ކޮވިޑް-19 ފެތުރެމުން ދިއުމުގެެ ސަބަބުން މިހާތަނަށް މޮނިޓަރިން ހާލަތަށް ގެނައި ރަށްރަށުގެ އަދަދު 70 އަށް އަރައިފިއެވެ.

މިއީ، މިހާ ގިނަ އަދަދެއްގެ ރަށްތަކަށް އަރައި ފޭބުން މަނާކޮށްފައިވާ ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް މާލެއެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ކޮވިޑް-9 އަށް އާދަޔާ ހިލާފަށް ވަނީ ފެތުރިފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް މާލެ ފިޔަވައި ރަށްރަށުން 400 އަށް ވުރެ ގިނަ ވޭދަނަ ފެނިފައިވެއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް 70 ރަށަކީ:

  1. ޅ. ނައިފަރު
  2. އދ. މާމިގިލި
  3. ތ. ވޭމަންޑޫ
  4. ތ. މަޑިފުށި
  5. ބ. އޭދަފުށި
  6. ކ. ހިންމަފުށި
  7. ކ. ގުޅި
  8. ކ. މާފުށި
  9. އއ. މަތިވެރި
  10. ލ. މާންދޫ
  11. ލ. ގަން
  12. ލ. ފޮނަދޫ
  13. ގދ. ތިނަދޫ
  14. އއ. އުކުޅަސްް
  15. ކ. ތުލުސްދޫ
  16. ލ. ދަނބިދޫ
  17. އއ. ރަސްދޫ
  18. އައްޑޫ ސިޓީ
  19. ހއ. ދިއްދޫ
  20. ފ. ފީއަލި
  21. އއ. ހިމަންދޫ
  22. ކ. ގުރައިދޫ
  23. ފ. ނިލަންދޫ
  24. ލ. އިސްދޫ
  25. ލ. މާވަށް
  26. ޏ. ފުވައްމުލައް
  27. ށ. ޅައިމަގު
  28. ރ. ހުޅުދުއްފާރު
  29. ގދ. ގައްދޫ
  30. ބ. ތުޅާދޫ
  31. ވ. ފުލިދޫ
  32. އދ. މަހިބަދޫ
  33. ރ. މަޑުއްވަރީ
  34. އއ. ފެެރިދޫ
  35. ހދ. ކުޅުދުއްފުށި
  36. ށ. ކަނޑިތީމް
  37. ށ. ގޮއިދޫ
  38. ކ. ކާށިދޫ
  39. ދ. ކުޑަހުވަދޫ
  40. ގއ. ދާންްދޫ
  41. ޅ. ހިންނަވަރު
  42. ގއ. ގެމަނަފުށި
  43. ދ. ބަނޑިދޫ
  44. ނ. ކެެނދިކުޅަދޫ
  45. ތ. ގުރައިދޫ
  46. ދ. ހުޅުދެލި
  47. ވ. ކެޔޮދޫ
  48. ތ. ތިމަރަފުށި
  49. ގއ. ވިލިނގިލި
  50. ލ. ކަލައިދޫ
  51. އއ. ބޮޑުފުޅަދޫ
  52. ނ. މިލަދޫ
  53. ނ. މާޅެންދޫ
  54. ދ. މާއެެނބޫދޫ
  55. ކ. ދިއްފުށި
  56. ލ. މާމެންދޫ
  57. ގދ. ވާދޫ
  58. ބ. ދަރަވަންދޫ
  59. ހއ. މުރައިދޫ
  60. ރ. އުނގޫފާރު
  61. ކ. ގާފަރު
  62. ނ. ލަންދޫ
  63. ފ. ބިލެއްދޫ
  64. ޅ. އޮޅުވެލިފުށި
  65. ށ. މިލަންދޫ
  66. މ. މުލި
  67. ތ. ހިރިލަންދޫ
  68. ރ. ރަސްމާދޫ
  69. ވ. ފެލިދޫ
  70. ތ. ކިނބިދޫ

މި ރަށްތަކުގެ ތެރެއިން މިހާތަނަށް އެންމެ ހާލަތު ގޯސް ދެ ރަށަކީ ކ. މާފުށީގެ އިތުރުން ޅ. ނައިފަރެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީނު

    ކެރަފާ ބޯބުރާންތިން ގައުމުގެ އިސްމަގާމުތަ ކައް ލީމަ ވާނެ ގޮއް މިފެންނަނީ.

    7
    1
  2. ރިޒޯޓް ބޯއި

    ސަރުކާރަށް ކިހާ ބޮލަށް ފަސޭހަ ، ރައްޔިތުން ބަސް އަހައިގެން ގޭގަ ތިބޭ އަހަރެމެން މި ތިބީ ވައްކަން ކުރަން ނުކުމެ ، ލިބޭ ރުފިޔާ އެކައުންޓްތަކަށް ފުރުނީމަ ރައްޔިތުން ދޫކޮށްލާނީ އޯކޭ ދޯ!

    5
    2