ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާއާއި 17 ވަނަ ފަންގިފިލާގައި އެނދުމަތި ކުރާ ބަލި މީހުންގެ އަތުން ފައިސާ ނަގަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް މާރިޔާ ސައީދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާއާއި 17 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނީ ވަކި ވީއައިޕީ ބަލި މީހުންނަށް ނޫން ކަމަށެވެ. އެތަނުން ކޮންމެ މީހަކަށް ވެސް ފަރުވާ ދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އެއީ ހިލޭ ތިބެވޭ ތަނެއް ނޫން ކަމަށާއި އެތަނަކީ އެއީ ފައިސާ ދައްކައިގެން ކޮޓަރީގެ ޕޭމަންޓް ހަދައިގެން ތިބެވޭނެ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑޮކްޓަރުން ނިންމާނީ އެތަނަށް ދިއުމަށް ޕޭޝަންޓް އެކަށީގެންވާކަން ބަލި ހާލަތު ހުރިގޮތުން. އެއީ އެތަނުގައި ހުންނަނީ ކޮޓަރިތަކެއް. ކޮންމެ ކޮޓަރިއަކަށް ނަރުހެއް ކަނޑައެޅިފައި ނުހުންނަންޏާ ކޮޓަރިތެރޭގައި މާ ހާލުބޮޑު މީހަކު ބާއްވައިގެން އޭނާ ނުބެލިގެން ދާތަން އަތުވެދާނެތީވެ، އެހާލަތުގައި އެހާބޮޑު އަޅާލުމެއް ބޭނުން ނުވާ މީހުންނަށް އެ ފުރުސަތު ޑޮކްޓަރުން ދެއްވަނީ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ބަލި މީހުން ފަރުވާ ދިނުމަށް ގެންދާނީ ކޮންތަކަށްތޯ ބެލުމަށް ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމެއް އޮންނަ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ފަރުވާދެނީ ބަލީގެ ހާލަތު ބޮޑުވެފައިވާ ފަރާތްތަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު އައިސީޔޫ ފުރިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެ އެނދުތައް ފުރުމާއި ގުޅިގެން މިވަގުތު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި އައިސީޔޫ އެނދުތައް ބޭނުންކުރަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެދުރޭ

    މީ ވަރަށްބޮޑު އިހުމާލެއް. ފައިސާވެރިންނަށް މޮޅުގޮތް. މަބްރޫކްމެން އޮޅުވާލަން އުޅުނަސް ތިދެން ބޮޑުވަރެއް.

    73
    1
  2. މަސީހު

    ހަމަސީދާ ދޮގެއް

    44
    2
  3. ކޮވިޑް

    އޯކޭ އިބޫ ރައީސަކަށް ބަހައްޓާ މިޤައުމު ހިންގުން ރައީސް ޔާމީން އަށް ދެއްވާ މި ޤައުމުގެ ރައްޔަތުން ފަނާވެނުދަނީސް،އޭރަށް އިބޫ ރޯކަށް ނުޖެހޭނެ . ހަމަ ސެލްފީ ނަގަން އުލެންވީ ހެވިލަފަ.

    88
    4
  4. އިންނު މުހައްމަދު

    ލޮކްޑައުން ކޮށްފަ ރުފިޔާ ހޯދާނެ ހުރިހާ ދޮ ރޭސް ބަންދުކޮށްފައި އަދި ރުފިޔާ ދައްކަން ވީ ބަލިވީމަ... ކޮންކަހަލަ ސަ ރުކާ ރެއް

    69
  5. ......

    ހެހެހެ....ދިވެހި ރައްޔިތުން އެދުނު ރައްވެހިފަތިހަށް އަލިވިލުނީމަ ވާނެގޮތް އެއީ....އެމީހުން ބުނާނެ ތިމަންނަމެން ވޯޓް ގަތިއްޔޭ...ދެން ތިބެންޖެހޭނީ ލާރިވެސް ދޭން ޖެހޭނީ އެމީހުން ވޯޓްހޯދަންދިން އަދަދުގެ އެތައްގުނައެއް...ސަޅިދޯ...އެހެންވީމަ އަހަރެމެން ބުނަނީ ޑިމޮކްރަސީ ކަޑައޭ...އިސްލާމީ ވެރިކަމުގެ ނިޒާމެއް ގެންނަން ހިނގާށޭ...ދެންވެސް ވިސނާލާތި

    49
  6. ހާުލުގެދުލުން

    ހެޔޮނުވާނެ ނިކަމެތިންނަށް ހަދަރުދީވެބަލަ.މިނޫންދުވަސްތަކެއް ދައްކަވާށި! آمين

    45
  7. ހާުލުގެދުލުން

    ހެޔޮނުވާނެ ނިކަމެތިންނަށް ހަމްދަރުދީވެބަލަ.މިނޫންދުވަސްތަކެއް ދައްކަވާށި! آمين

    43
  8. ކިޔުންތެރިއެއް

    މީ ވަރަށްބޮޑު އޮޅުވާލުމެއް. ހީކުރަށީ ދަރުމަވަންތައިގަ އެހެންމީހުން މަސައްކަތްނުކުރޭ ، ކަންތައްތަށް ނުފެއްނާނޭ ، ވާހަކަތައްނީވޭނޭ. ސަރުކާރުންވެސް ޑޮކްޓަރުންވެސް މަކަރާ ހީލަތާއޮޅުވާލުން . ލިބޭ އެތިވަރު މަދުކަމުން އެބަޔަކަށް ކެވުނުގޮތަކަށް ވައްކަންކުރުމަށް ހޭބަލިއަރާފަ

    35
    1
  9. ކޮވިޑް

    މަބުރޫކް ކޮބާހޭ މި ޤައުމުގެ ހެލްތު މިނިސްޓަރ؟ ބަލަ ނާޤާބިލް އަމީން ހުރި އިރު ބަރާބަރަށް ރައްޔަތުންނާ ވާހަކަ ދައްކައޭ. ޒުވާން ވަޒީރު އައިސް ފިލާ ގޭގަ ތޯ ؟ ނޫނީ ފްލޯޓިންގ ހޮސްޕިޓާ ބާލާ އިޒްރޭލަށް ވަޑައިގަތީ ތޯ؟މުސްކުޅި އަމީން ވަކި ކޮށްފަ ނޫކަށިމަތި ޒުވާން 23 އަހަރުގެ މިނިސްޓަރ އައީމަ ވާނެ ހައެތި މި ވަނީ. ވައްﷲ އަޢުލަމް

    54
    2
  10. ކަހުރަބު

    ކޮބާތަ " މިހާރު " ނޫސް ލާދީނީ އެމް ޑީ ޕީ އަށް ސަނާ ކިޔަމުން ދަރުމަވަންތަ ހޮސްޕިޓަލުން ނެއްޓެއް ނޭންގުގެން އުޅުނު ފޭކީސް ނޫސްް ، އެތަން ހުރިކަމުން މިޔަދު މި ޤައުމަށް އެތަށް ގޮތަކުން އެބަ މަންފާވޭ

  11. ގުދުގުދާބެއްޔާ

    މަގޭ ސުވާލަކީ ދަރުމަވަންތަ ހޮސްޕިޓަލާ މާރިޔާއާއި އޮތީ ކޮންގުޅުމެއް! މާރިޔާއަކީ ހުޅުމާލެ ހޮސްޕިޓަލްއަށް ކަނޑއަޅާފައިވާ މީހެއް!

  12. ޙހހހ

    ކެޔޮގަނޑު ކަނޑާލަން އުޅޭހެން ހީވީތޯ ، ކުއްލިއަކަށް ތެޅިފޮޅެގަތީ ސަރުކަރު

  13. ޙހހހ

    ޙާލު ސީރިއަޒްމީހުން ދޯ ދަރުމަވަންތައަށްލަނީ ،ބަލަ ހުޅުމާލެ ފެސިލިޓީން 22 މަރު ، ދަރުމަވަންތައިން 2 މަރު ، ކޮންތަނަ ކުތޯ ހާލުސީރިްަޒް މީހުންތިބީ!!!!

    13
  14. ނަޖާހު

    ޙުޅުމާލެ ފެސިލީޓީގައި ތިހާ ބައިވަރު ބަލިމީހުން ބައިތިއްބައިގެން ކިހިނެއް އަދި އައި.ސީ.ޔޫއެއް ހިންގަނީ؟ ޢަދިކިރިޔާ މިއެނގުނީ ވާގޮތް. ދަރުމަވަންތަ އައި.ސީ.ޔޫ ފުރުނީ ދެން މިމީހުން ބާކީ ތިބި މީހުން ހުޅުމާލެ ފެސިލިޓީއަށް ގެންގޮއްސަ މިއަޅާނުލާ ބައިތިއްބަނީ. ޜަނގަޅު ވާހަކައެއް ބުނަންތަ ދޮގު ނުހަދާ މައަޑެއް ނާހަން ދުވަހަކުވެސް ތިޔަ އިއްޒައްތެރިންގެ އާއިލާ ހުޅުމާލެ ފެސިލިޓީއަށް ގެންދިޔަ ވާހަކައެއް. ޢަބަދުވެސް އާއްމު މީހަކު ގެންދަން ވެއްޖެޔާ ދަރުމަވަންތަ ތިއޮންނަނީ ފުރިފަ.. ހަގީގަތަކީ މިދިޔަ މަސްތެރޭ މަރުވި 50އަކަށް މީހުން ދުނިޔޭގައި ތިބި ނަމަ ހުޅުމާލެ ފެސިލިޓީވެސް އޮންނާނީ ފުރިފަ.

    11
  15. މަހުދީ

    ވަރަށް އޮޅުވާލުން ބޮޑު ސަރުކާރެއް މިއީ، ނިކަމެތިން ވަރަށް ނިކަމެތި ވެއްޖެ. ޙުޅުމާލެ ފެސިލިޓީގައި ތިބޭ ޑޮކްޓަރުންވެސް ބެލޭ ވަރުން ބަލިމީހުން އެނދުމަތި ކުރަންވާނީ އޭރުން ސަރުކާރަށް ވެސް މަޖުބޫރު ވާނެ އެހެން ގޮތްތައް ހޯދަން. މިދައްކަނީ އިންސާނުންގެ ފުރާނައިގެ ވާހަކަ.

    15
  16. Anonymous

    ޢައިސީޔޫ އެއްބާ ނޫނީ ހަރުގެ އެއްބާ ނޭވާ ނު ލެވިގެން ގިނަމީހުން މަރުވާ ކަމަށްވަނީ ވެންޓި ލޭޓަރެއްނެތިގެން

    17
    2
  17. ހަގީގަތް

    މިހާލަތުގަ 2 ފަންގިފިލާނުޖެހޭ ވީއައިޕީ ޚާއްސަ ކުރާކަށް ޖާގަ ނެތިގެން އުޅޭއިރު. ބަލިޖެހި މާ އަޅާލަން ނުޖެހޭ މީހާ ހުންނާނީ ގޭގަ. ދިވެހި ރައްޔިތުންގެ މުދާ ނުހައްގުން މިފަދަ ދަނޑިވަޅެއްގަ ބޭނުން ތިކުރަނީ. ﷲ ބަދލު ދެއްވާނެ ކޮންމެވެސް ދުވަހަކުން..

  18. ޝާން

    ސަރުކާރާއި ޢެމްޑީޕީގެ އެއްވެސް ބޮޑު މީހެއްގެ އާއިލާގެ އެކަކުވެސް ހުޅުމާލެ ފެސިލިޓީ އަށް ނުފޮނުވާ. ރައްޔަތުންނަށް ހަރާންކޯރު ވެފަ ރައްޔަތުންނަކީ މޮޔައިންކަމަށް ހީނުކުރޭ.

  19. ޗީ..

    ތިޔަ ދެ ފަންގިފިލާ އައިސީ ޔޫ އަށް އިތުރު ކުރުމަށް ގޮވާލަން

  20. ޝާން

    އިބޫ ގެ މަންމަ އެޑްމިޓް ކުރަން 16 ވަނަ ފަންގިފިލާ އެއްކޮށް ނަގާ އެތަނުގައި މަންމަ އެޑްމިޓް ކުރީވެސް ވަކި ހާލަތެއްގެ މީހަކަށް ވެގެންތަ؟ ރައްޔަތ ރައްޔަތުން ނަކީ ގަމާރުންނެއްނޫން. އަދި ހަދާ ހުރިހާ އެއްޗެއްވެސް އެގިގެން 2023 ގެ ވޯޓް ކަރުދާސް ކޮޅައްް އިންތިޒާރު ކޮށްގެން މިތިބީ.