ފޭސްބުކު ފަދަ ތަންތަނުގައި ހުންނަ ހަބަރުތަކަށާއި އެހެން ޕޯސްޓުތަކަށް، ހަގީގަތެއް ބެލުމެއް ނެތި ކޮމެންޓުކުރާ މީހުން ވަރަށް ގިނައެވެ. ކޮންމެ ފަހަރަކު މިގޮތަށް ދެއްކޭ ވާހަކައަކުން މާބޮޑު ކަމެއް ނުވި ނަމަވެސް، މިހެން ''ހަގީގަތެއް ބެލުމެއް ނެތި'' ދައްކާ ވާހަކައަކުން މީހެއްގެ ދިރިއުޅުމަށް ކިތަންމެ ބޮޑު އަސަރެއްވެސް ކޮށްފާނެ އެވެ.

އިއްޔެ ރޭ ދަންވަރު މާލޭ ފިޔާތޮށި މަގު އިތާ ގޯޅިގަނޑުތެެރޭގައި ހުންނަ ގެއެއްގެ ފަސްވަނަ ފަންގިފިލާއިން މަގުމައްޗަށް ވެއްޓުނު މީހަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. މ. އެންދެރިކުރި ނަމަކަށް ކިޔާ އެ ގެއިން މީހަކު ވެއްޓިފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެރޭ ދަންވަރު 1:30 ހާއިރުއެވެ.

ފުލުހުން އެސަރަހައްދަށް ގޮސް ވަގުތުން އުމުރުން 21 އަހަރުގެ އެ ފިރިހެންމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެެވެ. އިއްޔެ ފަތިހުން ފެށިގެެން މީޑިއާތަކުން މި ހާދިސާގެ ވާހަކަ ރިޕޯޓުކުރަން ފެށިއެވެ. އެއީ ކިހިނެއް ވެެގެން ވެެއްޓުނު މީހެއްކަމެެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

"ވަގުތު" އިން މި ހާދިސާ އާއި ގުޅިގެން ޝާއިިއު ކުރި ޚަބަރަށް ފޭސްބުކުގައި ކޮމެންޓުކުރި "ހަަމްދު ޒާހިރު" ނަމަކަށް ކިޔާ މީހަކު ވަނީ އެއީ "އަންހެނަކު ކައިރިއަށް ވަދެ" އޮތް މީހެއް ކަމަށް ބުނެ އެމީހާގެ އަގު ވެއްޓޭގޮތަށް ހަަޑިހުތުރުބަހުންް މުހާތަބުކޮށް ކޮމެންޓުކޮށްފައެވެ. މިއާއެކު ގިނަ ބަޔަކު އޭނާގެ ވާހަކަ ގަބޫލުކޮށް އިމާރާތުން ވެއްޓުނު މީހާއަށް ނިސްބަތްކޮށް ވާހަކަތައް ދައްކަންް ފެށިއެވެ. ހަމަ އެ ޚަބަރަށް ކޮމެންޓުކުރި "އަފްޒަލް އާއްކޮ" ނަމަކަށް ކިޔާ މީހަކު ވަނީީ އެއީ ވެއްޓުނު މީހެއް ނޫން ކަމަށާއި، "އަންހެނަކު ކައިރިއަށް ވަދެ އޮއްވާ ބަސްޓުވެގެންް" ފުންމާލި މީހެއް ކަމަށް ބުނެ ކޮމެންޓެއް ކޮށްފައެވެ.

އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ނަމަވެސް މި ވާހަކަތަކުގެ ސަބަބުން އިމާރާތުން ވެއްޓި އަނިޔާ ލީބުނު ފަރާތުގެ އަބުރު ވަނީ ''ވެއްޔާ މޮޑެވިފަ''އެވެ. އޭނާގެ އާއިލާއިން ވަނީ އޭނާ އާއި ގުޅޭ ގޮތުން ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.

އިމާރާތުން ވެއްޓުނު ދިވެހި ފިރިހެންމީހާގެ އާއިލާއިން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޚަބަރުގެ ކޮމެންޓު ސެކްޝަނުގައި އޭނާގެ އަބުރު ކަތިލާ ދައްކާފައިވާ ވާހަކަތައް ދޮގުކޮށްފައެވެ. ކޮންމެ ވާހަކައެއް ދައްކަމުން ދިޔަ ނަމަވެސް އެ ފިރިހެން މީހާ ވެއްޓިފައި ވަނީ އޭނާގެ މަންމަ ދިރިއުޅެމުން އަންނަ އެޕާޓްމެންޓުން ކަމަށާ އެއީ ''އަންހެނެއް ކައިރިއަށް ވަދެ އޮއްވާ'' ދިމާވި ހާދިސާއެެއް ނޫން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

އެ ޕޯސްޓުގައި ވަނީ މިއީ އާއިލާއަށް ކުރިމަތިވެފައިވާ ދަތި ދަނޑިވަޅެއް ކަމަށާއި މިދަނޑިވަޅުގައި އާއިލާއާ ގުޅޭގޮތުން އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް އެދިފައެވެ. މި ޕޯސްޓަށް ފަހު ކޮމެންޓު ކުރި އަފްޒަލް ވަނީ އެ އާއިލާގެ ކިބައިން މައާފަށް އެދިފައެވެ.

އިމާރާތުން ވެއްޓުނު މީހާގެ އާއިލާ މީހަކު ''ވަގުތު'' އަށް ބުނީ ވެއްޓުނު މީހާއި ގުޅޭ ގޮތުން ދައްމުން އަންނަ ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ޔަގީންކަމާއެކު އެނގޭ ކަމަށެވެ. އެ ކޮމެންޓުތަކުގައި ބުނެފައި ވަނީ އޭނާ އަންހެނަކު ކައިރިއަށް ވަދެ އޮއްވާ ކަމަށާ ނަމަވެސް ވެއްޓިފައި ވަނީ އޭނާގެ މަންމަ ދިރިއުޅެމުން އަންނަ އެޕާޓްމެންޓުން ކަަމަށެވެ. އެހެން ކަމުން ދައްކަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުންޏެވެ.

''އަހަރުމެންނަށް ތިކަން ހިނގީ ކީއްވެގެން ކަމެއް އަދި ނޭންގުނަސް ވަރަށް ޔަގީންކަމާއެކު ބުނަން ކެރޭނެ އޭނަ ފަލީހަތްކޮށް އެ ދައްކަނީ ދޮގު ވާހަކައެއްކަން. އޭނަ ވެއްޓުނު ގެއަކީ އޭނަ މަންމަ އުޅޭ ގެ'' އޭނާ ބުންޏެވެ.

އިމާރާތުން ވެއްޓިފައިވާ މީހާއަކީ ކައިވެންޏެއް ކޮށް އޭނާގެ ރަށުގައި ވަރަށް އުފަލުގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. އަދި އޭނާގެ ކައިވެންޏަށް މިހާތަނަށް ދެ ދަރިންވެސް ލިބިފައި ވެއެވެ. ވެއްޓުނު މީހާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ކަަމަށް އާއިލާ އިން ބުނެއެވެ.

މިހަފްތާގައި އިމާރާތުން މީހަކު ވެއްޓުނު ދެހާދިސާއެއް ހުޅުމާލޭގައި ވެސް ހިނގާފައި ވެއެވެ

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ......

    ވަރަށް ރަނގަޅު މީހުންގެ އަބުރަށް އަރައިގަނެވިގެން ނުވާނެ...ހަމަ މިގޮތަށް ސިޔާސީ ގޮތުންނާއި ކުށް ސާބިތުނުވަނީސް އާއި އަދި އެހެންވެސް ކަންކަމުގައި ނޫސްތަކުން މީހުންގެ އަބުރަށް އަރައިގަންނަމުން ދާކަމީ މުޖުތަައު ފަސާދަވެގެންދާ އެއް ސަބަބު ކަމުގައި ބުނެލަން ޖެހޭތީ ހިތާމަކުރަމެވެ...ނަމަވެސް ހަގީގަތް ބަދަލެއް ނުވާނެ އެވެ...ގަބޫލު ކުރިޔަސް ނުކުރިޔަސް ދޮގެއްވެސް ނުވާނެ އެވެ....މިގައުމުގެ ތެރޭ މިއަދު ހިނގަމުންދާ ފަސާދަތަކުގެ އެއް ހިއްސާދާރަކީ މީޑިޔާތަކެވެ...ފައިސާއަށްޓަކައި ހެދުނު ގޯސްތަކެވެ...ޒިންމާދާރުކަން ކުޑަ ވާހަކަތަކެވެ....އިހުގެ ޒަމާންތަކުގައި ބާޒާރުތައްމަތީ ބެރުޖަހާ ވާހަކަ ކިޔާދޭން އުޅުނު މީހުންގެ ވަޒީފާ މިއަދު އަދާ ކުރަނީ މީޑިޔާތަކެވެ...އެއީ އޭރުގެ މީޑިޔާ އެވެ...ހައްދެއް މިނެއް ނެތްހާ ހިތާމައެވެ...ދަރީންގެ ދަރީންނަށްވެސް ހުރި ގެއްލުންތަކެވެ....

    9
    1
  2. ޜޮން

    އަޅޭ. އެކަމަކު ކުރިން ބުނީ 21 އަހަރުގެ ފިރިހެނެކޯ. މިހާރު 32 އަހަރަށް ބަދަލު ވެެއްޖެ. އަވަސް ސިފާއެއް މިންވަރު ކޮށްދެއްވާށި

    6
    1
    • ކަލޯ

      ހަސްފަތާލުގައި އެނދުމަތި ކޮށްފައި އޮންނަތާ 11 އަހަރު ވެއްޖެ.

  3. ހަމްދު ޒާހިރު

    އަދިވެސް ކީއްވެ ކަމެއް ނުބުނެވެ އެއްނު. ދަންވަރު މަންމަ އުޅޭ ގެއިންވެސް ވެއްޓޭނީ ކޮންމެވެސް ބޮޑު ކަމެެއް ލައިގެންތާ..
    ވަރުގަދަ ބޮޑު ސިއްރެއް ވާނެ ތި ކަމުގެވެސް ފޮރުވިފަ މި އަދު ތިހެން ހަބަރެެއް ލިޔެލައިގެން ދޮގުތަ ކެއް ހަދާލެވިދާނެ

    11
    5
    • Anonymous

      ކަލޭ އޭނަޔާ ޖައްސާލައިގެން ތަ ތި އުޅެނީ؟ މީހަކާ ބެހޭގޮތުން ދައްކާނެ ރަނގަޅު ވާހަކައެއް ނެތިއްޔާ އެއްވެސް އެއްޗެއް ނުބުނަންވީނު. ވަރުގަދަ ހަމްދު ޒާހިރެއްނު މީ.

  4. ރެފްރީ

    އަވަސްޝިފާއަކަށްއެދެން

  5. ބެލެނިވެރިން

    ތިއާރޓިކަލް ގަ އެމީހާ ވެއްޓެން ދިމާވިސަބަބު އިނގިފައެއް ނެތް ، މުޅިން ވެސް އޮތީ ދިފާއުގަ ވާހަކަ ދެކެވިފަ

    1
    1
  6. މިވެސް

    ނޫސްތަކާއި ސޯސިއަލް މީޑިއާގެ ކޮމެންޓްތަށް ބަލާލީމަ އެނގޭނެ މިހާރު އުޅޭ މީހުންގެ އަހުލާގީ ފެންފަރު، އިއްގެ އެޗް.ޕީ.އޭ ޕްރެސްގަ ނޫންވެރިޔަކު ކުރި ސުވާލުން ދޭހަ ކޮށްދެނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކަށް އެއިރެއްގަ ހުންނަ ބޭފުޅަކީ އެއްވެސް ގަދަރެއް ދޭންޖެހޭ ބޭފުޅެއް ނޫންކަން އާންމުންނަށް ވިސްނަދޭން މަސައްކަތް ކުރާކަން، އެއީ ބައެއް ނޫސްވެރިންގެ ފެންވަރ. މިކަންކަން ހައްލުކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށް އެކަށީގެންވާ ތަމްރީން ލިބިގެން ނޫސްވެރިކަން ކޮށްގެން. މީހެއްގެ އަބުރަކީ ކިހާވަރެއްގެ އެއްޗެއްކަން އެގި އެކުރެވެނީ ކީއްކަން އާންމުންނައްވެސް އެނގިގެން. މިއީ ނާތަޙުޒީބު މުޖުތަމަޢުތަކުގާ ކަންކަން ހިނގާގޮތް، އެގޮތަށް ޢމަލުތަށް ބަހައްޓަ ބަޔަކަށް ހޭލުންތެރި ބައެކޭ މޮޅުބައެކޭ ކިޔޭނެ ގޮތެއް ހިއެއްނުވޭ އޮންނާނެ ހެނެއް، މޮޅުގޮތަކީ ވިސްނާ ހެޔޮގޮތް ކަންކަމުގަ ހިޔާރުކުރުން، ކޮމެންޓް ލިޔެވޭނެ ސުވާލުކުރެވޭނެ މިނިވަންކަން އޮތަސް ހެޔޮގޮތުގަ އެކަންކަންވެސް ކުރުން.