ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އާދަޔާއި ހިލާފަށް އިތުރުވަމުން ދާތީ މާލެ ފުރަބަންދު ކުރަން ސިއްހީ މާހިރުން ރައީސް އަށް ހުށަހެޅުއްވުމުން، ފުރަބަންދު ނުކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަން އެނގިއްޖެއެވެ.

މީގެ ކުރިން ސިއްހީ ދާއިރާގެ ބޭފުޅުން ވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރުމަށް ރައީސަށް ހުށަހަޅާފައެވެ.

އެ ހަބަރު "ވަގުތު" ގައި ގެނެސް ދިނުމުން އެދުވަހު ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މާލެ ފުރަބަންދު ކުރަން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ޓެގްއިން ރައީސަށް އެގޮތަށް ހުށަހެޅިކަން މަބްރޫކު ދޮގު ކުރައްވާފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އެ ހުށަހެޅުން ލިބުމުން ރައީސް ނިންމެވީ މާލެ ފުރަބަންދު ކުރުމުގެ ބަދަލުގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށެވެ.

އެގޮތުން ސަރުކާރުން މިއަދު ވެސް ވަނީ މާލެ ފުރަބަންދުނުކޮށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

އެނގިފައިވާ ގޮތުން ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން އަޅާ އެންމެ މުހިންމު ފިޔަވަޅަކީ ކާފިއު ގަޑި އިތުރު ކުރުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ބެންލާލަ

  😂😂😂😂😂 އެކަ މުއަޅެވާދޯ ކިހިނެތްތަ އެކަން އިނގުނީ އެވަރުން ސިއްރު ކޮށްގެން އުޅުނީ މަވެސް ، ސަލާ މަތެއް ނެތެއްނުން ދޯ ވަގުތަކާ ހެދި!

  45
  2
  • ޒައިކް

   ވަގުތުގަ މާކުރިން ޖަހާތީއޭ އެ ނުކުރަނީ.. ދެން ފަހަރަކުން ނުޖަހާތި މިހާރު ނެތް މިކަން ހައްލުވާކަށް މަދުވެގެން 1 މަހަށް ލޮކްކުރަންޖެހޭ..

   24
   2
   • ނަޖޫ

    ލޮކްޑައުން ކޮެްގެންވެސް ނެތް ވާކައް ހަމަ

 2. Anonymous

  .thikan maa kurinves ingey

  27
 3. މާލެ މީހާ

  ޟުކުރިއްޔާ ރައީސް އިބޫ ސޯލިޙް

  22
  51
  • ޢަހޫ

   ޜަގަޅު އޭ ރުންތާ ކޮވިޑްޖެހިގެން ގޭގަހުންނަމީހާޢަށްވެސް ކައިޜި ހޮޓާތަކަށް ކޮފީތަށި ބަލާދެވޭނީ. ސޯލިހަށް ވަރަށް ސަލާމް.

   18
   1
 4. ސަރީ

  ގިނައިން ކެވޭނީ އޭރުން

  58
  3
 5. އަހްމަދު

  ތިވަރުން ފުދޭނެ ހެނެއް ހީއެއްނުވެ.
  ސިޔާސީ މީހުންނީވެސް އަދި ތިބޭފުޅުން ޚާއްސަ ހުއްދަ ދެއްވާ ބޭފުޅުންނީވެސް ބަލި އުފުލޭނެ ބައެއް ކަމަށް ދެކިގެން ނޫނީ މި ކަމުން އަރައިގަނެވޭނެ ހެނެއް ހިއެއް ނުވެ.
  މިހާރު މިދާރޭޓުން މަތީގަ މިބުނި ކަންތަކާއެކު މާލެ ފުރަބަންދު ކުރުންހެން ހީވަނީ ކިރިޔާވެސް މިކަން މައިތިރި ކުރެވޭނެ ގޮތަކީ

  51
  2
 6. އެމަންޖެ

  ކޮވިޑް ގައި ނިޔާވާ އެންމެގެ މަރުގެ ދިޔަ ސޯލިހު ދޭން ޖެހޭނެ އެހެންވީމަ. ސޯލިހަކައް ރައީސް އެކޭ ނުކިޔާނަން ސޯލިހާ ނަޝީދަކީ މިގައުމުގަ ކޮވިޑް ފެތުރި ބަޔަކީ.

  76
  6
 7. ލޮލްބެ

  ދޮގު ހަބަރު ޅިޔެފަ ދެން މޮޅުއެއްޗެކޭ ވީދެނީދޯ.

  11
  47
 8. މޙއމދ

  ސޯލިބޭ! އެެއްގޮތަކަށް ވެސް ރައްޔިތުނާއި ދޭތެރޭ ނުވިސްނާ.. ތީ ރައްޔިތުންގެ ވެރިޔެއް ނޫން..މި ކުޑަ ކުޑަ ޤައުމާއި ރައްޔިތުން ހާލުގައި ޖެހި ނެތި ދަނީ..

  71
  8
  • ރާގޮޑިރާޖަ

   ދިވެހިންކޮޅު މަ ރުވަމުންގޮސް މަދުވީމަ އިންޑިއާއިންނާއި ޗައިނާއިން މީހުންގެނެސްގެން އަނެއްދިވެހި ރާއްޖެ އުފައްދާނީ

   18
   2
 9. ަަޝްފާން

  ބޭރުގެ އިމާޖެންސީ އެހީ އަށް އެދެންޖެހޭ ދަރަޖައަށް ރާއްޖެ މިމީހުން ވައްޓާލައިފި. އިގުތިސޯދުވެސް ފުނޑިފަ.. ސަރުކާރަކު ފައިސާއެއްވެސް ނެތް.. ކަރަޕްޝަންވެސް އެހާބޮޑު.. ކޮވިޑު މަރުތައް ހައްދުންނައްޓައިފި.. ވެރިޔަކައް ހުރިމީހާގެ ބޮލަކައް ފުރަބަންދު ވިސްނޭވަރެއްނޫން ގައުމުގެ މާލީ ހާލަތު ދަށައްގޮސް ބިކަވެފައިވާ މިންވަރުގެ ސަބަބުން. ދެން މިދައްކަނީ އަދިވެސް އިންޓަނެޓޭ. އޭނާގެ އަނގައިން މިވަގުތު ގިނައިން އިވެންޖެހެނީ ވެކްސީންގެ ވާހަކަ.

  57
  5
 10. ކުލި ދައްކާ މީހާ

  ފުރަބަންދުކުރަން ގޮވާއިރު އަމިއްލަ މަސައްކަތް ކޮށް ދިރިއުޅޭމީހުނަށް ވިސްނާލަބަލަ. ސަރުކާރުން މުސާރަ ދީގެން ގޭގަ ސަރުކާރު މުވައްޒަފުންލައްވާ މަސައްކަތް ކުރިޔަސް އަމިއްލަ މަސައްކަތްކޮށްގެން ކައިގެން ބޮއެގެން އުޅޭ މީހުން އުޅެނީ ވަރަށް ހާލުގަ. ރައްޔިތުން ހަނާ ނުކުރޭ.

  40
  8
  • ބުއްޅަބޭ

   ސިއްހީ ހިދުމަތްތެރިން ހަނާވަނީ...

 11. ޝަފީގު

  ބޭރުގެ އިމާޖެންސީ އެހީ އަށް އެދެންޖެހޭ ދަރަޖައަށް ރާއްޖެ މިމީހުން ވައްޓާލައިފި. އިގުތިސޯދުވެސް ފުނޑިފަ.. ސަރުކާރަކު ފައިސާއެއްވެސް ނެތް.. ކަރަޕްޝަންވެސް އެހާބޮޑު.. ކޮވިޑު މަރުތައް ހައްދުންނައްޓައިފި.. ވެރިޔަކައް ހުރިމީހާގެ ބޮލަކައް ފުރަބަންދު ވިސްނޭވަރެއްނޫން ގައުމުގެ މާލީ ހާލަތު ދަށައްގޮސް ބިކަވެފައިވާ މިންވަރުގެ ސަބަބުން. ދެން މިދައްކަނީ އަދިވެސް އިންޓަނެޓޭ. އޭނާގެ އަނގައިން މިވަގުތު ގިނައިން އިވެންޖެހެނީ ވެކްސީންގެ ވާހަކަ.

  25
  3
 12. މަބޫރު

  މަރުވާ މީހުންގެ ޒިންމާ ނަގަން ކެރޭނެބާ؟ އެވެސް ނުރޮއި

  39
  5
 13. މުރާސިލް

  މާލެ ލޮކްޑައުން ނުކުރަން ސަރުކާރުން ރައީސް ސޯލިހް ނުނިންމަވަނީ އެއީ އެމަނިކުފާނަށް އޮތް ޗޮއިސްއެއް ނޫންކަމަށް ޚުދު އެމަނިކުފާނަށް ޔަޤީންކުރެވޭތީއެވެ. ސަބަބަކީ އެފަދަ ޙާލަތެއްގައި ސަރުކާރަށް ރައްޔިތަކަށް އިތުރަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީމައެވެ. މިސަރުކާރަކީ ރައްޔިތަކަށް -/3 ރުފިޔާއަށް ދޭ 500 އެމްއެލްގެ ފެންފުޅިއެއްވެސް ދިއްކޮށްލެވޭވަރަށްވުރެ ނިކަމެތި ސަރުކާރެކެވެ. ކޮވިޑުގައި މަރުވާ މީހުންނަށްވުރެ ދެން މާލެ ލޮކްޑައުން ކޮށްފިައްޔާއި ބަނޑަށް މަރުވާމީހުންވެސް ގިނަވާނެކަން އިބުރާހިމް މުޙައްމަދު ސާލިހަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

  37
  6
 14. އަލީ

  ޢާން އެއްގަތަކަށް ވެސް ފުރަބަންދަކަށް ދާނެކަމެއް ނެތް. ޙަމަ މިތެޅެން ޖެހޭ ގޮތަށް އެތަށް ދުވަހެއް ވަންދެން ތެޅެމާ ހިނގާ.

  33
  5
 15. އަލި

  ސިފަންނާއި ފުލުހުންނަށް މި ބަލި ކޮންޓްރޯލް ކުރަން ލަގަން ދޭކަށް އަދި ވެސް ނުވޭތަ
  ރާއްޖޭގައި މީގެ ކުރިން ސިފައިން ފުލުހުން ކޮންމެ ކަމެއް ކޮންޓްރޯލް ކުރީ ދުވަހަކު ސަރުކާރުގައި ނޫޅޭ މީހުންގެ އަތްމައްޗަށް ގައުމު އައިމާ ހަދާނެ ގޮތް ހުސްވީތޯ

  38
  3
 16. ދިވެހިން

  މިހާލަތުގަ މިގައުމުގެ ވެރިކަމުގަ ރާއީސް ޔާމީން އަބްދުލް ގައްޔޫމް ހުރިނަމަ މިގައުމު މިހާލަތަށް ނުދާނެކަމީ ކަށަވަރުވެ ޔަގީން ވާކަމެއް.. މޑޕ ގެ ވެރިކަމެއް ގެންނަންށާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވޯޓް ދެވުނީތީވެ މިހާރު ޙިތާމަ ކުރަން..🙏🙏

  58
  6
  • Anonymous

   ޔާމީނޭ... އޭނަ އޮންނާނީ އާރަށުގައި ހަދަންއުޅުނު ގަނޑުވަރުގައި ރަން ތާސްބައިން ތާސްކުޅެން...
   ޒުވާނުންނޭ ޤައުމޭ ކިޔާފަ ޓޮޕްޓެން ކުދިންނަށްޓަކާ 2 ގަޑިއިރު ކެތްނުކުރެވުނު ވެރިއެއް... މިވަރުގެ މީހަކު ދެރަނިކަމެއްޗަކަށް ބަލާލާނެތަ... ބޮޑާމީހެއް ހުވާ!

   9
   21
  • ފަަާތު

   ޔަާމިީނު ހުޜިނަމަ މިހަާޜު ތިބެޭނިީ މަ ރުވެފަ ނުޫނިީ ބަނޖެހިފަ

   5
   23
  • ރާގޮޑިރާޖަ

   ޔާމީނު މިވަގުތު ރާއްޖޭގެ ވެރިކަމުގައި ހު ރިނަމަ ރާއްޖޭގަ ހުންނާނީ ހުސްވަޅުގަނޑުގަނޑު

   7
   23
 17. ޕާރޓީ ސިސްޓަމް

  އަދިވެސް ވާނެ މަށަށް ވާނެޔޭ ކިޔާފަ އިންތިޙާބާ އެއްޗެހި ބާއްވަން. ތިމާވެށްޓަށް ވުރެ ތަރައްޤީ މުހިންމުވީހެން ރައްޔިތުންގެ ސިއްޙަތަށް ވުރެ ސިޔާސީ ނުފޫޒު މުހިންމު ވީމަ އެކަމުގެ ހިތި ނަތީޖާ ތިތަ ފެނިވަޑައިގަންވަނީ. ދެން ކިޔާ ފަރުދީ ޒިންމާ އޭ، ރައްޔިތުންގެ މައްސަލަ އޭ. ހުރިހާ އިންސާނުން ވެސް ނިމިގެންދާނީ. ކަށްވަޅަށް ތި ދާއިރާތަކުގެ ގޮނޑިތަކާއި މަޤާމުތައް ގެންދެވޭނެ ކަމަށް ހީކުރަނީބާވައެވެ؟

  30
  1
 18. ޙަސަންބޭ

  ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް މާލެ ފުރަބަންދުކުރުމަކީ އުނދަގޫފުޅު ކަމަކަށް ނުވާނެ. އަދި ޤައުމު ފުރަބަންދު ކުރައްވަންވެސް އެހާމެފަސޭހަކަމެއް. އެހެންނަމަވެސް ވަސީލަތް މަދު ޤައުމެއް ކަން ރައްޔިތުން އަމިއްލައަށް އެނގިގެން މަސައްކަތުގެ މާޙައުލުގައިވެސް ފަރުދީ ޒިއްމާނަންގަވައި ޒިއްމާދާރުވާންވީ. އެއީފައިސާ ފުންޏަކުން ކުރަންއޮތްކަމެއްނޫން. އަމިއްލަ ނަފުސު ސަލާމަތްކުރުމަކީ ރައީސްގެ ޒިއްމާއެއްނޫން. ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ތައްވެސް ހިންގަންވީ. އެކަމަކު ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތްތަވައި ޢަމަލުކުރައްވާ. މާސްކް އަޅުއްވައިގެން ނިކުންނަވާ. ރައީސަށްތޯ ރައްޔިތުން އަތްދޮވެ ސެނިޓައިޒްކުރުމުގެ ޒިއްމާއޮތީ. އެއްބޭފުޅަކު އަނެއްބޭފުޅެއް މޫނަށް ދުން ނުބުރުވޭގޮތައް ތިއްބަވައި ދުންފަތުގެ އިސްތިއުމާލު ކުރައްވާ. އެފަދަކަންތައް މަނާކޮށްފައިވާ ތަންތަނުގައި އެކަންތައް ނުކުރައްވާ. ގްރޮސަރީ ނުވަތަ ކަންމަތީފިހާރަފަދަ ތަންތަނަށް ވަންނަވާ ކަނޑައެޅިފައިވާ ޢަދަދަށް. މިއީ ރައީސަކަށް ބެއްލެވޭނެ ކަމެއްނޫން. ބަލިން ދުރުގައި އުޅެވޭނެ ގޮތްތައް އެނގިވަޑައި ރައްޔިތުން ތިއްބަވައިގެން ގޭގައި ބަލީގެ ޢަލާމާތެއް އެއްވެސް ބޭފުޅެއްގެ ކިބައިން ފެންނަކަމަށްވާނަމަ ކަމާގުޅޭ އިދާރާތައް ފުލޫކްލިނިކް ފަދަ ތަންތަނަށް އަންގަވާ. ވަންހަނާކުރަންޖެހޭ ކަމެއްނޫން އެފަދަކަންތަކަކީ. ޢާއިލާގެ ސަލާމަތްތެރިކަން ހޯދަން އަމިއްލަފުޅަށް ޒިއްމާނަންގަވާ!

  27
  6
  • ކޮވިޑް

   ހަސަންބެ އަޅެ ބުނެބަލަ މީ އެމްޑީޕީ ވެރިކަމެއް ނޫންނަމަ އެމްޑީޕީ މީހުން މިހާރު ތިބޭނީ ކޮންތާކު؟ މަރުވި މީހުންގެ ޒިންމާ އަޅުވާނީ ކާކު ބޮލުގަ؟ ވ ރީތިކޮށް ކޮމެންޓް އެއް ކުރެވިދާނެ. މިހާރު އިނދިކޮޅުގަ ތިބީ އެމްޑީޕީ ކަހަލަ ވަކަރުގޭ ކުދިން ނަށް ނުވާތީ އެތިބެނީ މަޑުމަޑުން. ދެ އަހަރުވަނީ އޭ ރޭވުންތެރި ކަމާއެކު ފިޔަވަޅު އަޅަން ނޭންގުނީ ރައްޔަތުންގެ ކުށަކަށް ވީ ކީއްވެތޯ؟ ރައްޔަތުން ނަށް ނުވާތީ ރައީސަކާ މަޖިލީހަކާ ކައުންސިލް ހޮވާފަ އެ ތިބީ. ދެން މިހާރު މާ ރައްޔަތުންގެ އިޙްމާލް މީ މާ ފައްކާ ކަމަކަށް ވެއްޖެ ހަސަންބެމެން ކަހަލަ މީހުނަށް،

   15
   2
  • ހަޔަސިންތް

   ރާވެރިންނަށްވާނެވަރުތިއޮތީވެފަ މިހާރުމިއޮތީ ނަފުސީ ނަފުސީ އަށް ބަދަލުވެފަ މިއޮތީވާވަރުގަދަ ތަރާދައެއް

 19. ނަޖީ

  ރައީސް އެކޭ ކިޔާފަ ބަހައްޓާފަ ހުރިމީހާ. ކޮވިޑް ބަލީގަ މަރުވެެގެންދާ މީހުންނާ ދެންތިބި މީހުންގެ ރުއިމާ ގިސްލުމުގެ އަޑު ކަލެޔަށް ހަމަ ނީވެނީތަ. ހަމަ ގޮތުގަ ތި ހުންނަނީ

  17
  2
 20. ގާދިރު

  ކުދި ވިޔަފާރިތައް ހަލާކުކޮށްލަން ކުރާކަމެއް ޖީބަށްލެވޭބައިވެސް ބޮޑުވާނެ ފުރަބަންދު ކޮށް މިކަންނިމުނީމަ ލާރި ނުލިބޭނެ އެކަމަކު ފުރަތަމަ ދުވަހު ޓީވީ އަށް އަރާރުއި އިރުގަ ހީވަނީ އެހެންފަދަ ކަމެއްހެން

  12
  1
 21. އުސްމާނުބެ

  މިދިޔަ އަހަރު ، ކޮވިޑް ފެތުރެން ފެށިއިރު ހަރަދަކައް ބެލުމެއް ނެތޭ ކިޔާފަ ހުރިހާ ފިޔަވަޅު ތަކެއް އެޅީ ، ލިބުނު އެހީ އަކާ ކުރި ހަރަދަކާ ، އެކޭބަޔަކާ އިގޭނީ ތިބޭފުޅުންނައް.... ދެންމާދަމާ ގައުމާ މުހާތަބު ކޮއްލާފަ ކީރިތި ކުރެއްކީމަ ހުރިހާކަމެއް ރަގަޅުވާނެ....
  އެޗްޕީއޭއިންވެސް ކިޔަނީ ފަރުދީޒިންމާ ނަގާށެ. ރާއްޖޭގެ ނިސްބަތުން ބޮޑު ޕަސަންޓެއް ތިޒިންމާ ނަގާ އެކަމަކުވެސް އެޒިންމާ ނަގަން ނޭގޭ ނުވަތަ ބޭނުންނުވާ މީހުންވެސް އެބައުޅޭ އެހެންވެ ހަރުކަށި ފިޔަވަޅު ބޭނުުންވަނީ އެބަޔަކު މައިތިރިކުރަން. ދެން މިހެން ބުނީ މައެއްބަޔަކު ބުނާނެ ތިމަންނަމެން ކޮވިޑް އެއްނޫނޭ ބަޑައް ތިބެގެން ނޭމަރުވާނީ ، ކިތައް މީހުންބާ މިދިޔައަހަރު ބަޑައް ޖެހިގެން މަރުވީ ، އަޅުގަޑަކައް ހިޔެއްނުވޭ މަރުވިހެންނެއް އަދި ހަމަ ދަތިހާލުގަ އުޅުނު އެތައްބަޔަކައް އެތައް ދީލަތި ބަޔަކު އެހީވެސްވި.
  ދެން އޮތީ ސިޔާސީ ބޭނުމައް އެދުވަސް ކޮޅޫ އެލެކްސް އޭ އެކިޔާ ބުރާންތި އޭނަ ކާރިޔައް ދާ ހުރިހާ ވަފުދުތަކައް ބޭނުުން ކަމެއް ކުރެވޭ ގޮތައް އަޅާފަހުރި ހުރިހާ ފިޔަވަޅު ތަކެއް ފުޑާލުން.
  ދެން އަނެއްކާ މިބުނަނީ ފަރުދީ ޒިންމާއޭ ،
  އަޅުގަޑު ވިސްނާގޮތުގައި ގައުމުގެ ކޮންމެ މީހަކު ބޭނުން ހާގޮތަކައް ކަންކަމެއް ނުވުރެވޭނެ ، އަދި މިހުރިހާ ކަމަކާއެކު ، ފަރުދީޒިންމާއާ އެކު ކޮންމެ ފަހަރަކު ސަރުކާރެއް މިހޮވަނީ އެހުރިހާ ކަމެއް ވީއެންމެ ރަގަޅައް މެނޭޖް ކުރަން ، ހަދާނެ އެއްޗެއް ހަދާފަ ފަރުދީޒިންމާ އޭގޮވާކައް ނޫން، އެހެން ކަމައް ވަންޔާ
  ތިހުރިހާ ބޭފުޅުން ފުރަތަމަކަކައް އިސްތިއުފާދެއްވާފަ ގެޔައް ވަޑައި ގަންނަވާ ، އަދި ސަރުކާރުގެ ހުރިހާ މުއައްސަސާތައްވެސް ބަންދުކުރައްވާ... ބައިތުލް މާލައް ލިބޭ އެއްޗެއް ހުރިހާ ރައްޔިތުންނައް ހަމަ ހަމަ އުސޫލް އިން ބައްސަވާ ދެން އެމީހަކު އެމީހެއްގެ ފަރުދީ ޒިންމާ ނަގައިގެން އުޅެން ދޫކޮއްލާ..... މާދަމާވެސް ތިތަނުން ބޮޑެއްގެ މީހަކައް ކަމެއް ވެއްޖެޔާާ ހަމަ ވީއައިޕީ ސާވިސް ލިބިލައްވާނެ .... މިކަންތައް ހައްލު ނުވަން ޔާ ހަމަ ހުރިރައްޔިތުން ބިކަވެދާނީ ، މިވީ ހުރިހާ މަރުތަކަކުން ކިތަންމެ މަރެއް މީ ރަގަޅައް ކުރަންޖެހޭ ކަންތައްތަ ކުރިނަމަ ސަލާމަތްވީ ބައެއް.
  ލާރިކޮޅަކާހެދި ބޯޑަރު ހުޅުވައިގެން ތިބެގެން ތިއްބާ އެންމެ ފަހުން އެގައުމުތަކުން ރާއްޖެއައް ދަތުރުކުރުން ހުއްޓާލާނީ އެކަން މިހާރުވެސް މަޑުމަޑުން އެބަފެނޭ . ނިމޭއިރު އެއްކޮޅެއްގައި ވެސް ނުޖެހި މެދުން ބިދޭނީ... އެދުވަހުންވެސް ކާލޭމެންދާނެ އިގިރޭސި ވިލާތަށާ ޖަރުމަނުވިލާތައް ދާނެ.. އަހުރެމެން ދިރިތިބިއްޔާ މިތާތިބޭނީ

  10
  1
 22. Anonymous

  ބޯޓް ފަރައް އަރަންދަާއިރުވެސް މަާލިމިީ ހިނި އައިސް ފަ ލޮލައް ނުފެނެޭ ކަންފަތް ބިީރު

 23. މަސްއޫދު

  ކިޔަވައިގެންތިބި ޑޮކުޓަރުންނަށްވުރެ މި ނުކިޔަވައިހުރި މީހާ މާމޮޅު! މީނައަކީ މިގައުމަށް ޖެހިފައިއޮތް މުސީބާތެއް!

 24. ދިވެހިން

  ގުޑުމޭން

 25. Anonymous

  ކޮންމެ ކަމެއްގަ ސިޔާސީ ގޮތުން ހިތަށް އަރާހާ ވާހަކަ އެއް ނުދައްކާ ކަންތައް ތައް ރަގަޅު ކުރުމަށް ކަމެއް ކުރެވޭތޯ ބެލުން މާ މުހިއްމު. ކޮވިޑްގެ ވަބާ އިން ކޮންމެ ދުވަހަކު އަޅުގަޑުމެންނާ ވަކިވެ އެދަނީވެސް ކޮންމެވެސް ޢާއިލާއެއްގެ ބޭފުޅެއް. އެޢާއިލާ ތަކަށް ދިމާވެފައިވާ ފުން ހިތާމަ ހިތަށް އަރުވާލާފަ ނަމަވެސް ކުރީގެ ރައީސް އޭ މިހާރުގެ ރައީސް އޭ ނުކިޔާ މި ވަބާއިން ސަލާމަތް ވޭތޯ ދުޢާ ކޮށް ހެޔޮ ކަންތައްތައް ކުރެވޭތޯ ބެލުން އެތައް ހާސް ބައި ރަގަޅު ވާނެ.

 26. ޙުސެއިން

  ޢަހާކިހިނެއް މިވީ ގައިމުކުރިންބުނީ އަޑުއަހާނީ ސިއްޙީމީހުންބުނާވާހަކަކަމައް

 27. ޖޫލީ

  ކީރިތިކުރައްވާ މަހާރަދުން ކީރިތި ކުރައްވަނީ އުތަ

 28. ފަރުދީ ޒިންމާ

  ފުރަ ބަންދު ނުކުރިޔަސް ފަރުދީ ޒިންމާ ނަގާބަލަ..ގައިދުރުކަން އިސްކޮށްބަލަ ބަންދުވާން ބޭނުންމީހުންނަށް މިހާރުވެސް އެމީހެއްގެ ގޭގައި ތިބެވިދާނެ.

 29. ބުއްޅަބޭ

  ކަލޯ ޒިންމާ ނަގަން ތައްޔާރުވޭ!

 30. ތާރި

  މީހަކަށްފަހު މީހެއް މަރުވާން ދޫކޮށްގެން ނުތިބެ ރައްޔިޔުންގެ ސިއްހަތާއިމެދު އިހުމާލުކަންބޮޑު މި ނާގާބިލު ސަރުކާރު ބަދަލުކުރަން އަވަހަށް ރައްޔިތުން މަގުމައްޗަށް ނުކުންނަންވީ ވަގުތު އަތުވެއްޖެވެ

 31. ޝިރޯ

  ކިތައްމެބަޔަކު މަރުވިޔަސް އިބޫ އަސަރެއްނުކުރާނެ އެހެންނޫންވާނީ 11 ނޮވެމްބަރ 1988 ގައި
  19 ދިވެހިން ޝަހީދުކުރި ބަޔަކު ހިތަކަށް އަސަރެއް ނުކުރާނެ

 32. ބަރާބަރު

  ލޮކްޑައުން ކުރުމަކީ ޙައްލެއްނޫން. ރައީސް ތިޔަހެއްދެވީ އެންމެ ރަނގަޅަށް. ޙައްލަކީ ރައްޔިތުން ޒިންމާ ނަގައިގެން އަމިއްލައަށް ފަރުވާތެރިވުން. އަދިވެސް މާސްކް ނާޅަ ނަލަހެދިލައިގެން ދެކޮޅަށް ހިނގާ ކޮފީ ބޮވޭތޯ ބަލާ. މިއީ އަހަރެމެންގެ ދިވެހިން. ކޮލްޑައުން ކުރީމަ އަނގާ އަތާ ދިމާނުވާ މީހުން ތިބޭ. އެމީހުން އާމްދަނީ ހޯދާނެ ގޮތް ބަންދުވޭ.

 33. ިފާތުން

  ތީރަގަޅުވާހަކައެށް ސޯލިހުބޭނުން ނުވަނީ ލޮކުޑައުން ކުރަން ދައުލަތުން އެވަރަށް ކެވިފައޮތީމަ ދައުލަތް ހުސްވެފަ ހުރީމަ އެހެންވެގެން