ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ބައްޔަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށް، ހަތަރު ސަރަހައްދުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ދެކުނުގެ އަތޮޅު ތަކުގެ ތެރެއިން ލ އަތޮޅާއި ގދ އަތޮޅު އަދި މެދުއަތޮޅުތަކުން ރ، ޅ ގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ފެސިލިޓީތައް މަހެއްހާ ދުވަސްތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އެތަން ހަދާ ފަރާތްތަކުން މަހަކަށްވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް ބުނެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އަލަށް ހަދާ ފެސިލިޓީތަކުން ދުވާލެއްގެ މައްޗަށް 300 ސުންކު ޓެސްޓް ކުރެވޭނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ބައެއް ސަރަހައްދުތަކުގައި ޖީން އެކްސްޕާޓް މެޝެން ބޭނުން ކޮށްގެންވެސް ޓެސްޓު ހަދަމުން ދެއެވެ.

މިވަގުތު އަތޮޅު ތެރޭގެ ގިނަ ރަށްތަކުން ކޮވިޑް-19 ޓެސްޓް ނުކުރެވޭތީ މިހާރު ވެސް ގިނަ ސުންކުތައް ގެންނަނީ މާލެއަށެވެ. އެހެން ކަމުން ނަތީޖާތައް ލިބުމުގައި ދިގު މުއްދަތެއް ނަގާތީ ގިނަ ބަޔަކު ވަނީ އެކަމުގެ ޝަކުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޟމ

    މިކަމަށް ވަރަށް ބޮޑަށް ސަރުކާރު ތައްޔާރުވެފަ އޮތްކަމަށް ބުނީ، ފްލޯޓިން ހޮސްޕިޓާތައްވެސް ހުންނާނެ ވާހަކަ ބުނި، ކޮބައިތޯ އެތަންތަން

    • ގަލަން ތުނޑު

      މިއީ ފްލޯޓިންގ ސަރުކާރެއް...ހސްޕިޓަލް އަދި އޮތީ ފެނުއަޑީގަ...ވިލިމާލެބުރިޖުވެސް އަދި އަޑިގަ..ދުވަސްކޮޅެއްނަގާނެ..މިހާރުއެތަންތަން ފެންނާނީ ރިދޫ މަހަށް

  2. ޢަލިބެ

    ކިޔާނުކިޔާއެއް ނޭނގުނު. އަދިވެސް މާލެ ސަރަޙައްދުގައި އެކަނިދޯ ޓެސްޓް ހެދެނީ. އެންމެ ގޯސްވިޔަސް ކަންކުރެވޭގޮތަށް ތައްޔާރުވެފައޮތް ކަމަށް މިހުރިހާ ދުވަސްވީއިރު ތެޅިއަނގަ ކޮބާ؟ ބިލިއަނުން ފައިސާޚަރަދުކުރިކަމަށް ގޮވާނަގަނީ އަބަދު. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެޑޯޒް ވެކްސިން ދެވޭވަރަށް ވެކްސިނެއްވެސް ނުހޯދުނު. ހާދަ ޤަބިލުކަމެއްނެތޭދޯ.

  3. ޔޫސުފް

    މި ހާލަތަށް ދިޔައިރު އަތޮޅު ތަކުން ޓެސްޓް ނުހެދޭކަމީ މިކަމުގައި ސަރުކާރުގެ އިހުމާލު އިންތިހާއަށް އޮތްކަމުގެ އަލި ގަދަ ދަލީލެއް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމުގެ ސާބިތުވާ ހެއްކެއް.

  4. މަބޭ

    ފަށަނީ ގެންނަނީ އަންނަނީ ރާއްޖެއައް ކޮވިޑްއައިއްސުރެ މިނޫންއަޑެއްނީވޭ

  5. ޖަނާޒާ

    ކުރަން ނިންމާފައޭ! މީގެ އަހަރުދުވަސްކުރިންވެސް ނިންމާފައި

  6. މާކުން

    އަދި ތަންކޮޅެއް އަވަސް.އަނެއްކާ އެއުޅެނީ ގައުމުގެ ޚަޒާނާ ދިރުވާލާނެ ގޮތެއްހޯދަން.ތިތަނަތަން ހަދަން 1 ބިލިޔަން ދިޔައިއްޔާ 9 ބިލިޔަން ވީނުވީއެއް ނޭގި ގެއްލޭނެ.

  7. ކަނބުލޮ

    މާކުރިންވެސް ތިކަންކުރަންޖެހޭޔކަން އެނގިތިބެ ތިޔަކަން ނުކުރީ އެހެންވެ އަތަށް ގޮވާފައި ތިއޮތީ
    މީ ކުޑަކުޑަ ޤައުމެއް މިކަން ކޮންޓްރޯލް ނުވެގެން މިއުޅެނީ ސަރުކާރު ހިންގަން ތިބި ނާޤާބިލް ވެރިންގެ ސަބަބުން

  8. ބޮލި މުލައް

    ފްލޯޓިންގ ހޮސްޕިޓަލް ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކޮށްލަދީބަލަ

  9. ވަތުބަތާނަ

    އަބަދު ކޮންމެވެސް ކޮމިޓީއެއް ހަދާ ޓާސްކް ފޯސްއެއް ހަދާ މޭޒެއްގެ ވަށައިގެން ތިބެ ހުސް އަނގަ ތެޅެވުން ކަމަކީ. ދެންއެހެންމީހުން ކުށްވެރިކުރުން. ފޮނި އަނގަ ތެޅެވުން ކަމަކީ. ކޮންމެ މީހަކު މޮޅެތި ފޯނު ހިފާލާފަ ފޯނުން ސްމާޓްވެފަ. ވާކަމެއް ހަރާމް. އެއްވެސް ރޭވުން ތެރިކަމއެއް ނެތްބައެއް. ފެށުނީއްސުރެ ހެޑްލައިންނިއުސް ހެދުން ކަމަކީ. ވާނުވާނޭންގޭ މީހުން ރަށރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތނުގެ ވެރިންނަށް. މިމިހުންގެ ކަމަކީ ނަރުހުންނަށް އިންޒާރުދިނުން. ވަޒީފާގެ ބިރު ދެއްކުން. ކޮމިޓީ ސަރުކާރު.