ފ. އަތޮޅު ނިލަންދޫން އިތުރު 33 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެެވެ.

ނިލަންދޫ ކައުންސިލްގެެ ރައީސް އަލީ އަހުމަދު "ވަގުތު"އަށް ވިދާޅުވީ، މިވަގުތު ނިލަންދޫގައި ބަލި ޖެހިފައި 150 މީހުން އެބަ ތިބިކަމަށެވެ. ރަށުގެ ބައެއް ގޭގޭގެ ހާލަތު ހުރިގޮތުން ފައްސިވާ މީހުން ވަކިން ކަރަންޓީނު ކުރެވެން ނުހުންނަ ކަމަށާއި، އަލަށް ފެންނަ ހުރިހާ ވޭދަނަ (ކޭސް)ތަކަކީ މިގޮތަށް އެއްގެއެއްގެ ތެރެއިން ބަލިިޖެހިފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެތަކުގެ ހާލަތު ހުރިި ގޮތުން ބައެއްް ގެތަކުގައި އެކްޓިވް ބޭފުޅުންް ތިއްބެވީމަ ވާގޮތަކީ ގެތަކުން މި ޕޮޒިޓިވް ވަނީ. މިއީ ރަށުތެރެއިން އާ ގެތަކެއް ނޫން." އަލީ ވިިދާޅުވިއެވެެ.

އޭނާ ވިދާޅުވީ މިގޮތަށް ކަރަންޓީނުގައި ހުރި ހުރިހާ ގެއަކުން އެންމެން ސުންކު ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުވެެސް ވަނީ ކަރަންޓީނުގައި ހުރި ގެތަކުން 33 މީހަކު ފައްސިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މީގެ ތިން ދުވަސް ކުރިން ނަގާފައިވާ ސުންކުހެ ނަތީޖާތައް ކަމަށް އަލީ މައުލޫމާތު ދެއްވިއެވެެ.

ކޮންމެ ދުވަހަކުވެސް ކަރަންޓީނު ކޮށްފައި ހުރި ގެތަކުން މީހުން ފައްސިވާކަމަށް އޭނާ މައުލޫމާތު ދެއްވިއެެވެ. އެހެެން ނަމަވެސް ކަރަަންޓީނުގައި ނެތް ގެތަކަށް އޮތް ބިރުވެރިކަން ކުޑަކަމަށް އޭނާ ފާހަގަކުރެއްވިއެވެެ.

ކަމާބެހޭ އިދާރާތަކުންވެސް ރަށުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އަލީ ވިދާޅުވިއެވެ.

ނިލަންދޫގެެ 94 ގެއެއް މިވަގުތު ވަނީ ކަރަންޓީނުކޮށްފައެވެ.

އަލީ އިތުރަށް ވިދާޅުވީ، ރަށުގެ ރައްޔިތުންގެ ފަރާތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

މިހާރު ނިލަންދޫގައި ވަނީ 21:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފައެވެ. އަދި ތިން މީހުންނަށް ވުރެ އިތުރަށް ބޭރަށް ނުނިކުމެވޭ ގޮތަށް ވަގުތީގޮތުން ވަނީ ކަނޑައަޅާފައެވެ.

ނިލަންދޫ އިން މިބައްޔަށް އަލަށް މީހަކު ފައްސިވީ މިމަހު ފަސް ވަނަ ދުވަހުއެވެ. އެރަށުން މި ބަލި ފެންނަން ފެށުމާ އެކު މިމަހުގެ 13 ވަނަ ދުވަހު ވަނީ މޮނިޓަރިންނަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭލް

    ނިލަންދޫ ގައި ބަލިޖެހިފައި 150.. ކަރަންޓީނުކުރީ 94 ގެ.. ބިމުގެ ގޮތުން ބޮޑު، އާބާދީ މާބޮޑު ކުޑަހުވަދޫގައި ކޮވިޑުޖެހިފައި 30 މީހުން ތިބިއިރު 200 އެއްހާގެ ކަރަންޓީނުގަ!!! ކުޑަހުވަދޫއަކީ 3 ރަށުގެ އާބާދީ މީހުން އުޅޭއިރު މި ތިންބައިމީހުނަކީ އެހާ ގުޅުންބޮޑު ބައެއްނޫން.. އުޅެނީ ވެސް ވަކި ސަރަޙައްދުތަކެއްގަ.. މިހާ ބޮޑު ތަފާތެއް ކީއްވެ ؟ ކުޑަހުވަދޫ މީހުން ރަށުތެރޭ ދުވަނީ ނޫނީ ނިލަންދޫމީހުން ފަރުވާކުޑަކޮށް ސާމްޕަލް ނުނަގަނީ ؟ އެޗްޕީއޭ ފޭލް