ގދ. ގައްދޫ ކައުންސިލް ރައީސް މުޙައްމަދު އަޙްމަދު ދޫކޮށްލަން ދަށު ކޯޓުން ނިންމި ނިންމުން ބާތިލްކޮށް އަލުން ބަންދު ކުރަން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި، ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް، ގދ. ގައްދޫ، ވިންސެންޓް، މުޙައްމަދު އަޙްމަދު އިންތިޚާބުވި އިރު ވެސް އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، އިންތިޚާބުގެ ފަހުން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކުރިން އޮތް ހުކުމް ނިމުމަކަށް ގެނެސް އޭނާ ދޫކޮށްލަން ހުކުމްކޮށްފައެވެ.

ދައުލަތުގެ ފަރާތުން ހައި ކޯޓުގައި މި ހުކުމް އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ އެ ހުކުމް މިއަދު ބާތިލްކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން މައުލޫމާތު ދެއްވި ގޮތުގައި އެ ހުކުމް ބާތިލް ކުރުމުން ދަށު ކޯޓުގެ ކުރީގެ ހުކުމް ދެމި އޮންނާނެ ކަމަށާއި އެ ގޮތުގެ މަތިން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އަލުން ބަންދަށް ތުހުމަތު ރައްދުވާ ފަރާތް ގެންދާނެއެވެ.

މިބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ޕީޖީއިން ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ދަނިކޮށް ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ބަންދު ކޮށްފައި ވަނީ ރަނގަޅު ތުހުމަތުތަކެއްގައި ކަމަކަށް ޕީޕީއެމްއާއި ޕީއެންސީއިން ޤަބޫލެއް ނުކުރެއެވެ.

އިންތިޚާބުތަކުގެ ޤާނޫނުގައި އޮންނަ ގޮތުން ކުށެއްގެ ތުހުމަތު ކުރެވުނަސް، ޝަރީއަތުގައި މި ދައުވާތައް ސާބިތުނުވާހާ ހިނދަކު އެ މީހަކަށް އިންތިޚާބުގައި ވާދަކުރެވޭނެއެވެ. އެކަމަކު އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ޝަރީއަތަށް ޖިނާއީ ކުށް ސާބިތު ވެއްޖެ ކަމަށް ކަނޑައަޅައިފި ނަމަ، އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙަމީދު

  ރަނގަޅު. ފުރަތަމަ ކުއްޖާއި ބެހުމުން ކަމެއް ނުވުމުން ދެވަނަ ކުއްޖާއި ބެހުނީ. ކޮންމެ ފަހަރަކުވެސް ސިޔާސި މީހެއްގެ ނުފޫޒުން ސަލާމަތް ވަނީ. މީނަ ދޫކޮށްލުމކީ އަނިޔާ ލިބުނު ކުދިންނަށް ކުރެވަެ މަލާމާތެއް.

  9
  8
 2. ކޮވިޑް

  ދެނަކޮބާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސްސަ؟ގެވެށި އަނިޔާ އާއި ކުޑަކުއްޖަކު ބެލްކަނިން ވައްޓާލަން ބުނި ކަމުގެ ތުހުމަތަކީ މުޖުތަމަޢުއަށް ނުރައްކަލަކަށް ނުވަނީ ތޯ؟

  26
 3. ހަފުސް

  އީސަ އޯކޭ؟

  18
 4. ޕާޕަ ޕާޕާ

  ލިބުނު ފުރުސަތުގައި މޑޕ އަށް ސޮއިކުރިނަމަ ހުދު ކާފޫރަށްވާނެ. ވިސްނުމެއްނެތް އިންސާނެއް.

 5. މަގޭ

  އެމްޑީޕީ ގުންޑާކުވެއް ޖެއްޔާ އޯކޭވާނެ

 6. އަލަކުރި

  ރައީސް ނަޝީދު އިންތިހާބް ވިއިރު ސްޕްރީމް ކޯޓްގެހުކުމް އެބައޮތް ޕްރޮސެކިއުޓަރ އަށް ނުކެރުނީތޯ އެމައްސަލައިގަ ކޯޓަށް ދާން ނަޝީދު އިންތިހާބީ މަގާމަކަށް އަުމަކީ ކުށެއް ނުކުރުމެއް ނޫނެއްނު ދޯ ޕީޖީ އަދިމާކުން ނައީމު މަގާމުން ދުރުކުރި ގޮތަށް ނަޝީދު ވެސް ދުރުވކުރަން ޖެހޭނެ. ޕީޖީ އަށް ފެންނަ ގޮތް