ކޮވިޑް-19 ޖެހިވަޑައިގެން، ފަރުވާދެއްވަމުން ދަނިކޮށް ރާއްޖޭގެ ކުރީގެ އޮޑިޓާ ޖެނެރަލް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ އަވަހާރަވެއްޖެ އެވެ.

ފަތުހީ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11ގައި ފަރުވާދެއްވަމުން ދަނިކޮށެވެ.

ފަތުހީ އަހަވާރަވިއިރު، އުމުރުފުޅަކީ 80 އަހަރެވެ.

އެނގިފައިވާގޮތުން، އޭނާގެ އަނބިކަނބަލުންވެސް ކޮވިޑަށް ފައްސިވެ ދަނީ ފަރުވާ ހޯއްދަވަމުންނެެވެ.

އެޗްޕީއޭއިން ވިދާޅުވީ، އެ ބަލީގައި މިއަދު 80 އަހަރުގެ މީހަކު ނިޔާވީ 5:40 ގައި ކަމަށެވެ.

ފަތުހީ ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމު 1993 އިން 2008 އަށް ފުރުއްވާފަ އެވެ.

އަދި ފަތުހީ ވަނީ ސަރުކާރަށް 46 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކު ރައްވާފައެވެ. އޭނާ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކްގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަހޫ

  ފު ރަ ބަންދުކު ރުން މުހިއްމު. މިހެންމިބުނީ ޕޮޒިޓިވެގެންގޭގަމަޑުކު ރަން އަންގާފައިވާ މީހުންތިބޭ ގޭގޭގެމީހުން ކައިރީގަ ހުންނަހޮޓާތަކަށް ޓޭކަވޭކޮފީ ބާލާނުކުންނަ މީހުންވެސް މަދުކުރެވޭނީ ފުރަބަންދު ކޮއް ޕޮލިސްޕާމިޓް ލިބިގެންނޫނީ ބޭރަށް ނުނުކުމެވޭގޮތް ހަދައިގެން.

  7
  1
 2. ޢަހޮމަދު

  ގޮތެއްނެތް ބައެއް ދިވެހިން މިހާ ރުވެސް 10 ބާރަ ބުރިއަށް ނަގާފަހުންނަ ގޭގޭގެ ލިފްޓްތަކުގައިގިނަމީހުންނާއިއެކު ބޭނުންކު ރާއި ރު މާސްކުނާޅާ ކައިބޮއެހަދަމުންދޭ. މާލޭގެ ގިނަގޭގެ ބު ރި ބުރިއަށްނަގާ ގިނަމީހުން ދި ރިއެޅެމުންދާއި ރު ލިފްޓް ފަދައާއްމު ތަންތަނަށްވެސް ހަ ރުކަށި ގައިޑްލައިނެއްހާދާފަ އޮތުމަކީ ބަލިކޮންޓް ރޯލް ކު ރުމަށްލިބޭނެ އިތުރު ބާރެއް.

 3. ބީރުމީހާ

  ބޭރަށް ނުކުންނަށް ކިރިޔާވެސް ފުރުސަތެއްއޮތްނަމަ އޭގެ ބޭނުން އިންސާނުން ހިފާނެ ރައީސްމީހާއަށް ދަންނަވާލަންއޮތީ ފުރަބަންދު ކުރަން ނުކެރިގެން ތިޔައުޅުއްވަނީ މުސްކުޅިން މަދުކުރުމުގެ ބޭނުމުގައިތޯއޭ ނޫނީ އަމީންދީދީއަށް ހަދާލިގޮތް ނުހަދާގެންތޯއޭ އޮފީހަށް ނުކުންނަށް ޖެހެނީ މާމަ ބަލަންޖެހެނީ ކީއްކުރާނީ މިންވަރުކުރެއްވިގޮތަށް ރުހިގެން މިތިބެނީ މާމަ ފެސިލިޓީއަށް ބަލާނެ މީހެއްނެތް މަ ނުތެދުވެފަ ގޭގައި މާމަގެ ހާލު ނުބެލޭ ރޮވެނީ

 4. ތާތު

  މަށަށް އެނގިގެންވެސް ޕޮޒިޓިވް ވެފައި ތިބޭ މީހުން ކައިރި ފިހާރަތަކަށް ގޮސް ޙަދާކަން އެނގޭ. ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފު. މިވަގުތުން ވަގުތާށް ފުރަބަންދަށް ދާން

 5. ސސ

  މުސްކުޅި ބަލީގައި މަރުވިޔަސް ކޮވިޑް ބަލީގައި މަރުވީ ކަމަށް ބުނުމަކީ ރަގަޅު ގޮތެއްބާ ؟

 6. ހުސައިން

  إنّاللّه وإنّا إليه راجعون.
  اللّهمّ اغفرله والرحمه وعافه واعف عنه وأكرم نزله ووسِّع مدخله واغسله بلماء والثّلج والبرد