ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ފަސް ވަނަ މީހަކު ނިޔާވެއްޖެ އެވެ.
ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.އެ މީހާ ނިޔާވެފައި ވަނީ މިރޭ 7:53 ހާއިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ.
މި މަހުގެ މިހާތަނަށް 55 މީހަކު ބަލީގައި ވަނީ ނިޔާވެފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ދަނީ ހިފެހެއްޓުމެއް ނެތި މައްޗަށެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި ގިނަބަޔަކު ނިޔާވަމުން ދަނީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ކަމަށް ބެލެވޭ އެ ބަލީގެ އާ ވައްތަރުތަކުގެ ސަބަބުން ކަަމަށް ރާއްޖޭގެ ބައެއް ސިއްހީ މާހިރުން ގަބޫލު ކުރެއެވެ.
އެހެން ނަމަވެސް އަދިވެސް މިކަން ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ. އެކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އަދިވެސް ރާއްޖެއިން ބޭރަށް ފޮނުވި ސުންކުތަކުގެ ނަތީޖާ ނުލިބެއެވެ.
ފެސިލިޓީގައި މިހާގިނަމީހުން ނިޔާވަނީ ކީއްވެ ތޯ ބަލަން ވެއްޖެ ކަމަށް ގަބޫލު ކުރެވޭ
5 ކީއްކުރަން 10 މީހުން މަރުވިޔަސް މިސަރުކާރަށް ވަރިހަމަ ވާނެ.
ޢޮންލައިން ކޮށް ބޭނުންހުރިހާކަމެއް ކުރެވޭ. ޢަޅެދުއާއެއް ކޮށްލަން އޮންލައިންކޮށް އެންމެންވެއްޖެ ނޫންތޮ މި ބަލި މަޑުކަމުން ސަލާމާތްވޭތޯ. އިސްނަގައިގެން އިސްލާމިކް މިނިސްޓްރީން ރައްޔިތުން އެންމެން އެއްކޮށް އެއްފަހަރާ އޮންލަިއިންކޮށް ދުއާ ކޮށްލަންވީނުންތ.ޯ ސަރުކާރުން ބޭނުން ވީމަ އލެކްސަން ބޭއްވޭ. .މިގައުމުގެ މީހުން ސިޔާސީ ކަންކަމާ އުޅޭހެން މިކަމާއުޅޭކަށް ނުވޭތޯ؟
ޙުޅުމާ ލޭ އައިސީޔޫ އޭ ކިޔާފަ އެތަނަށް ގެންދާ މީހުނަށް ޚިދުމަތެއް ނު ލިބި މަރު ވަމުން ދަނީ. ދުވާ ލަކު ފަސް ހަމީހުން އެތަނުން އެބަ މަރުވޭ. ޢިބޫ ސޯ ލިހު މިވާގޮތެއް ބަ ލާބަ ލަ . ޙެޔޮނުވާނެ އަވަށް ޓެރި ގައުމުތަކަށް ސަ ލާން ޖަހައިގެން ނަމަވެސް ވެންޓި ލޭޓަރ ލިބޭތޯ ބަ ލާ ބަ ލަ.
މަބްރޫކް މެން ނިވްސް ކޮންފަރެންސޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާ ލަން މަސައްކަތް ނުކުރުން އެދެން. ޙުޅުމާ ލެ ފެސި ލިޓީން ވާގޮތް ސާފުކޮށްދީ ބަ ލަ ފުރަތަމަ.