ރާއްޖޭގައި އުޅޭ ކޮވިޑް-19 ގެ ވައްތަރުތައް ބެލުމަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެެވެ.
ކޮވިޑްގެ ތަފާތު ވައްތަރުތައް ފެންނަމުން ދާއިރު ރާއްޖޭގައި ވައްތަރުތައް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ރާއްޖޭގައި ގާއިމު ކުރެވިފައެއް ނެތެވެ. އެންމެ ފުރަތަމަ ފެތުރެން ފަށާފައިވާ އިނގިރޭސިވިލާތުގެ ކޮވިޑް ވައްތަރު ރާއްޖޭގައި އުޅޭ ކަމަށް ބަލައި ނޫސްވެރިއަކު މީގެ ކުރިން ކޮށްފައިވާ ސުވާލަކަށް ސަރުކާރުން ވިދާޅުވެފައި ވަނީ ޓެސްޓް ކުރުމަށް ބޭރުގެ ގައުމަކަށް ފޮނުވާފައިވާ ކަމަށެވެ.
އޭގެ ފަހުން އިންޑިއާއިން ފެނުނު ވައިރަސްގެ ވައްތަރު ރާއްޖޭގައި އުޅޭ ކަމަށް ބުނެ ޓެސްޓް ހެދުމަށް ބޭރަށް ފޮނުވި ކަން ސަރުކާރުން ހާމަ ކުރިއެވެ.
އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި އުޅެނީ ވައިރަސްގެ ކޮން ވައްތަރެއްތޯ ބެލުމަށް ޑަބްލިއުއެޗްއޯގެ އެހީގައި ބޭރަށް ފޮނުވި ސުންކުތައް ލެބޯޓްރީއާ ހަމައަށް ފޯރާފައިވާ ކަމަށާއި ނަމަވެސް އޭގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.
"އެ ނަތީޖާ ލިބުނީމަ ބޮޑަށް އިނގޭނީ ރާއްޖޭގައި ކޮންކޮން ވޭރިއަންޓްތަކެއްތޯ އުޅެނީ" އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޒަލް ވިދާޅުވީ، ރާއްޖެއިން މިހާރު ކޮވިޑް ބަލީގައި ނިޔާވަމުންދަނީ ކޮން ވައްތަރަކާއި ގުޅުންހުރި ބައެއްކަން ދަންނަވަން ދަތި ކަމަށާއި އެގޮތުން ރާއްޖޭގައި އެ ލެވެލް އަށް އެކަންކަން ބެލެން ނެތް ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.
ނުލިބޭނެ ނުވެސް ލިބޭނެ، މި ޤައުމުގާ މި އުޅެނީ ވާނުވާ ރައީސް ކޮވިޑް، ރައްޔަތުންގެ އިޙްމާލް ކޮވިޑް،ނާޤާބިލް ސަރުކާރު ކޮވިޑް، ގަސްތުގާ ރައްޔަތުން އިންދަޖައްސާ ކޮވިޑް ، މި ބަލީގެ ނަމަކަށް ސޯލިޙް ވައިރަސް ކިޔަން ފެނޭ، ސޯލިހު ވީމަތާ 4 އިން 4 ބޭރަށް ނުނިކުންނާނެ، ޖަމާތަށް މިސްކިތަށް އަރާނެ.ކިހާސޯލިހު މި ރާއްޖެ އައި ސޯލިހު ކޮވިޑް.
މަށަށް ހީވަނީ އޮޅިގެން ބުނެވިފައިވާ ވަހަކއެއްހެން އެއީ
ތިޔަނުލިބޭނެ ލިބުނަސް ނުވެސް ބުނާނެ! އަހަރުމެންނަށް %100 ޔަޤީން މިހާރު މިއުޅެނީ އިންޑިޔާ ވޭރިއަންޓްކަން. އިމިގްރޭޗަންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިންޑިޔާއިން ގަލްގުގެ ގައުމުތަކަށް ދާން ކަރަންޓީނު ވާން ޖެނުއަރީ، ފެބްރުއަރީ އަދި މާރޗް ގައި 70 ހާހަށް ވުރެން ގުނަ މީހުން ރާޢްޖެއަށް އެތެރެވެފައި ވަނީ! މިމީހުން މުޅިރަށުތެރޭގައި އުޅުމުގެ ނަތީޖާ މިފެނުނީ! އޭރުވެސް މަބުނިން މިފަހަރު ކޮވިޑްގައި މަރުވާމީހުންގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެޔޭ! މިފެނުނީ އިންޑިޔާ މީހުންގެ ހައްްުގުއި އަހަރަމެންގެ ފުރާނަތައް ގުރުބާން ކުރި މަންޒަރު!
ހުރިހާ ހާލަތަކަށް. އެންމެ ވާރސްޓް ސިނާރިއޯއަށް ތައްޔާރުވެ، ފްލާޓިންގ ހޮސްޕިޓަލް ވެސް ގެންނާން ތައްޔާރުކަމަށް ބުނި އިރު، ތިޔަ ބޭފުޅުން ގަބޫލުކުރެއްވިޔަސް އަޅުގަނޑަށް އަބަދު ވެސް އެނގޭ މި މީހުންގެ ތެރޭގައި ގާބިލު މީހެއް، ތެދެއް ހަދާނެ މީހެއް، ޤައުމަށް ހެވެއް އެދޭނެ މީހެއް، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާނެ މީހެއް ނުހުންނާނެކަން. ދޮގުހެދުމަށާއި ކޮރަޕްޝަނަށް ވަރަށް މޮޅުވާނެ
ސަރުކާރުގެ ވެސް ވަރަށް ބޮޑު އިހުމާލެއް އޮވެގެން މީހާގޯސްމިވީ... މުޒާހަރަ ކުރަނީ... ވޯޓލާން ދޫކޮށްލީ..އިންޑިޔާ ބޯޑަރު ބަންދުކުރުން ލަސްވެގެންދިޔުން...
މިރާއްޖޭގައި މިއުޅެނީ ވާނުވާ ނޭންގޭ ޑަކުޓަރުން ނާއި، ސިއްހީ މާހިރުން ތަކެެއްތަ ހޮސްޕިޓަ ލް ސުޓާފަކު ބުނި ސުންކު ނަގާފައި ބަހައްޓާފައި 3 ދުވަހުގެ ސުންކު އެއް ކޮށްފައި އޭގެއިން ނޯ އެކޮވިޑު ބަ ލީގެ ނަތީޖާ ނެރެނީ
ޥެކްސިން ޖެހިޔަސް ވާކަމެއް ހަރާމް. ޤައުމުގެ ގިނަ ބަޔަކަށް އިންޑިއާގެ ކޮވިޝީލްޑްޖަހައިފި. ކުރިއަރާފައިވާ ޤައުމުތަކުން ކޮވިޝީލްޑް ބަލައިނުގަނޭ. ސައުދީއަށް ދާން ބެލި އިރު އެތަނުން ޤަބޫލުކުރާ ވެކްސިނެއްނޫން ކޮވިޝީލްޑަކީ.އެހެންކަމުން ޙައްޖު ޢުމުރާ ފުރުޞަތު ލިބުނަސް ސައޫދީއަށް ނުދެވޭނެ. ކިހާބޮޑު ގެއްލުމެއްތޯ އިންޑިއާ ކޮވިޝީލްޑް ގެނެސްގެން ތި ދެނީ