ކޮވިޑް-19 ޖެހިގެން ފެސިލިޓީތަކުގައި ފަރުވާ ދޭ ބަލި މީހުންގެ އާއިލާތަކަށް އެމީހުންގެ ފަހުގެ ހާލަތު ހިއްސާ ނުކުރެވެނީ ވަގުތު ނުވާތީ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް މާރިޔާ ސައީދު ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ފެސިލިޓީގައި އެކަނި ބަލި މީހަކު ބާއްވާފައި އޮންނައިރު، އާއިލާތަކުގެ ކަންބޮޑުވުންތައް އޮންނާނެ ކަމަށެވެ. އެހެން ކަމުން ވީވަރަކުން އެބޭފުޅުން ވެސް އާއިލާތަކަށް މައުލޫމާތު ހިއްސާ ކުރަން ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން ގިނަ ފަހަރު ނުކުރެވިގެން ދަނީ ބަލި މީހާގެ ފަރުވާ ހުރިގޮތުންނާއި ވަގުތު ނުވާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ބަލި މީހުންނަށް އަޅާލާފައި އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނަގާ ވަގުތާއި އެކަން ކުރަން އެވަގުތު ނުލިބޭތީ ކްލިނިކަލް ފަރުވާ ކުރަން ތިބޭ މީހުންނަށް އެކަން ނުކުރެވިގެން މިހާރު މިދަނީ. އެއްގޮތަކަށް ވެސް ނުދޭކަށް ނޫން" މާރިޔާ ވިދާޅުވިއެވެ.

އަދި އެޑްމިނިސްޓްރޭޝަންގައި ތިބޭ ބޭފުޅުންނަށް ވެސް އާއިލާތަކަށް މައުލޫމާތު ދެވޭނީ ވޯޑުތައް ނުވަތަ އައިސީޔޫގެ އެތެރޭގައި ތިބޭ ކުދިންގެ ފަރާތުން މައުލޫމާތު ލިބިގެން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެފަދަ މައުލޫމާތު ނުދެވިގެން ދަނީ އެމައުލޫމާތަށްވުރެ ބަލި މީހުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް މުހިންމު ސަމާލުކަމެއް ދެވިގެންދާތީ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކޮވިޑް

  ހަމަ ސީދާ ކަނޑައެޅިގެން ދޮގު. ސީދާ މަބުރޫކުގެ ޖަވާބު ތި ދިނީ. ތިކަން ހޮސްޕިޓަލްގަ ތިބޭކުދިންނަށް ނުވަންޏާ ސްޓޭޓް މިނިސްޓަރުން އައްޔަން ނުކޮށް ތިކަން ކުރާނެ މައަށްޒަފުން ހޯދަބަލަ ، މިހާރު ތިކަހަލަގެ ވާހަކަ ކަޑަ އޭ، ހުރިހާ ދިވެހިން ވެސް ޤަބޫލްކުރޭ ނަރުހުން ޑޮކްޓަރުން ތިވާޤުރުބާނީ އެކަމަށް ޝުކުރުވެރިވޭ. އެކަމަކު ތިކަހަލަގެ ވާހަކަ ކަޑަ.

  32
  1
 2. ކޮރަލް

  ޓެކްނޮލޮޖީގެ ބޭނުން ކޮށް ބަލާށެވެ. ހާލު ބުނެދޭން ބައްދަލު ކުރާ ކަށް ނުޖެހެ އެވެ. އިންޓަރެނެޓް ބޭނުން ކޮށް ބޭނުން މެސެޖެއް ސިކުންތު ކޮޅެއްގެތެރޭ ފޯރު ކޮށް ދެވޭނެ އެވެ.

  25
 3. އަހްމަދު

  ތިބޭފުޅުންނައްވަގުތުނުވާނަމަ ޢާއިލާތަކަށް އެޚަބަރުތައްގެނެސްދިނުމަށް އެކަމަށްހާއްސަ މުއައްޒަފެއްހަމަޖައްސައިގެންނަމަވެސް ޢާއިލާތަކަށް އެޚަބަރުތައް ހިއްސާކޮށްދިނުމަކީ މުހިންމުކަމެއް ވަގުތު ނުވާނަމަ އެކަމަށް ހާއްސަމުއައްޒަފަކުހުރެއްޖެނަމަ އެއީ އެޢާއިލާތަކަށްލިބިގެންދާނެ ވަރައްބޮޑުހިންހަމަޖެހުމަކަށްވާނެ

  32
  1
  • ޛޖޖ

   ތީ ވަރަށް ރަނގަޅު ހިޔާލެއް ކަމަށް ފެނޭ. އެމީހުން ބުނީމަ އަހަރުމެން ވޯޓުލަން ވެސް ނިކުތީ . ދެން މިހާރު އަހަރުމެން ގުޅާފަ އާއިލާ މީހާގެ ހާލު އެހީމަ ތިމަންމެނަށް ވަގުތެއް ނުވެޔޭ ބަލި މީހުން ގިނަވަނީ އޭ ފަޅޮލޭ ކީމާ ބަލައެއް ނުގަނެވޭނެ..ތިޔަ ބުނިހެން މުވައްޒަފުން ލާގެން ނަމަވެސް ބަލިމީހާގެ ހާލަތު ވަގުތުން ވަގުތަށް ކިޔާ ދެވެން ވާނެ

   18
   1
   • Anonymous

    މުސްކުޅި މިނިސްޓަރ އިސްތިއުފާ. ސްލޯލިހް އިސްތިއުފާ. ސަރުކާރުބއިސްތިއުފާ. ކަންކަން ކުރާނެ ޕޕމގެ ސަރުކާރެއްގަ. އަހަރެމެން ބޭނުމީ މިހާރުން މިހާރަށް ސަރުކާރަށް ނުވިކަމަށްބުނެ އިސްތިއުފާދޭން. މިތާ ނުތިބޭނެ ރޯޔަލުންނެއް. ރޯޔަލް ވިއްޔާވާނީ ދިވެހި ރައްޔިތުން. ހާދިމުންނަކީ ސަރުކާރު. ރައްޔިތުންގެ ފައިސާ އިން މުސާރަނަގައިގެން ތިތިބެނީ ރައްޔިތުންގެ ހާދިމުންނަށްވެ ރައްޔިތުންނަށް ޚިދްމަތްދޭން. މިސަރުކާރަކީ އެކަންވެސް ހަނދާން ނެތިފަ ތިބި ބައެއް. މިތަނަީ ރަސްކަމަކަށް ހަދައިގެން މާމަތިވެފަ އެތިބީ. ތިރިވާނެ ނިކަން ނިކަމެތި ބަޔަކަށް ކަޅެމެން ހަދާލާނަން.

 4. މޮޔަސޮރު

  ތިއިކީ ރައްޔިތުންގެ ޓެކްސް އިން މުސާރަ ލިބޭ މީހުން ރައްޔިތުންނަށް ދޭންޖެހޭ ޖަވާބެއް ނޫން . ނުވަންޏާ އިސްތިއުފާ ދީފަ ގެއަށް ދޭ

  21
  2
 5. އަޙްމަދް

  ކޮވިޑް-19 ޖެހިގެން ފެސިލިޓީތަކުގައި ފަރުވާ ދޭ ބަލި މީހުންގެ އާއިލާތަކަށް އެމީހުންގެ ފަހުގެ ހާލަތު ހިއްސާ ނުކުރެވެނީ ވަގުތު ނުވާތީ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
  ——————————————-
  ތީ ގަބޫލުކުރެވޭ ވާހަކައެއް ނޫނެވެ.
  ކަލޭމެން ތިވަނީ ކަލޭމެންނަށް ނޭންގޭ ކަމެއް ބޮލުއަޅައިގެން ދެގުނަ ބޮޑުކޮއްލައިގެން އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދެތޯ އެވެ.

  15
  1
 6. ޢާޗި

  ބަލަ މައުލޫމާތެއް ނޫނޭ ބެނުމީ އެމީހުން އުފުރިނޭވާލަމުން އެދަނި އެކަނި އޮވެ .. އާއިލައިން އެންމެ މީހަކު ވެސް ވައްދަބަލަ އެތަނަށް.. އަސްލު ނުވައްދަނީ ވެސް ކަންކުރާގޮތް އެނގިދާނެތީ.. ކިއްވެ ހުރިހާ މަރު ލިޔަނީ ހުޅުމާލެ ފެސިލޓީ އިން. ޢެއީ މަރުވަން ބާއްވަން ގެންދާ ތަނެއްދޯ.

  14
  1
 7. ނޮރި

  ވޮލަންޓިއަރުން ނަން ޖަހާލަބަލަ ސިފައިންނާ ފުލުހުން ނަން

  14
 8. ޖަވާދު

  ޒިންމާ އަދާނުކުރެވެނީ! ކަންކަން މެނޭޖް ކުރަންވެސް ނޭގެނީ! ކޮންމެ ބަލި މީހެއް ކައިރީ ޑޮކްޓަރެއް ދާ ވަގުތު ޓެބެއް ހިފައިގެން ގޮސް އެންޓަރ ކުރަމުުން ގެންދިޔައީމަ ޢާއިލާގެ މީހުންނަށްވެސް ވަގުތުން ބެލޭ ފެންވަރަށް ތިކަން ކުރެވޭނެ! އެއީ މުވައްޒަފެއް ބެހެއްޓިޔަސް ކުރެވޭނެ ކަމެއް! އަދިވެސް ކަމެއް އޮތިއްޔާ މަށަށް ވާނޭ ކިޔާފަ ބޯކޮށްޕާލައިގެން ހުރެވޭތޯ ބަލާ! މުސާރަޔާ އިނާޔަތާއި ހިފަން އެގޭނު

 9. އައްސަދު

  ލާރިކާން ވަގުތުވޭދޯ ވަގުންތަކާ....

 10. ދިވެހިން

  އެންމެހަހުން ލިބޭނީ މަރުވިކަމުގެ ހަބަރުދޯ

 11. ކޮބާ ގޮތެއް ފޮތެއް

  ޙަޔާތްޚުޑަ ގޮތްކޚުޑަ ލަދުޚަޑަ
  .
  ނުވަންނާ އިސްތިއުފާ ދީފާ ދޭބަލަ.. ވާމީހުން ވެސް ތިބޭނެ
  ޢިންސާ ﷲ
  ...
  ޕީޕީ އަޅާޣޭން ނަރުހުނައް ބަލިމީހާ ކޚާރިޔަތް ދެވޭހެން
  ޕީޕީ އަޅާގެން އާއިލާ ކކޚޮންމެސް އެޚަކަތް ވޮޔަސް ދުވާލަކު 1ފަހަރު ވިޔަސް ވަދެވެން ޖެހޭ....

 12. ޙހހހ

  މީނާ ބުނާގޮތުން ކަން ކަން ނިންމަން ޑރ.ގެ ޓީމެއް އޮވެޔޯ ، އެ ކަމަ ކު ފަހުބަސް އިއްވަނީ ޑރ.އިބޫ

 13. Anonymous

  ދައުލަތެއްގެ އެންމެ ބޮދު ފެއިލިއަރ. ރައްޔިތުންނަށް އަޅާނުލެވި އެކަމަށް އެއްބސްވާންޖެހުން. މިއީ ސަރުކާރު އިސްތިއުފާދޭންޖެހުން. ރައަިސުލްޖުމްހޫރިއްޔާ މުހައްމަދު މަބްރޫކް އަބްދުލް އަޒީޒުވެސް ލަދުގަންނަން އެބަޖެހޭ. ރައީސްގެ ނައިބަކީވެސް ކަނޜުކޮހެއް.

 14. މޮނާކް

  އަވަހަށް ސަރުކާރު އިސްތިއުފާދީ. ރައްޔިތުންނަށް ޚިދްމަތްނުދެވޭ ސަރުކާރެއް ރައްޔިތުން ބޭނުމެއް ނުވާނެ. ޕޕމ ގެ ސަރުކާރެއްނަމަ މިގައުމުގެބރައްޔިތުން މިފަދަ ނިކަމެތި ހާލަކަށް ނުވެއްޓުނީސް. ރައީސް ނުފިލާނެ. މިހާރު ހުރީހީ ކޮންމެ ރަށެއްގައި ކޮވިޑް ޓެސްޓުކޮށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސާފަ. މިތާއޮތް ރައްޔިތުންގެނައި ވެރިކަމުގަ ތިބި މީހުން ހިތުން ތިބީ ރަސްކަމަކަށްގޮސް އެމީހުންގެ އަޅުންގެ ގޮތުގަ ރައްޔިތުން ހަދައިގެން. އެކަން އެނގޭ އަމިއްލައަށް ރޯޔަލް ކިޔައިގެން އުޅޭތީ. މިއީ ކިންގްޑަމް އެއްނޫން ބުރާންތީންނޭ!!!

 15. ކަލޯ

  ވަރަށް ރޫޑުކޮށް ވާހަކަވެސް ދައްކަނީ. އިއްޔެވެސް އަޅުގަނޑުގެ ބައްޕަގެ ހާލު ބަލާލަން ގުޅާގުޅާ ފޯނު ނުނަގާ އެތައް ފަހަރަކު ގުޅިފަހުން ފޯނު ނަގާފައިވެސް ވަރަށް ރޫޑު ކޮށް ވާހަކަދެއްކީ. ބުނީ ދުވާލަކު 1 ފަހަރުގައޭ މަޢުލޫމާތު ދެވޭނީ. އިތުރަށް ނުދޭނަމޯ އަދި އަޅުގަނޑުގެ ދައްތަގެ ނަން ނުބައިކޮށް ކިޔާފަ ބުނީވެސް އެމީހާ އަށޯ ދޭނީވެސް އިތުރު މީހަކަށް ނުވެސް ދޭނަމޯ. ދައްތަގެ ނަން ރަނގަޅަށް ބުނީމަވެސް ނުބައިކޮށް ކިޔަކިޔާ ހުރި. އެހާ ވެސް ރޫޑު ކޮށް ވާހަކަ ދެއްކީ. ތިމީހުންގެ ލޯބިވާ މީހަކު އުއްމީދު ކަނޑާލާފައި އޮތީމަ ތިމީހުން ގޭގައި މަޑުން ތިބޭނަންތަ އަޅާވެސް ނުލާ؟