދިރުއްވާ މަރުގަންނަވަނީ މުހައް މަދު ސާލިހެއް ނޫން. ޝިކުރުގެ ބަސް ބަސް ކޮ މެންޓުތަކުގާ ނުޖެހުން އެދެން. ސައްޙަ ޢިލް މުގާ ވާހަކަދެއްކު މަށް އިލްތި މާސްކުރަން. މަށަކީ ވެސް ސާލިހަށް ތާއީދުކުރާ މީހެއް ނޫން.

 17. ބުއްޅަބޭ

  އަ މަލުކުރުން 2 އަހަރު ފަހުން..

 18. ޙޔބ

  އިއުލާނު ކުރު މާ ތަންފީޒް ކުރު މާ ތަފާތު! މީސްތަކުންނޭ ނުހެއްލޭތި.

 19. އެޖެންޑާ2021

  މަލީހު މިނިސްޓަރކަށްހުރެ ރައީސް އޮފީހަށް
  އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ހުށަހެޅުމުން
  ވެސް ސަރުކާރުން 2021ގައި އަގުހެޔޮކުރަން
  ވިސްނަވާފަ ވާކަމަށްބުނުއްވާފައިވާ ހަދާންވޭ.
  މިހާރުގެ މިނިސްޓަރ ޝައުނާ އެކަން ހިތުން
  ރުހުމުން ޤަބޫލު ކުރައްވަންޖެހޭނެ.

 20. ސުވައިދާ

  ތިހެން ތިކަން އޮތަސް މަސްނިމޭއިރު ރައްޔިތުމީހާގެ ޖީބުން ތީގެ ތިންގުނަ ގޮސްގެން ނިމޭނީ.ސްޕީޑް ވެއްޓޭނެ ބަރަވެލި ސްޕީޑަށް.

 21. ރުއްއުފުރާ

  ކޮށްބަލަ! 5 ރުފިޔާއަށް ޖީބީއެއްތޯ ބަލާނަމޭ.