އީޓޫއެސް ގޭމްސް އާއި އުރީދޫ ގުޅިގެން ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ 'ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" ނިންމައި ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ހަވާލު ކޮށްފިއެވެ.

އީޓޫއެސްއިން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް 125،000 ރުފިޔާ ގިނަ ބައެއްގެ ފަރާތުން ވަނީ ލިބިފައެވެ.

މި ހަރަކާތުން ލިބުނު ފައިސާ ހަވާލު ކުރުމަށް އައިއޭސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އުރީދުގެ ސީނިއާ ބްރޭންޑް މެނޭޖަރ މަރިޔަމް ފަލަކް އަހުމަދުގެ އިތުރުން އީޓޫއެސްގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ހަމީސް އަލީ ބައިވެރިވިއެވެ. އަދި އައިއޭސީގެ ފަރާތުން ފައިސާ އާއީ ހަވާލުވި ޗެއަރމަން އަހުމަދު އިގްބާލެވެ.

މިރަސްމިއްޔާތުގައި އިގްބާލު ވަނީ ހުރިހާ ގޭމާސް އަދި މިކަމުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކޮށް، ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެފައިސާއިން އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިގްބާލު ވިދާޅުވީ، އެ ފައިސާ ބޭނުން ކުރާނީ ޣައްޒާގެ ގެތައް ނެތް އާއިލާތަކުގެ މީހުންނަށް ހޮޓް މީލްސް ދިނުމަށް ކަމަށާއި މީގެ އިތުރުން ލުއިކާނާ، ގެތައް ނެތިގެން ދިޔަ ފަރާތްތަކަށް ގެތަށް އިމާރާތް ކުރުމުގެ އިތުރުން ސިއްހީ އެކި ކަހަލަ ކަންކަމަށް ކަމަށް ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި އެކީކަން ދެއްކުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް އަންނަނީ މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާކިފް

    ނައިސް☺😊

  2. ކައިލް

    ❤❤❤❤

  3. ކްލޮޕް

    ގޭމާސުންވެސް ހާދަ ގަދައޭ.. ތިކުދިންގެ ހިއްވަރަށް ސާބަސް

  4. ޝަހީން

    ބޮޑު މުސާރަ ލިބޭ މަހުޖަނުންނާއި މަޖިލިސް މެމްބަރުންނަށް ނުވިވަރު މިތިބަ ޒުވާނުންވެސް ކޮށްފި. ސާބަހޭ ބުނާނީ. ޝުކުރިއްޔާ ހުރިހާ ކުދިންނަށްވެސް

  5. މަޒް

    އިގްބާލުގެ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.