ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެންނަމުންދާ ފ. އަތޮޅު ފީއަލީގައި ކާފިއު އިއުލާނުކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު އެންގުމެއްގައި ވަނީ، މިއަދުން ފެށިގެން ހަތް ދުވަހަށް އެރަށުގައި ފިޔަވަޅުތަކެއް އަޅަން އަންގާ ކަމަށެވެ.

އެގޮތުން ރޭނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް
މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލަން އަންގާފައިވާއިރު، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރަން އަންގާފައި ވެއެވެ.

އޭގެ އިތުރުން، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި، ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމާށް އަންގާފައި ވެއެވެ.

ފީއަލިން އިއްޔެ އާ ހަމައަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 245 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޮކި

    ކަންކަން ކޮޕީ ކުުރިޔަކަސް ނުވާނެ މިހާރު ދެން ކާފިއުު ވެސް ޖޯކެއް

  2. ބަލާއެެއް

    އިބްރާހީމް އިސްތިއުފާ ދީ.
    ކެރަފާ ނަސީމްވެސް އިސްތިއުފާ ދީ.
    ރައްޔިތުންނަށް މިހާވަރުވެގެން ދާއިރު ކަހަރިވަކެއްވެސް ހިތަށް ނާރާ ވެރިން ބޭނުމެއްނޫން. ޔާﷲ އަވަސް ގޮތަކުން މިބައިމީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި އާމީން