ފުލުހުންގެ ބަންދުގައި ހުރެފައި ބަންދުން ދޫކޮށްލުމަށް ފަހު ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
އެ މީހުން ފިލާފައި ވަނީ ހުކުރުގެ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކޮވިޑަށް ފައްސިވެފައިވާ ދެމީހަކު ބަންދުން ދޫކޮށްލުމަށްފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑަށް ފެސިލިޓީއަށް ގެންދަނިކޮށެވެ.
އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެގޮތުން އެ މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ލިިބިފައިވޭތޯ ބެލުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ، އެ މީހާއި ގުޅޭ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ.
މިއީ ކޮން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެމީހުން ފިލީ ކިހިނެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ތިޔައީ ގަދަކަމުން ގެންދަން އުޅޭތީ އަހަރުމެން ރޮއެ އާދޭސް ކޮށްގެންވެސް ނުގެންދޭ
ތިޔަ މީހުންގެ ވަނަވަރު ކޮބައިތަ... އެމީހުންނަކީ ޤާނޫނު ތަކަށްވުރެން މަތީގައި ތިބި ބަޔަކީތަ..