ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ހެނދުނު 11 ޖަހާކަން ހާއިރު ނިޔާވެފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ އަށް ފަރުވާދެމުން ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މިއީ މިއަދު ކޮވިޑް ޖެހިގެން ނިޔާވި ދެ ވަނަ މީހާއެވެ.

މިއާ އެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 125 އަށް އަރައިފައެވެ.

އަދި މި މަހުގެ މިހާތަނަށް 52 މީހަކު ބަލީގައި ވަނީ ނިޔާވެފައެވެ. ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 15 ބިދޭސީންނެވެ.

ރާއްޖެ އިން ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވެފައި ވަނީ މި މަހުގެ ތެރޭގައެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އަދި ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ އާއި ބައެއް ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އޭގެ ތެރޭގައި ކާފިއު ގަޑިތަކެއް ހަމަޖެއްސުމާއި ރެސްޓޯރަންޓާއި ކެފޭ ފަދަ ތަންތަން ބަންދުކޮށްގެން ޑެލިވެރީގެ ހިދުމަތް ދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަލީ

    ހުޅުމާލެ.ފެސިލިޓީގެ ފަރުވާގެ ކަންތައް ވަރަށްގޯސް ، ވީމާ އަދިވެސް އެތަނުން ގިނަބަޔަކު މަރުވުމަކީ ދުރުކަމެއްނޫން، މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅާ އެތަން އެބަޖެހޭ ރަގަޅުކުރަން

  2. ސައްޕޭ

    125 maruta

    • ސަކޫން

      ޢަސްލުވެސް ހަމަ ފަރުވާ ނުލިބިގެން އެތަނުން މީހުން މަރުވަމުން ދަނީ . ޢަދިވެސް ނޫޅޭ އެތަނަށް ވެންޓިލޭޓަރ ގެ ޚިދުމަތް ދެވޭތޯ މަސައް ކަތް ކުރާ ކަށް . ޢަންނިއަށް ހަމަލާ ދިން މީހުން ނުހޯދިގެން އުޅެނީ. ﷲ ގެ ރަހްމަތް ފުޅުން އޭނާގެ ފުރާނަ އެހުރީ ސަލާ މަތް ކުރެވިފައި . ހުޅުމާލެ ފެސިލިޓީގަ ދުވާލަ ކު ފަސް ހަމީހުން މަރުވަމުން ދަނީ ވެންޓިލޭޓަރ ނެތިގެން ކަމަށް ވާނަމަ އަޅެ ގައުމުތަ ކަށް ސަލާމް ޖަހައިގެންވެސް އިތުރު ވެންޓިލޭޓަރ ލިބޭތޯ މަސައް ކަތް ކުރާ ކަށް ނުވޭތޯ އިބޫ ސާލިހޫ. ޙެޔޮ ނުވާނެ ތިޔަހާ ރަހުމް ކުޑަ ކުރާ ކަށް. ތިމާއަށް އެފަދަ ހާލަތެއް ދިމާ ނުވާތީ ކުރާ އަސަރު ނޭނގެނީ. މި ކަމުގައި އިބޫ އަޅާ ނުލު މުން ދޭހަވަނީ އެ ކި ފަހަރުމަތިން އިބޫ ކީރިތި ކުރައްވާފައި ވަނީ ދެއް ކުން ތެރި ކަމުގެ ގޮތުން ކަން.

      2
      1
  3. ޥވވ

    ފެސިލިޓީގަ ތިބޭމީހުން މަރުވަނީ ފަރުވާ ނުދެވެނީބާ

  4. ޙުޝާމް

    ޥެކްސިން ޖެހިޔަސް ވާކަމެއް ހަރާމް. ޤައުމުގެ ގިނަ ބަޔަކަށް އިންޑިއާގެ ކޮވިޝީލްޖަހައިފި. ކުރިއަރާފައިވާ ޤައުމުތަކުން ކޮވިޝީލްޑް ބަލައިނުގަނޭ. ސައުދީއަށް ދާން ބެލި އިރު އެތަނުން ޤަބޫލުކުރާ ވެކްސިނެއްނޫން ކޮވިޝީލްޑަކީ.އެހެންކަމުން ޙައްޖު ޢުމުރާ ފުރުޞަތު ލިބުނަސް ސައޫދީއަށް ނުދެވޭނެ. ކިހާބޮޑު ގެއްލުމެއްތޯ އިންޑިއާ ކޮވިޝީލް ގެނެސްގެން ތި ދެނީ.