ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

މާދަމާ ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ފުލުހުންނާއި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން އެޗްއާރްސީއެމްގެ އިސް ބޭފުޅުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަން ވަނީ ހަމަޖެހިފައެވެ.

ކޮމިޓީގެ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރުފަހު 13:45 ހާއިރުއެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް "ވަގުތު" އަށް ވިދާޅުވީ، ބައްދަލުވުން ކުރިއަށް ގެންދާނީ ހުޅުވާލައިގެން ނުވަތަ ސިއްރުކޮށްގެންތޯ އަދި ނިންމާފައިނުވާ ކަމަށެވެ. އެ ކަން ނިންމާނީ ބައްދަލުވުން ފެށުމުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ކޮމިޓީތަކުން އަމަލު ކުރާ ގޮތަކީ، ކޮމިޓީ ބައްދަލުވުން ފަށައި ބައްދަލުވުން ސިއްރު ކުރަން ބޭނުންވާ ނަމަ، ކޮމިޓީގައި ތިއްބަވާ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން ގޮތެއް ފާސްކުރަނީއެވެ. އަދި ކުޑަ ކުއްޖެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައެއް ނަމަ އާންމުކޮށް އެފަދަ ކޮމިޓީއެއްގެ ބައްދަލުވުން ސިއްރު ކުރެއެވެ.

ޖީހާން ވިދާޅުވީ މި މައްސަލާގައި އިދާރާތަކުން ކަންކުރާނެ ގޮތް ގާތުން ކޮމިޓީން ބަލައި ފާރަވެރިވާނެ ކަމަށެވެ. ހާއްސަ އިސްކަމެއްދީގެން މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ އެދިވަޑައިގެންފައިވާ ކަމަށް ވެސް ޖީހާން ވަނީ ވިދާޅުވެފައެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި ކަމަށް ބުނެ އީސައަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުން އީސައާ ސުވާލުކޮށްފައި ނުވާކަން ވަނީ އެނގިފައެވެ. އީސަ ހައްޔަރު ކޮށްދިނުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން އެ އަމުރު ނެރެނުދިނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއި މެދު ޕީޖީން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙޯރަ

  ޚޮބާ؟ ޜޯޔަލް ސަފާރީ މައްސަލަ

  ޢެކަމަށް ބައްދަލުވުމެއް ނެތްތަ؟

 2. ބަފާކަލޭގެ2

  ހަމަ ޑްރާމާއެއް. ތިޔަ މަޖިލީުން ރޭޕްކޭސް ގަވެސް ތިވަރަށް ޑްރާމާ ޖެއްސި

 3. ޕާޕަ ޕާޕާ

  ތިކ ކޮމެޓީ ސިއްރު ކުރާނެ. ޢެއީ %100 ޔަގީން ކަމެއް.
  އަދި ތިބުނާ އީސަޔަށް މިވެރިކަމުގައި އެއްވެސް އަދަބެއް ނުލިބޭނެ.

 4. އަލިފުތާ

  ޢާންމުންނަށް ގޮތްދައްކާލަން.

 5. ރޯޔަލް

  ލޮލް އެންމެ ކުފޫ ހަމަވާ މީހާއަށް މުގައްރިރުކަން ދީފަ

 6. ޖީ2

  އިންސާފޭކިޔާފަ އައިސް ކިހިނެއް މިހަދަނީ. (އީސަ ވީމަވަކިގޮތެއް.) ތިހެން ހެއްދެވީމަ ކަމަކުނުދޭ.

 7. ބަރަބޯ

  ތިޔަ އުޅެނީ ޓިކުޓޮކު ކުޅެން އަފިރިންނަށް އޮޅުވާނުލާ