ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން ހަ ވަނަ މީހަކު ނިޔާވެއްޖެ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 129 އަށް އަރާފައެވެ.

ނިޔާވެފައި ވަނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިރޭ 20:12 ގައެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިއީ މިއަދު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ނިޔާވި ފަސް ވަނަ މީހާ އެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން އެންމެ ފަހުން ނިޔާވި 27 މީހުންގެ ތެރެއިން 25 މީހުން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ. ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހުންނާއި އަދި އެމީހުންގެ އާއިލާތަކުން ވެސް މައުލޫމާތުދޭ ގޮތުގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީ ގާތްގަނޑަކަށް ފުރިފައި އޮތްއިރު ބަލި މީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ އަދަދެއްގެ ނަރުހުންނެއް ނެތެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެ، ފާއިތުވި 23 ދުވަހުގެ ތެރޭގައި ނިޔާވި މީހުންގެ އަދަދު 56 އަށް މިހާރު ވަނީ އަރާފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 129 އަށް އަރައެވެ.

މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ އަދިވެސް އަންނަނީ ބާރަށް ފެތުރެމުންނެވެ. މާލެ ފުރަބަންދު ކުރަން ޑޮކްޓަރުންނާއި އެޗްޕީއޭގެ ތަޖުރިބާކާރުން ނިންމި ނަމަވެސް އެނިންމުމާއި ރައީސް ސޯލިހް ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވަނީ މާލެ ފުރަބަންދުނުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. ނަމަވެސް މާލެ ފުރަބަންދު ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ނާގަބާރި އަލީ

  ރައްޔެތުން ހަނާވެ ފަނާވާއިރު ވެރިންގޮތްހުސް ދައުލަތުގެ ހަޒާނާ ހުސްވެ ހުރިހާޚކަމެއް ބޮސުންލައި ބޮޑުތަނުން ފއިލްވެފަމިވަނީ މިސަރުކާރުގެ ވިސްނުމަކީ ރައްޔެތުން ބޮޑުތަނުން ޖޫރިމަނާކުރުން ރައްޔެތުމީހާ އަތުގަނެތް ލާރިއަކުން ކިހެއްބާ އެޖޫރިމަނާ ދައްކަނީ ބަނޑު ހައިވެ ދަރިންރޯއަޑުއަން ކިތައްމެވަރަކައް ޖޫރިމަނާކުރިއަސް ގެއަކުނޯވެވޭނެ ހައްގުމާމިންވރު ހޯދަން ނިކުންނާނެ މިއަދު ބޭނުންވަނީ ބިރުދެއްކުމާ އިންޒާރައްވުރެ ފުލުހުންނާ ސިފައިންގެ ލޯތްބާ އޯގާތެރިކަމެވެ ރައްޔެތުން ގެ ހުރިހާވެސް އުއްމީދައިކީ ތިޔަ ހިދުމަތް ތެރި ފުލުންނާ ސިފައިންނެވެ ސަރުކާރު މިވަނީ ބޮޑުތަނުން ފެއިލްވެ ކަރަޕްޓްވެފައެވެ.

  • ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

   ތެދު ވާހަކަ އެއް. ވެކްސިން ގަތް އަގު ވެސް އިބޫ ސަރުކާރުން ބުނެ ނުދޭ. އަގު ފޮރުވައިގެން އުޅެންވީ ސަބަބެއް ނެތް. 300 އިންޑިއަން ރުފިޔާ އަށް މި ވެކްސިން ލިބޭ. މިއަށް ވުރެ ބޮޑު އެއްޗެއް އިބޫ ސަރުކާރުން ޙަރަދު ކުރިތޯ ބަލަން އެބަޖެހޭ. އެއީ ވެންޓިލޭޓަރުން ވެސް އިބޫ ސަރުކާރުން ކުރީ ވައްކަން ކަމަށް ވާތީ.

 2. ޟމ

  ޅޮކްޑައުން ކުރާނެކަމެއް ނެތް، ކަރުތެރެ ތެންމާލާ މިއުޒިކް އަޑުއަހާލީމަ އޯކޭވާނެ

 3. ރެފްރީ

  އަދި ހަތަރުލައް ކަ ސާޅީސްދެހާސް މީހުންބާ ކީއެބަތިބި .. ބޮޑުވަޒީރުހުރީފިލާ

 4. Anonymous

  ވ އަދަބުވެރިކަމާއެކު ދަންނަވަން.
  އިބްރާހީމް މުޙައްމަދު ޞާލިޙް އިސްތިއުފާ ދެއްވާ.
  ރައްޔިތުންނަށް މިހާވަރު ވާނެ އެއްވެރިއަކު ނެތަސް. ބަހެއް ވެސް ނުބުނެ މިހުންނަނީ ތިމާމެންގެ އިހްމާލުން މިތަން މިދަރަޖައަށް ދިޔައީ.
  ގެރިމޯދީއާ އަވަލައިގެން ދިވެހިރައްޔިތުން މަރުވަމުންދާ އިރު އަނގަވެސް ހުޅުވާނުލައޭ.
  ޑރ.ން ވިދާޅުވި ގޮތަށް ފިޔަވަޅު އެޅިނަމަ މިދަރަޖައަށް މިތަން ނުދިޔައީސް.
  އަވަހަށް އިސްތިއުފާދީ.

 5. ޙުސެންދީ

  މިހެންވީ ސަރު ކާރުގެ އިހުމާލުން. ސިޔާސީ މަންފާ ހޯދަން ޕޮލިސީ ލެވެލްގާ ގޯސް ނިންމުންތަ ކެއް ނިންމީ. މިގޮތަށް މަރުވާ މީހުންގެ ޒިންމާ ނަގަން ޖެހޭނީ ސަރު ކާރުން. މީގަސްތުގައި މީހުން މެރުން. ޔާމީން ސަރު ކާރުގައި ގޮތްނޭނގޭ އެތައް މަރުތަ ކެއް ދިޔަ. މިސަރު ކާރުގެ މަރުތައް ޔާމީން ސަރު ކާރަށްވުރެ މާގިނަވީ މިހާރުމި.

 6. ތެދު ބަސް

  އެމްޑީޕީ އަކަށް އެންމެ ރައްޔިތެއް ދެތިން ރައްޔިތުން ނުވަތަ ހައެއްކަ އަށެއްކާ އަދި 10-12 ރައްޔިތުންނެއް މުހިއްމެއް ނޫނެވެ. އެމްޑީޕީ އަށް މުހިއްމު ވާނީ 100،000 އެއްހާ ރައްޔިތުން ހަމަވީމައެވެ.

 7. ޙަލީމަ ދައިތަ

  މީހުން ގެ މޫވްމެންޓްސް ރެސްޓްރިކްޓް ކުރުން އަވަސް ކުރަންޖެހޭ! ގައިދުރުކަން، އަތްދޮވުން، މާސްކް މަތިން ހުއްޓުމެއްނެތި ހަދާން ކޮށްދީ! ބަންގިޔަށްފަހު އެކަން ހަދާން ކޮށްދިނުން މުހިއްމު! މަގުމައްޗަށް ކުޅާއި ރޯގާ ފޮޅުން މަނާކުރެވޭނެ ކަހަލަ ގާނޫނެއް ބޭނުން!

 8. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  (1) މުޅި ދުނިޔޭގައި ވެސް ވެކްސިން ގަތުމަށް ކުރާ އެންމެ ބޮޑު އެގްރީމެންޓް ޔޫރޮޕްޕ ގެ 26 ޤައުމަކާއި އެކު ފައިޒާ ކުންފުނިން މާދަމާ ކުރަން ހަމަޖެހިއްޖެ. (2) ރާއްޖޭގައި ވެސް ފައިޒާ ވެކްސިން ކަހަލަ އިތުބާރު ހުރި ވެކްސިން އެއް ޖަހައިގެން ނޫން ގޮތަކަށް ކޮރޯނާ ކޮންޓްރޯލް އެއް ނުކުރެވޭނެ. (3) މިހާރު ރާއްޖޭ ގައި ޖަހާފައި ވަނީ "ފޭކު" ވެކްސިން އެއް ކަމަށްވާ ކޮވިޝީލްޑް ވެކްސިން. ކޮވިޝީލްޑް އިން ދުނިޔޭގައި އެ ވެކްސިން އަކީ ރަނގަޅު އެއްޗެއް ކަމަށް ފަތުރާފައި ވަނީ، "ފޭކު" ވާހަކަ ތަކެއް. (4) ރާއްޖޭގައި މިހާރު ވެކްސިން ޖަހާފައިވާ މީހުންނަށް އަލުންބަލުން، ފައިޒާ ކަހަލަ އިތުބާތު ހުރި ވެކްސިން އެއް ޖަހައިގެން ނޫން ގޮތަކަށް ކޮރޯނާ ކޮންޓްރޯލް އެއް ނުވާނެ. (5) ފައިޒާ ގެ ދެ ޑޯޒް 40 ޑޮލަރަށް ލިބޭ. ސަރުކާރުން ގަތްއަގު ގެ ދެބައިކުޅަ އެއްބައި ނަގާ ގޮތަށް، ވިއްކަން ނަމަވެސް މި ވެކްސިން ގެންނަން މަޖުބޫރު ވެއްޖެ. (6) އެއީ މިހާރު ޖަހާ ކޮވިޝީލްޑް ގެ ދެ ޑޯޒް ޖެހި 14 މީހުން ހިމެނޭ ޢާއިލާ، ޢާއިލާ އެއްކޮށް ޕޮސިޓިވް ވަމުން ދާތީ.

 9. ބީރުމީހާ

  މަބުރޫކޫ ރައީސް މީހާއަށް ކީތިތި ނުކުރެއްވޭތަ މޯދީ ގެ ބަހެއް ނުލިބޭތީއްޔޯ ފުރަބަންދު ނުކުރަނީ
  ރައީސް އަދި މައިމޫނާ މެން ފިޔަވަޅުތަކަށް ވިސްނަންތިބޭ
  ޜައްޔިތުންނޭ މިކަމާ ނުކުންނަން ހިނގާ މަވެސް ތައްޔާރު

 10. شريف

  إنا لله وإنا إليه راجعون.. اللهم اغفر لهم وارحمهم، وعافهم واعف عنهم! آمين!

 11. ޝައްފަ

  ވެކްސިން ގަތް އަގު ބުނެދޭށޭ. ބަލަގަ މަގޭ ޖީބުން ފައިސާ ނަގައިގެންނޭ ވެކްސިނަށް ލާރި ދެއްކީ.