އައްޑޫސިޓީ ލިންކްރޯޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކާރު ފުރޮޅާލާފައިވަނީ މެންދުރުގެ ވަގުތެއްގައި ލިންކްރޯޑުގައި ހުންނަ ކުނިކޮށި ސަރައްދުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

އައްޑޫސިޓީ ލިންކްރޯޑަކީ މިފަދަ ގިނަ ހާދިސާތައް ހިނގަމުން އަންނަ ލިންކްރޯޑެކެވެ. އަދި ގިނަ އެކްސިޑެންޓްތައް ވެސް ހިނގަމުން އަންނަ ތަނެއްކަން ފާހަގަ ކޮށްލެވެއެވެ. މިފަދަ އެކްސިޑެންޓްތަކުގައި ގިނަ ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާޑު

    ކާކު ބުނީ އެ ކާރު އެމަގުން ފުރޮޅާލީއޭ... ރީތިގޮތަކަށް ޕާކުކޮށް ކުނިކޮށްޓާ ހަވާލުކުރީކީ ނޫންތަ...

  2. ޢަހޮމަދު

    ޢެއޮތީ މަޑުމަޑުންގޮސް