ކ. އަތޮޅު ދިއްފުށީގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސުންކު ނަގަން ބޭނުން ނުވެގެން މީހަކު މޫދަށް ފުންމާލައިފިއެވެ.

އެރަށު ފަޅު ތެރޭގައި މިކަން ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ މީހަކު މޫދުގައި އޮންނަ މަންޒަރެވެ. އަދި އޭނާގެ ސުންކު ނެގުމަށް އައި އާރްއާރްޓީގެ މީހާ އޭނާ ކައިރީގައި މައްޗަށް އަރަން އަތުން އިޝާރަތް ކުރާ މަންޒަރު ފެނެއެވެ.

https://www.tiktok.com/@logicalmaldives/video/6965197774161841410?_d=secCgYIASAHKAESMgowOoQIdPdIATuCiYhryvP9VKsoFdXdV9KoqN3OLTJF%2BQxTFTNk0WoMdtFb8Ha%2Fy3DyGgA%3D&language=en&preview_pb=0&sec_user_id=MS4wLjABAAAAak32GsWEvH4lz8D1OgLsZ352xs5t4zP3MiHDjXWqslfJt9_5P_j1qcs795HyuXlV&share_item_id=6965197774161841410&share_link_id=E8444CAF-7E48-4982-9E80-D81E3C2C8FE9&source=h5_m×tamp=1621779175&tt_from=copy&u_code=dekahh84c4a739&user_id=6878779886283998214&utm_campaign=client_share&utm_medium=ios&utm_source=copy&_r=1

އެ ވީޑީއޯ ޓިކްޓޮކްގައި އާއްމު ކުރި ލޮޖިކަލް މޯލްޑިވްސް އިން ބުނީ ސުންކު ދޭން ބިރުން ފަޅު ތެރެއަށް ފުންމާލީ ކަމަށެވެ.

އެއީ ވަކިތަރުތީބެއް ނެތި ނަގަން އުޅުނު ސުންކެއް ކަމަށްވެސް އެ ވީޑިއޯ ހިއްސާ ކުރިޕޭޖްގައި ވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ކޮވިޑަށްް ޓެސްޓު ކުރާއިރު، ސުންކު ނަގާ ބައެއް ފަހަރު ނޭފަތުގައި ރިއްސާ ކަމަށް ބުނެ ބައެއް މީހުން މީސް މީޑިއާގައި ވާހަކަދައްކާފައި އެބަ ހުއްޓެވެ.

އެހެން ނަމަވެސް މި ނޫން ގޮތަަކަށް ކޮވިޑަށް ސުންކު ނުނެގެއެވެ.

ދިއްފުއްޓަކީ މިހާރުވެސް ކޮވިޑްގެ ވޭދަނަތައް ފެންނަމުންދާ ރަށެކެވެ. އެގޮތުން އެންމެ ފަހުން މިރަށް މޮނީޓަރިންގ އަށް ލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މިއަދުވެސް އެރަށުން ހަ މީހަކު ކޮވިޑަށް ފައްސިކަމަށް ދައްކާފައި ވެއެވެ.

މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި 70 މީހަކު އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެއްޔާ

    އޭނަ ފުންމާލީ ޓެސްޓް ކުރީމަ ޕޮސިޓިވް ވެއްޖެއްޔާ ގޭ ބަންދު ވާނެތީ. މިހާރު ޓެސްޓް ކުރަން ހުރި ސާންޕަލްތައް ގިނަވެގެން ޓެސްޓް ނުކުރެވި ނަތީޖާ ނުލިބިގެން 14 ދުވަހުގެ ބަދަލުގައި 20 ފަންސަވީސް ދުވަހު ގޭބަންދުގައި ތިބެން އެބަ ޖެހޭ. މި ވާ އެއްޗެއް އެބަ އެނގޭތަ؟

  2. އަސްދަނޑި

    މިހާރު ނަގާ ސުންކަށް އިތުބާރެއްނެތް. މިހެން މިބުނީ ނޭފަތުގެ ވައަތްފަރާތުން ނެގި ސުންކު ފައްސި.. ދެން 4 ދުވަސް ފަހުން ނޭފަތުގެ ކަނާތްފަރާތުން ނެގި ސުންކު ނައްސި.. ބޯހަލާކު