މާލެ ސަރަހައްދު ފުރަބަންދުނުކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

"އެކަންތައް އަޅުގަނޑުމެން މި ވާހަކަދައްކާއިރުވެސް ކުރެވެމުން އެބަ ދޭ".މަބްރޫޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ފުރަބަންދު ހާލަތަކަށް ނުދާނެ ކަމަށާއި، ނަމަވެސް އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދު ކުރަން ބޭނުންވާކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ އަންގަވާފައެވެ. އެހެން ނަމަވެސް ރައީސް ނިންމަވާފައި ވަނީ ފުރަބަންދަކަށް ނުގޮސް، ފިޔަަވަޅުތައް ވަރުގަދަ ކުރުމަށެވެ.

މިހާރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އަދި އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ކޮވިޑަށް ފައްސިވާ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ. އަދި ފަހަކަށް އައިސް ދުވާލަކަށް އެކެއް ނޫނީ ދެ މީހުން ކޮވިޑް ބަލީގައި ނިޔާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަޖޭ

    ބޮވޭ ބޮނޑި މަދީތަ؟ 😡

    21
    1
  2. އަކްމެޑް

    މިހާރުވެސް މިތިބަ އުޅެނީ ބޭންކުތަކުން ފަހަތުން ދުވާވަރުން. ފައިސާއެއް ނުލިބޭ. ބޭންކަކަށް އެއެއް ނޭގެ. އެމީހުން ހީކުރާކަހަލަ ކޮވިޑް އައީ 1900 ގައޭ

    16
  3. ބުއިން

    ތަންކޮޅެއް އަވަހެއްނު

    16
    1
  4. އަލިބެ

    އަޅަނީ ފެންފައިވާން ފިޔަވަޅު

    16
    1
  5. ހަސަން

    އަދި އަވަހެއްނު.. ކޮންމެ ފަހަރަކުވެސް ވާނެ ހައެތިވީމަ އަނެއްކާވެސް އިތުރު ތަކުލީފުތަކެއް ޖައްސަނީ..

    20
    2
  6. ޖިންނި

    ފެއިލްޑް ގަވަރ މަންޓް

    21
    1
  7. އެމަންޖެ

    އަތައް ގޮވާފަ މިހާރުވެސް އޮތީ ހަމައެކަނި ހަރުކަށި ފިޔަވަޅަކައް ދެން އެޅެން އޮތީ ފުލް ލޮކުޑައުން އެއް އެކަނި.

    17
    1
    • ބީރުމީހާ

      ގޭގައި ތިބެންވީ އެންމެނަށް ޖެހިގެން ހައިތިސްކެއް އަނެއް ރިސްކެއް ނޯވޭ ހައިރިސްކު މީހާވެސް ނިދަންޖެހެނީ ދަރިންނާއެކު ދަރިން ދަނީ ވަޡީފާއަށް އަފްޒަލްމެން ރައްޔިތުންގެ ބޮލުގައި އެޅުވިޔަސް ކުރާނެކަމެއްނެތް ވަޒީފާއަށް ނުކުންނަށްޖެހޭތީ ނުކުންނަނީ މާސްކުވެސްއަޅަން

  8. ފައިޒާ

    މިއަށްވުރެ ދެން ވަކި ފިޔަވަޅު ވަރުގަދަ ކުރެވޭތަ ފުރަބަންދު ނުކޮއް.؟ ސަރުކާރުން އެބަޖެހޭ ގެނާއި ކަރަންޓު ބިލްތައް ހުއްޓުވާލަން ދެ ތިން މަހައް.

    22
  9. ސައު

    ރައީސުލް ބުހްތާން ހުރީ ހަތަރު އުދަރެސް ފެނުޖެހިފަހެން ހާދައެބަހީވެޔޭ..

    20
  10. އުޒޭރު

    ތިޔަ ދައްކަނީ ފަޓުލޫނުލައިގެން ހުރެ ހާއްޖަތައް ދިޔުން ކަހަލަ ކަމެއްގެ ވާހަކައެވެ.

    15
    1
  11. ރިޔާލް އަޒީ

    މަބޭ ކަލީ ތިކިޔަން އުޅެނީ ކީކޭ ލޮކުނުކޮއް ދޫކޮއްލާގެން އުޅެނިކޮއް އަތައް ގޮވާފާނެ ރައްޔަތުން ނިކުމެ ރަންގަޅައް ކަލެޔައް ނޫސް ކޮންފަރެންސާ ނޫސްބަޔާނާ އެކީއޮޅާލާފަ ދީފާނެ

    14
    1
  12. ސަޓޯ

    ބެސްޓްފުރެންޑު މޯދީ ހަދާހެން ބޭރުގަ އުޅޭ މީހުންގެ ފޫކޮޅުގައި ދަނޑިބުރިން ތަޅާލާ !!!

    15
  13. އަޙްމަދް

    މާލެ ސަރަހައްދު ފުރަބަންދު ކުރަން ބޭނުންވާކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ އަންގަވާފައެވެ. އެހެން ނަމަވެސް ރައީސް ނިންމަވާފައި ވަނީ ފުރަބަންދަކަށް ނުގޮސް، ފިޔަަވަޅުތައް ވަރުގަދަ ކުރުމަށެވެ.
    ——————————————
    الحمدلله
    ރައީސް އިބްރާހި ޞާލިޙަށް ހިތުގެ އެއްމެފުއްމިނުން ފަށްފަށުން ޝުކުރު ދައްނަވަމެވެ.
    އަދި ( ޓެގް) އޭ ތިކިޔާ ބައިގަނޑަށް ހިތުގައިއޮތް ނަފުރަތާ ރުޅިވެެރިކަން ފާޅުކުރަމެވެ.

    3
    18
  14. ޗަސް

    ފުރަބަންދު ނުކޮށް ކޮންހަރުކަށިފިޔަވަޅެއް އެޅެނީ
    ދުވާލަކަށްފަސްމީހުން މަރުވަމުން ދާއިރުވެސް ހަރުކަށި ފިޔަވަޅު ކިޔާފަ މީހުން އަތުން ލާރިނެގޭގޮތް ހަދަނީ އެއީ ނަމެއްގަ އަޅާ ހަރުކައްޓެއް ރައްޔިތުން ފެލުން އެކަހަލަ ހަރުކައްޓަށް ކިޔަނީ މުޅިގައުމު ފުރަބަންދު ނުކުރިއަސް މާލެސަރަހައްދު ބަންދު ކުރަން ޖެހިއްޖެއްނު!މިކޮވިޑުން ސަލާމަތް ވެވޭނެ އެހެންގޮތެއް ނެތްކަން ވިސްނެން ވެއްޖެތާ

    14
    2
  15. ސަމްސިއްޔާ

    ދެން ކީއްކުރާ ގްރޫޕެއްތީ. މާމޮޅުކަމެއް ނޫނީ ސޯލިހުގެ ހެޔޮފުޅުކަމެއްނޫނޭ ޢެއީ.

  16. ޚިޔާލު 3

    މާލެ ސަރަހައްދު ފުރަބަންދު ކުރަން ބޭނުންވާކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަންގަވާފައެވެ. އެހެން ނަމަވެސް ރައީސް ނިންމަވާފައި ވަނީ ފުރަބަންދަކަށް ނުގޮސް، ފިޔަަވަޅުތައް ވަރުގަދަ ކުރުމަށެވެ ރައީސް ގައުމަށް ދިމާވާ ހުރިހާ ކަމެއް އެގިވަޑައިގަންނަވާނީ ތިމަންނާއަށް ކަމަށް ހީވާނަމަ ތި ހެއްދެވެނީ ގޯހެކެވެ.ޒިންމާ ނުނެއްގެވޭނެއެވެ. 7 ދުވަހަށް ނަމަވެސް ފުރަބަންދަ ކަށް ވަޑައިގެން ނަތީޖާ ބައްލަވަމާތޯއެވެ.

  17. ޖަނާޒާ

    ބެންކުން މީހުން ފެލަނީ

  18. ފިޔަވަޅު

    މަހިތައް އަރާ މި ސަރުކާރުންނާ ނޫސް ވެރިން ކުރަން ޖެހޭ ކަމަކީ ފައްސި އަދަދާ މަރުވި އަދަދު އޮޅުން ފިލުވާދިނުންބާއޭ.

  19. ޙިޔާލު

    އަދި ހައެއްކަ އިންތިހާބު ބޭއްވީމަ ކޮވިޑް ކޮންޓްރޯލް ވާނީ.

  20. މަރީ

    ކިހިނެތް ހަދާނަމޭ ހިތާތަ ތިއުޅެނީ ކަލޭމެން. ފުރަބަންދު ކުރަން ޓެކްނިކަލް ޓީމުން ލަފާދޭނީ އެކަން ކުރަން ޖެހުނީމަ، ފުރަބަންދު ކުރާށޭ ފުރަބަންދު ކުރާށޭ ފުރަބަންދު ކުރާށޭ... މިހެން 4އަކުން ފެށިގެމް ކާފިއު އިއުލާނުކޮށްގެން އުޅެވިއްޖެނު ފިސާރި ދުވަހު. މިއަކުން ޥީކަމެއް ހަރާމެއްނު.

  21. އިބްރާހީމް

    ސެލޫން ، ޖިމް ފަދަ ތަންތަން ބަންދު ކުރީމަ
    ހަމައެކަނި އެމަސަތްކަތުން ދިރިއުޅުމުގެ އާމްދަނީ ހޯދާ މީހުންނަށް، އެމީހުންގެ އާމްދަނީ ލިބުމުގެ މަގު ބަންދުވީ ނޫންތޯ.
    މިވެސް ރަނގަޅު ކުރަން ވިސްނަން ޖެހޭވަރު ކަމެއް.