ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު ވެރިން އެކަމާއި ކަންބޮޑުވެގެން އުޅޭ ތަން ނުފެންނަ ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެ އެވެ.

އުގައިލް މިހެން ވިދާޅުވީ، މީގެ އިރުކޮޅެއް ކުރިިން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން މީސް މީޑިއާގައި ވާހަކަދައްކަމުންދާ އުގައިލް މިގޮތަށް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސް އެ ބަލީގައި ގިނަބަޔަކު ނިޔާވަމުންދާ ދަނޑިވަޅެއްގައެވެ.

"ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު އަޅުގަނޑުމެންގެ ވެރިން މިކަމާ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނޭ." ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށް، ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި އުގައިލް ކުރި ޕޯސްޓްގައި ވެއެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރަން ނޫޅޭކަން ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުުން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ.

"އެކަންތައް އަޅުގަނޑުމެން މި ވާހަކަދައްކާއިރުވެސް ކުރެވެމުން އެބަ ދޭ".މަބްރޫޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ފުރަބަންދު ހާލަތަކަށް ނުދާނެ ކަމަށާއި، ނަމަވެސް އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެފައިވާތީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަބަޔަކުވެސް ބޭނުންވެފައި ތިބީ މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.

އަދި މީގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްތަަކުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވެފައިވާއިރު، 70 ރަށެއް މިވަގުުތުވެސް އޮތީ ކޮވިޑާއި ގުޅިގެން ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. .....

  ހަމަ ހެޔޮކޮށް

  40
  1
 2. ޕާޕަ ޕާޕާ

  ކަލޯ މިވެރިންނަށް ވިސްނޭނީ ރައްޔިތުން އެކީ އެކައްޗަކަށް ނިކުމެ ރަނގަޅު މުޒާހަރާއެއްކޮށް އަޑުއިވޭވަރަށް ބުނީމާ.
  މޑޕ މީހުންނަކީ ހަންބޯ ، ކަންފަތްކުޑަ، މަޑުގިނީގައި ހޭދެބައިވެފައި ތިބެ ގާނޫނާއި ހިލާފު ނުވާގޮތަށް ގެވެށިއަނިޔާ ހިންގާ ބައެއް.

  42
  2
  • ދޮންބެ

   މިސަރުކާރުގެ ދޯހަޅިކަން މިއީ! ބޮޑުތަނުން މިއޮތީ ފެއިލްވެފަ!! މިސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި!! މިސަރުކާރު ހިންގުމުގައި ބަސްބުނާތަން ފެންނަނީ އިންޑިޔާގެ އެންބަސީތެރެއިން! އެމީހުން ނުބުނާގޮތަކަށް ނުރުހޭގޮތަކަށް ކަމެއްކުރަން ޖެހިލުންވެފަ އޮންނަތަން ވަރަށް ސާރުކޮށް ފެނޭ!! މިރާއްޖޭގެ ބޮޑެތި ބައެއް މަޝްރޫއުތައް އެންޑޯޒްކުރުމާ މަސައްކަތްކުރިއަށް ގެންދާނެގޮތާ ތާރީޚުތަކާ ހަވާލުކުރާނެ ކުންފުނިތައްވެސް އިއުލާންކުރާތަން ފެންނަނީ ރާއްޖޭގައި ހުންނަ އިންޑިޔާ އެންބަސަޑަރު! މިއޮތީ ބައެއްގެ އުނގަށްވެއްޓި ވާވެފައިވާ ސަރުކާރެއް!! މިހާނާގާބިލް ރައްޔިތުންނަށް އަޅާލުންކުޑަ ސަރުކާރެއް މިރާއްޖެއިން ފެނުނުތޯ؟ ފެއިލްވެއްޖެ ބޮޑުތަނުން ފެއިލްވެއްޖެ!! ދުވާލަކު އެތައް ރައްޔިތުންނެއް މަރުވަވަމުންދާއިރު ފިލާ އެތިބީ!! ރައްޔިތުން އަދިވެސް ހޭއަރާކަށްނުވޭތޯ؟

 3. ޢީސ ބޭ

  އެކަކު ޖެހުނު އިރު ކީރިތި ކުރެއްވި ގޮތަށް މިހާރަކު ނެތް@ ވަރަށް ވާހަކ

  35
  1
 4. ޙހހ

  ސަރުކާރު ކަންބޮޑުވެގެން އުޅެނީ އެލެކްސަންދުރާޔާހެދި. ޢެއީ މީހެއްކަމަށްހީކޮށް. ބޮޑުނުހުރުއްޕާނެއް. އިސްލާމްދީނަށް ލޯބިކުރާބަޔަކު ހިންގަން ގައުމު ހަވާލުކުރާނެނަމަ ކިހާރަނގަޅު. އޭރުން ބަލިމަޑުކަމުންވެސް ﷲ އަހަރެމެން ސަލާމަތް ކޮށްދެއްވާނެ.

  34
  2
  • ހަންބޮނޑި

   އިސްލާމް ދީނަށް ލޯބިކުރާ މީހުން ވެރިންނައް ތިބި ހަމައެއްވެސް ގައުމެއް މިދުނިއޭގަ ނެތީތަ؟ އެހެންމިބުނީ ކޮވިޑްބަލި ނުފެތުރޭ ހަމަ އެއްވެސް އިސްލާމީ ގައުމެއް ނެތީމަ

   2
   7
 5. ޓ

  މަނިކުފާނު ތާއިދު ކޮށްގެން ހޮވި ވެރިކަން މިއީ...

  31
  2
 6. ޖުހާ

  މިއޮތީ އުގައިލް ބުނިތަނާ އައިސްފަ

  31
  1
 7. ޅާމުމީހާ

  ގޯހެއްނޫން

  21
 8. ހުސޭނު

  ވެ ރިންއުޅެނީ ހަ ރުކަށީގަ ޖެހިގެން

  24
  1
 9. Anonymous

  ބުރާންތިންނަށް ވެރިން
  ބުރާންތިންނަށް ހެލްތު މިނިސްޓަރު ލިބުނީމަ ރައްޔިތުން ޚައިރާނެއް ނުވާނެ. ކަންބޮޑުވެ ގެން ނޫޅޭނެދޯ
  އިންޑިޔާގެ ރައްޔިތުން ނަށް ދެރަކަމެއް ވެދާނެތީ ދިވެހި ރައްޔިތުންނަށް ވުރެމާ ވިސްނާނެ.
  އެއަރޕޯޓްގެވެސް މަތިފަޑީގެ 5މަޤާމުގައި ބޮޑު މުސާރަ ދީފައި އެތިބީ. އުގެއިލް މެންނަށް ފެނޭތަ
  ޒީރޯ ޓޮލަރެންސް ގެ ދަށުން ރޯޔަލް ރޭޕް ނުބެލެ.
  ޢަލީ ވަޙީދު ފުރައިފި. އަޙްމަދު ޢީސާ ގެ މައްސަލަ ވާނުވާ.

  37
  1
 10. އަހުމަދު

  އަޅުގަނޑުމެން ގާތުގައި ނުބުނެ މަނިކުފާނު ކަރުން ނާރު ފުއްޕާފައި ތާއިދުކުރި ވެރިންނަށް ދަންނަވާ ބައްލަވަ....ކޮބައިތޯ އ. އުކުޅަހުގައި ހެދި ސެންޓަރ އެންމެ ބޮޑު ލާރިއެއް ވެސް ލިބިއްޖެ ތޯ ދުނިޔޭގެ ސައިންސް ވެރިން ގެންނަން...

  27
  1
 11. ދަރި

  އަނެއްކާ މަނިކުފާނު ރިސާޗް ކުރައްވަން ހޯއްދެވި ފަޅުރަށް މަސައްކަތެއް ނުކުރާތީ ކުރީ ސަރުކާރުން ވަކި ކުރީ މިސަރުކާރަށް ތާއީދު ކުރުމުން ދޭނަމޭ ބުނި ވައުދު ސަރުކާރުން ނުފުއްދަނީތޯ.......

  30
  2
 12. އަލި

  މިހާ ހިންގުން ތެރި ވެރިން ތިބި ސަރުކާރެއް މުޅި ދުނިޔޭން ވެސް ނުހޯދޭނެ މަނިކުފާނު ތާއީދު ކުރީ އެހެން ވެގެން ނޫންތޯ

  30
  1
 13. ހާސިލް

  އެއްކަލަ ސޮރު.......ރއސ

  21
  2
 14. ޒުހު

  ރޯނުއެދުރު

  10
  2
 15. Anonymous

  ކެ ރެންޏާ އިސްތިއުފާ އަށް ގޮވާލާ.
  ރައްޔިތުން ގެ ބަލަދުވެރި ޔާ. ހެލްތު މިނިސްޓަރު ކަމުގައި އަމީން ހުރިނަމަ ފޯރިހުރިސް އިސްތިއުފާ އަށްގޮވާ.
  އަހަރެމެން މިގޮވަނީ އިސްތިއުފާ ދޭށޭ.
  ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދެވޭ ވެރިއެކޭ ބޭނުމީ

  17
 16. ޙަސަނާ

  ކޮވިޑަކީ މިސަރުކާރުގެ ވައުދުތަކުގަ ޕެޗުއަޅަންލިބުނު ޕެޗް މިމަހު 6 ގެހަމަލާއަކީ ނަސީދުގެ ފިކުރު އާލާކުރަންލިބުނު ރަނުގެ ފުރުސަތު ދިވެހިރައޔިތުންގެ ނިކަމެތިހާލައްވުރެ މިއަދު މޑޕ އިސްވެރިން ބޭނުމީ ނަސީދުގެ ފިކުރު އާލަކުރަން މަސައްކަތްކުރުން ވީމާ ހަރުކަށިފިކުރޭ ޖިހާދޭ ކިއާ މީހުންހައްޔަރުކޮއްބިރުދައްކަމުންއެދަނީ ކޮވިޑުގެ ހާލަތުގަ ބުނާކަހަލަ މަބުރޫކު މީހުންކޮޅެއްގޮވައިގެން ނޫސްކޮންފަރެންސްދީ ރައްޔިތުންރުއްސާލާށެ ތިމަންމެން މިއުޅެނީ ތިމަންމެންގެ މަގުސަދު ހާސިލްކުރެވޭތޯއެވެ.

  12
 17. Anonymous

  އުގޭލަކަސް ތިބުނީ ރަގަޅު ވާހަކައެއް. އާބާދީގެ ނިސްބަތުން އެންމެ ގިނަ ކޮވިޑް ކޭސަސް އަށް ބަލާއިރު ރާއްޖެ މިއުޅެނީ

  17
 18. ޓޮމް

  އާބާދީގެ ނިސްބަތުން ކޮވިޑް ކޭސަސް އަށް ބަލާއިރު ރާއްޖެ މިއުޅެނީ 16 ވަނައިގައި. ރާއްޖެ އަށް ވުރެ ކުރީގައި އިގިރޭސިވިލާތް، އެމެރިކާ، ފްރާންސް ޖަރުމަނު، ކެނެޑާ އަދި އިންޑިޔާ ހިމެނޭ. ކޭސް ފޭޓަލިޓީ އަށް ބަލާއިރު ރާއްޖެ މިއުޅެނީ ވަރަށް ރަގަޅުކޮށް، ސިންގަޕޯރ ފަދަ ދެތިން ގައުމެއް ރާއްޖެ އަށްވުރެ ރަގަޅީ. ރާއްޖޭގެ ރޭޓަކީ 0.24%. މާލޭގައި މީހުން ދިރިއުޅޭ ގޮތަށް ބަލާއިރު މިބަލި މާލޭގައި ފެތުރޭ ގޮތާ މެދު ވެރިން ކިތަންމެ ކަންބޮޑު ވިއަސް ކުރެވޭނެ މާބޮޑު ކަމެއް ނެތް. އެއްކޮޓަރިއެއްގައި އެތަށް ބައެއް ތިބޭއިރު ތިކިޔާ ފުރަބަންދުކޮށް އެންމެން އެއް ކޮޓަރިއަކަށްލީމާ ބަލިފެތުރޭލެއް ބޮޑުވާނެ ވީހާ ވެސް މީހުން ދުރުދުރުގައި ގިނަ އިރު އުޅެވޭނެ އިންތިޒާމެއް ކުރަންވީ. ހުޅުމާލޭގެ ބީޗް، ޕާކުތަކުގައި ގިނަ އިރު ހޭދަ ކުރެވޭނެ ގޮތެއް ހަދަންވީ. އޯޕަން ތަންތާންގައި ބަލި ފެތުރޭލެއް ކުޑަކަމަށް "މާހިރުން" ބުނާތީ އިވޭ.

  4
  4
 19. ކައުންސެލަރު 🙌

  އެއްކަލަމީހާ އަނގަފެޅީ. ކުރިން ވަރަށް ގަދަރު ކުރިމީހެއް. ނަމަވެސް މިހާރު ސުމެއްގެ މީހެއް.

  10
  7
  • ކެޔޮޅު

   ކަލޭގެ ގަދަރެއް ބޭނުމެއް ނުވޭ. ތިކަހަލަ މީހުން ގިނަވީމަ ތަން ހަލާކުވަނީ. ރޯނު އެދުރު

 20. ފުމޭނާ

  އުގައިލުގެ ބަހަށްތާއިދު ކޮވިޑަށް މަޖިލީސް ބުނީނޫނެކޭ ވެރިންބުނީ ނޫނެކޭ ކަޑަނީފޮނި ހަދަނީދޮގު އުޅެނީ އެންމެ މައްސަލައެއްބަލަން ފޫގަޅައިގެން އިތުބާރުގެއްލިއްޖެ

 21. މަރީ

  ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަވެސް ކެރަފާ ނަސީމާއި އިބޫ ޞާލިޙު މިހާރު އިސްތިޢުފާ ދެއްވައިފީސް. ނަމަވެސް ބޮޑު މުސާރައާއި ނާޖާއިޒު ފައިދާ ނެގިއްޖިއްޔާ އެ ބޭފުޅުންނަށް އެ ނިމުނީ. ފަސް އަހަރު ތެރާގއި ވާވަރަށް ފައިސާ ބައްކުރެވޭތޯ ބެއްލެވުން ނޫންކަމަކަށް ވިސްނަވާހެނެއް ހިޔެއް ނުވޭ. ކީއްތޯކުރާނީ އުޤައިލު ވެސް ބައިވެރިވެވަޑައިގެން ގެނައި ވެރިކަމެއްވީމާ! އެނގިތިބެ، ތަޖުރިބާއެއް ނެތް، ނާގާބިލު، ނާތަޢުލީމީ، ވެރިޔަކު ރާއްޖެއަށް ފާކުރުމުގެ ޒިންމާ، މައުމޫނާއި ގާސިމާއި އިމްރާނާއި އުގައިލުވެސް ނަންގަވަންވާނެ.

 22. މުޙައްމާބެ

  ވާނެ ހައެއްޗެއްވެ ނިމިއްޖެ! މާލެ އަވަދިވެއްޖެ! ޢަދިވެސް މަރުނިދީގަ ވެރިން!

 23. ކޯވިޑް

  އަޖާބެއް ކަހަލަ ކަމެއްނޫން މީ ކޮވިޑަށް ޕޮޒިޓްވާ ކޮންމެ މީހަކީ އެކަމުން މާބޮޑު ނުރައްކާތެރިކަމެއް ދިމާވާ ބަޔެއް ނޫނެވެ. 100 އަކުން %6 މީހުންވެސް ނުރައްކާ ވެގެން ނޫޅެއެވެ. މާކަންތައް ބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ. އަދި ހާލު ބޮޑުނުވާމާހަކު ވެއްޖެއްޔާ ކޮންމެ ހެން ފެސިލިޓީއަށް ގެންގޮސްގެން އެތަނުގައި މަރުވަން ބައިތިއްބުމުގެ ބޭނުމެއް އޮތްކަމަކަށްވެސް ނުފެނެ. މިއަދު ފެށިއަސް މަސްދުވަސް ވާންވާއިރަށް މާލޭގެ ރައްޔިތުންގެ ތެރެއިން ކްރިޓިކަލް އެންމެނަށް ދެ ޑޯޒް ވެކްސިން ދީ ނިންމާލެވޭނެ ދެ ޑޯޒް ހަމަވެފަ ތިބި މީހުންނަށް ނުރައްކާވާލެން ކުޑަ އެހެން ވީމާ އެކަން އެޗްޕީއޭއިން ކުރިންޔާ މަރަގަނޅެއްނޫން